ބްރައިޓަނުން އާސެނަލް ބަލިކޮށްލިއިރު، ޓޮޓެންހަމްގެ ހާލަތު ގޯހުން ގޯހަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (ސެޕްޓެމްބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުަގައި މިރޭ ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އިން 3-0 އިން އެންމެ ފަހުގެ ޗެމްޕިއަން، އާސެނަލް ބަލިކުރިއިރު، އެސްޓަން ވިލާ އަތުން 3-2 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާސްގެ ހާލަތު ގޯހުން ގޯހަށް ގޮސްފި އެވެ. 

އާސެނަލް ކޮޅަށް ބްރައިޓަން އިން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ.  މި ހަފްތާގައި ފަހަތުން އަރައި ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އެ ޓީމު ބަލިކޮށް، ލީގު ކަޕުން ކަޓުވާލި ބްރައިޓަން އިން ވަނީ އާސެނަލް ކޮޅަށް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. 

އެ ގޮތުން، ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި. ބްރައިޓަން އިން ލީޑުނެގީ 31 ވަނަ މިނިޓްގައި ޖަރުމަނުގެ މިޑްފީލްޑަރު، ޕަސްކާލް ގްރޮސް ޖެހި ގޯލުންނެވެ. މިއީ، އޭރިއާބޭރުން ގްރޮސް ފޮނުވާލި ޝޮޓެއް ދަނޑީގައި ޖެހީފައި ގޯލަށް ވަދެގެން އެ ޓީމުން ކާމިޔާބުކުރި ގޯލެކެވެ.

Advertisement

ފުރަތަަމަ ހާފުގެ ފަހު މިނިޓްގައި ކައުންޓަ އެޓޭކުގައި ބްރައިޓަން އިން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، 19 އަހަރުގެ ފޯވާޑް، ޗަރަލަމްޕޯސް ކޮސްޓޫލަސް އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ޖެހި ގޯލެކެވެ. މި ލަނޑު، ބްރައިޓަން އިން ޖެހުމުގެ ކުރިން، އާސެނަލަށް އެއްވަރުކޮށްދޭން ބުކާޔޯ ސަކާ އަށް ލިބުނު ފުރުސަތެއްގައި ބޭނުމެއް ނުހިފުނެވެ. 

ބްރައިޓަން އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 12 މިނިޓް ތެރޭ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ކޯނަރަކުން ގްރޮސް ނެގި ބޯޅައަކުން ހުސްކޮށް އަރައި ޒުވާން މިޑްފީލްޑަރު، ޗެމާ އަންދްރޭސް ބޮލުން ޖެހި ގޯލެކެވެ. 

އާސެނަލުން ލީގު މެޗަކުން މި ބަލިވީ، ނުވަ މެޗަށް ފަހު އެވެ. މިއީ، މި ސީޒަނުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެެވެ. އަދި، ލީގުގެ މެޗަކުން އާސެނަލް އެންމެ ފަހުން ވެސް ތިން ގޯލުގެ ފަރަގަކުން ބަލިވީ ތިން އަހަރު ކުރިން ބްރައިޓަން އަތުންނެވެ. އެއީ، 2023 ވަނަ އަހަރުގެ މެއި މަހު އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވިލާގެ މަންޒަމްބީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވިލާގެ މަންޒަމްބީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގައި އެސްޓަން ވިލާ އިން ތިން ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިލާ އަށް ލީޑުނަގައިދިނީ ޖޯހަން މަންޒަމްބީ އެވެ. އަދި ދެ ވަަނަ ހާފުގައި ނިކޮލަސް ޖެކްސަން އާއި އެމީ ބުއެންޑީއާ ވަނީ ލަނޑުތައް ޖަހައި، ވިލާ އަށް ހަމަޖެހުމެއް ގެނެސްދީފަ އެވެ. 

ޓީމު ވަރުގަދަ ކުރުމަށްޓަކައި، އާ ކުުޅުންތެރިން ގަންނަން 400 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ހަރަދުކުރި ޓޮޓެންހަމް އިން މި ސީޒަނުގައި މެޗަކުން މޮޅެއް ނުލިބި އޮތްްއިރު، މިރޭ ވިލާ ކޮޅަށް ފަހަތުން އަރައި ދެ ލަނޑު ޖެހި އެެވެ.

މިއީ، މި ސީޒަނުގައި ޓޮޓެންހަމަަށް އެއް މެޗެއްގައި ދެ ގޯލު ޖެހުނު ފުރަތަމަ ފަހަރެވެ. ޓޮޓެންހަމް އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރީ 86 ވަނަ މިނިޓްގައި ކޮނާ ގަލަގާ އެވެ. އަދި، އިތުރު ވަގުުތުގެ އަށް ވަނަ މިނިޓްގައި ވެން ހެކާ ވަނީ ޓޮޓެންހަމަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. ބާކީ ވަގުތުގައި އިތުރު ލަނޑެއް ނުޖެހި، މި ފަހަރުގެ ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން ވަނަ މެޗުން ބަލިވީ އެވެ.

ޓޮޓެންހަމް، ފަސް މެޗުން ލިބުނު ދެ ޕޮއިންްޓާ އެކު އޮތީ ލީގުގެ 18 ވަނައިގަ އެވެ. 

ލީގުގައި މިރޭ އިޕްސްވިޗް ޓައުން އަތުން އެވަޓަން ވަނީ 1-0 އިން މޮޅުވެފަ އެވެ. އަދި، ހަލް ސިޓީ އަތުން ނިއުކާސަލް ޔުނައިޓެޑް ވަނީ 2-1 އިން މޮޅުވެފަ އެވެ. މިއީ، ޕްރިމިއާ ލީގުގަައި ހަތް އަހަރު ފަހުން ވާދަކުރާ ހަލް އިން މިއީ މި ސީޒަނުގައި ބަލިވީ ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox