ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

Sep 21, 2026, 12:03 PM
ފުލަމްގެ ކޯޗު އާބެލޯއާ: ރެފްރީ އަށް ފާޑުކިޔުމަށް ފަހު، އޭގެ ފަހުން ވަނީ ވާހަކަ ބަދަލުކޮށްފައި.

ފުލަމްގެ ކޯޗު އާބެލޯއާ: ރެފްރީ އަށް ފާޑުކިޔުމަށް ފަހު، އޭގެ ފަހުން ވަނީ ވާހަކަ ބަދަލުކޮށްފައި.

ލަންޑަން (ސެޕްޓެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި މެންޗެސްޓާ ޔުނައިޓެޑް 1-1 އިން އެއްވަރުވިއިރު، އެ މެޗުގައި ކުރިމަތިވެފައި އޮތީ ރެފްރީން ވެސް ޔުނައިޓެޑް ބަލިވިޔަ ނުދޭން ބޭނުންވާނެ ހާލަތެއް ކަމަށް ފުލަމްގެ ކޯޗު، އަލްވާރޯ އާބެލޯއާ ބުނެފި އެވެ. 

ފުލަމްގެ ދަނޑު ކްރޭވަން ކޮޓޭޖްގައި ރޭ ކުޅުނު މެޗުގައި ފުލަމް އިން ލީޑުނެގީ ޔުނައިޓެޑްގެ ލިސަންދްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އަދި، މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް މަޓެއުސް ކޫންޏާ ވަނީ ފުލަމް ކޮޅަށް ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. 

ކޫންޏާ، މި ލަނޑު ޖެހުމުގެ 35 ސިކުންތު ކުރިން، ޔުނައިޓެޑްގެ ހެރީ މެގުއާ އަށް ފުލަމްގެ ސެސާ ޕަލާސިއޯސް ކުރި ފައުލަކަށް ރެފްރީ ޕީޓާ ބޭންކްސް ވަނީ ޖެހުމެއް ދީފަ އެެވެ. އާބެލޯއާ ހިތްހަމަނުޖެހުން ފާޅުކުރަން ފެށީ އެ ފައުލު ދިން ގޮތާ މެދު އެވެ. 

"ހުރިހާ ފައުލެއް ދިނީ އެ މީހުންނަށް ކަހަލަ. ތި މީހުންނަށް ފެންނާނެ އެ މީހުން (ޔުނައިޓެޑުން) ލަނޑު ޖެހުމުގެ ކުރިން މެގުއާ އަށް ދިން ފައުލު. އޭނަ އަކީ 100 ކިލޯ ހުންނާނެ މީހެއް. އެކަމަކު އެ ފައުލު ވެސް އެ މީހުންނަށް ދިނީ. ދެން، އަހަންނަށް އެނގޭ، ސިޓީ މެޗު (މިދިޔަ ހަފްތާގައި ޔުނައިޓެޑް އަތުން ސިޓީ މޮޅުވުމުން) ދިޔަ ގޮތުން އެ މީހުން (ރެފްރީން) މި ދަނޑުުގައި ޔުނައިޓެޑް ބަލިވިޔަ ނުދޭނެކަން. އަހަރެމެންގެ ނަސީބު ވެސް ދެރައީ މި ފަހަރު ވެސް،" ކުރިން ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން އާބެލޯއާ، ސްކައި ސްޕޯޓްސް އިންޓަވިއުގައި ބުންޏެވެ. 

ވީއޭއާރް އަށް އަދިވެސް އިތުބާރު އެބައޮތް: ކެރިކް

މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވީއޭއާރުން ނިންމި ނިންމުމަކާ މެދު ސުވާލު އުފެދުނު ނަމަވެސް، އެ ސިސްޓަމަށް އަދިވެސް އިތުބާރު އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ފާހަގަކުރި ގޮތުގައި ވީއޭއާރުގެ ނިންމުންތައް ރަނގަޅު ކުރެވޭނީ ގަވާއިދުތައް މާނަކުރުމުގައި ހުރި ތަފާތުތައް ނައްތާލައިގެން

އޭގެ ފަހުން، ނޫސްވެރިންގެ ބައްދަލުވުމުގައި، އާބެލޯއާ ވަނީ، ކުރިން ދިން އިންޓަވިއުގައި އޭނާ އަށް ދެކެވުނު ވާހަކަތައް އެންމެ ރަނގަޅު ނުވުމަކީ އެކަށީގެންވާ ކަމަށެވެ. ކުރިން ޕްރިމިއާ ލީގުގައި ލިވަޕޫލަށް ކުޅުނު އާބެލޯއާ ވަނީ މެގުއާ އަށް ޕަލާސިއޯސް ކުރީ ފައުލެއް ނޫން ކަމަށް އަދިވެސް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ. އެކަމަކު، ދެން އެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް ކަމަށާއި މިހާރު ފޯކަސް ހުރީ ކުރިއަށް އޮތް ތިން ހަފްތާ ތެރޭގައި ފުލަމް ޓީމު ރަނގަޅުކުރަން ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް އާބެލޯއާ ވަނީ ބުނެފަ އެވެ. 

މިއީ، އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހަށް ބަލާއިރު، އާ ސީޒަނެއް ފަށައިގެން ފުރަތަމަ ފަސް މެޗު ކުޅެގެން މޮޅެއް ނުލިބި ފުލަމް އިން ކުރިއަށްދާން ޖެހޭ ހަތަރު ވަނަ ފަހަރެވެ. އޭގެ ތެރެއިން ދެ ފަހަރު އެ ޓީމު ވަނީ ރެލިގޭޓްވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox