ޔުނައިޓެޑާއި ސިޓީ މެޗުގެ ވީއޭއާރް ޓީމަށް މެޗެއް ނުދޭން ނިންމައިފި

Sep 15, 2026, 8:14 AM
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން،

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން،

މެންޗެސްޓާ (ސެޕްޓެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި މެންޗެސްޓާ ސިޓީން 1-0 އިން މޮޅުވި މެުޗުގައި ހުރި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ޓީމަށް މި ހަފްތާގައި މެޗެއް ނުދޭން ޕްރިމިއާ ލީގުގެ ރެފްރީ ޖަމިއްޔާ، ޕްރޯ ރެފް އިން ނިންމައިފި އެވެ. 

ސިޓީން މޮޅުވި މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހި، އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލު ބަލައިގަންނަން ނިންމި ނިންމުން ގޯސް ކަމަށް ޕްރިމިއާ ލީގުގެ ރެފްރީ ޖަމިއްޔާ، ޕްރޯ ރެފް އިން ވަނީ ބުނެފަ އެވެ.

މެޗުގެ 23 ވަނަ މިނިޓްގައި ސިޓީގެ ފިލް ފޯޑެން އަށް ރަތް ކާޑެއް ދެއްކުމުން، ކުޅުންތެރިއަކު މަދުކޮށް ކުޅެމުން، 60 ވަނަ މިނިޓްގައި ސިޓީން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ހާލަންޑް އެވެ. މިއީ، ޖޮސްކޯ ގްވާޑިއޯލް ނެގި ހުރަހަކުން ހާލަންޑް ޖެހި ލަނޑެކެވެ. އެންމެ ފުރަތަމަ އޮފްސަައިޑް ކަމަށް ނިންމި މި ގޯލު ބަލައިގަންނަން ނިންމީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. ވީއޭއާރް އިން މި ގޮތަށް ނިންމީ، ޔުނައިޓެޑްގެ ޕެޓްރިކް ޑޯގޫ ހުރި ހިސާބުން ބަލާއިރު، ހާލަންޑް އޮފްސައިޑް ކަމަށް ވީއޭއާރަށް ނުފެންނާތީ އެވެ.  މި ގޯލު އޮފްސައިޑް ކަމަށް ބެލެވުނު އެންމެ ބޮޑު ސަބަބަކީ، އޮފްސައިޑް މަގާމެއްގައި ހުރެ، ސިޓީގެ އެންޒޯ ފެނާންޑޭސް ބޮލުން ޖަހަން މަސައްކަތް ކުރުމުންނެވެ. 

ހާލަންޑްގެ ގޯލު އޮފްސައިޑް ކަމަށް ޕްރޯ ރެފުން އެއްބަސްވެއްޖެ

މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ހާލަންޑް ޖެހި ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށް ރެފްރީންގެ ޖަމިއްޔާ، ޕްރޯ ރެފް އިން އެއްބަސްވެއްޖެ. ވީއޭއާރް އިން ބަލައި ބަލައިގަތް މި ގޯލަކީ، އޮފްސައިޑް މަގާމެއްގައި ހުރި އެންޒޯ ފެނާންޑޭސް ބޯޅަ ހޯދަން މަސައްކަތް ކޮށްފައިވާތީ ގަވާއިދުން ބޭރު ނިންމުމެއް ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައި.

ޕްރޯ ރެފް އިން ބުނީ، ވީއޭއާރް އިން ފުރަތަމަ މި ކަން ބެލިއިރު، އެންޒޯ، އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅައިގައި ޖައްސާފައި ނުވާއިރު، ލަނޑު ޖެހީ އޮންސައިޑް މަގާމެއްގައި ހުރި ހާލަންޑް ކަމަށްވާތީވެ، ގޯލު ބަލައިގަންނަން ނިންމީ އެވެ. އެކަމަކު، ގަވާއިދުގައިވާ ގޮތަށް ޖުމްލަކޮށް ބަލަން ޖެހޭ ހާލަތެއްގައި ރެފްރީ އާއި ވީއޭއާރް އަށް ވެސް ގޯސްކޮށް ކަންކަން ކުރެވިފައިވާ ކަމަށާއި ހަގީގަތުގައި އޮފްސައިޑްގައި ހުރެ، އެންޒޯ މި ބޯޅަ ހޯދަން ކުރި މަސައްކަތް ވެސް ބަލައި، މިއީ، އޮފްސައިޑެއް ކަމަށް ކަނޑައަޅަން ޖެހޭ ކަމަށް ޕްރޯ ރެފް އިން ވަނީ ބުނެފަ އެވެ. 

އެ މައްސަލަ ހިނގައިދިޔަ ގޮތް ބެލުމަށް ފަހު ޕްރޯ ރެފް އިން ވަނީ ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ވީއޭއާރް ޓީމުގައި މަސައްކަތްކުރި، ދެ ރެފްރީ، މެޓް ޑޮނޫހާ އާއި ބްލޭކް އަންޓްރޯބަސް ކުރިއަށް އޮތް ހަފްތާގެ ޕްރިމިއާ ލީގުގެ މެޗުތަކުން ބާކީކޮށްފަ އެވެ. 

މެޓް ޑޮނޫހާ އާއި ބްލޭކް އަންޓްރޯބަސް އަށް ދެން، ޕްރިމިއާ ލީގުގެ މެޗެއްގައި ވީއޭއާރް އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ލިބޭނީ ހިނގައިދިޔަ ކަންކަމުގެ ފުރިހަމަ ރިވިއު އަކަށް ފަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox