ސިޓީ އެއް ވަނަ އަށް، ލިވަޕޫލަށް މޮޅެއް، ޔުނައިޓެޑް އެއްވަރު

Sep 20, 2026, 11:22 PM
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސަންޑަލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސަންޑަލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ.

މެންޗެސްޓާ (ސެޕްޓެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސަންޑަލެންޑް އަތުން 5-3 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ބޯންމައުތު އަތުން 1-0 އިން މޮޅުވެ، ލިވަޕޫލުން ހަމަޖެހުމެއް ހޯދައިފި އެވެ. 

މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފަހު ވަގުތު ލަނޑު ޖަހައި، 1-1 އިން ފުލަމްއާ އެއްވަރުކޮށްފަ އެވެ. 

އެންމެ ފަހުގެ ޗެމްޕިއަން، އާސެނަލް ވަނީ ރޭ ކުޅުނު މެޗުން ބްރައިޓަން އަތުން 3-0 އިން ބަލިވެފަ އެވެ. އޭގެ ފައިދާނަަގައި، ސިޓީން ވަނީ މިރޭގެ މޮޅާ އެކު، ތިން ހަފްތާގެ އިންޓަނޭޝަނަލް ބްރޭކަށްދާއިރު، ލީގުގެ އެއް ވަަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. 

Advertisement

އެންޒޯ މަރެސްކާ ހަވާލުވެ، ސިޓީ އަށް ސައްތަ އިން ސައްތަ ރެކޯޑެއް ލީގުގައި މިހާތަނަށް ހޯދައިދީފައިވާއިރު، ސިޓީ އަށް ވަނީ ތިން ފަސް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލްގެ އޮތީ ފަސް މެޗުން 12 ޕޮއިންޓެވެ. 

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އެ ޓީމުން ލީޑުނެގީ އެންޒޯ ފެނާންްޑޭސް ޖެހި ހިލޭޖެހުމުންނެވެ. ނެދަލެންޑްސްގެ ފޯވާޑް، ބްރަޔަން ބްރޮބީ، ސަންޑަލެންޑަށް އެއްވަރުކޮށްދިންއިރު، ދެ ވަނަ ފަަހަރަށް ސިޓީން ލީޑުނެގީ ރަޔާން ޗާކީ ޖެހި ގޯލުންނެވެ. އެކަމަކު، ދެ ވަނަ ފަހަރަށް ވެސް ސަންޑަލެންޑުން ވަނީ ބްރޮބީގެ ގޯލުން އެއްވަރުކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، އަންޓުއާން ސެމެންޔޯ ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. އަދި، ދެ ވަނަ ހާފުގެ ކުރީކޮޅުގައި، ސެމެންޔޯ އިތުރު ލަނޑެއް ޖަހައި، ސިޓީގެ ލީޑުފުޅާކޮށްދިންއިރު، ބްރޮބީ ވަނީ ސަންޑަލެންޑަށް ތިން ވަނަ ލަނޑެއް ޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.  

ސިޓީ އަށް ތިން ޕޮއިންޓް ޔަގީންވީ ޖޮސްކޯ ގްވާޑިއޯލް ދިން ބޯޅައަކުން އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުންނެވެ.  މި ލަނޑާ އެކު، ހާލަންޑް ވަނީ ޕްރިމިއާ ލީގުގައި އޭނާ އިދިކޮޅަށް ކުޅުނު 25 ޓީމު ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުުުތު ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ އިސާކް އުފާފާޅުކުރަނީ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުުުތު ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ އިސާކް އުފާފާޅުކުރަނީ.

ލިވަޕޫލްގެ ކޯޗު އަންޑޯނީ އިރައޯލާ ކުރީގެ ކްލަބް ބޯންމައުތު ދަނޑަށް އެނބުރި ދިޔަ މެޗުގައި، ލިވަޕޫލް މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފުގައި އަލެކްސަންޑަ އިސާކް އެވެ. މިއީ، ލިވަޕޫލްގެ ކޯޑީ ގަކްޕޯގެ ރަނގަޅު މަސައްކަތަކަށް ފަހު ތަނަވަސްވި ފުރުސަތެއްގައި، ބޯންމައުތު އޭރިއާެތެރެއިން އިސާކް ޖެހި ގޯލެކެވެ. މިދިިޔަ ސީޒަނުގެ ލީގުގައި ޖުމްލަ އެކު، ތިން ލަނޑު ޖެހި އިސާކް މި ސީޒަނުގައި ލީގުގެ ފުރަތަމަ ފަސް މެޗުން މި ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. 

ޖެނުއަރީގެ ފަހުން ބޯންމައުތު އަމިއްލަ ދަނޑުގައި ފުރަތަަމަ ފަހަރަށް ބަލިވިއިރު، ލިވަޕޫލުން މި މެޗުން ހޯދި ތިން ޕޮއިންޓާ އެކު ވަނީ، ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައި، ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. 

ފުލަމްގެ ދަނޑު ކްރޭވަން ކޮޓޭޖްގައި އެ ޓީމުން ދެ ވަނަ ހާފުގައި ލީޑުނެގީ ޔުނައިޓެޑްގެ ޑިފެންޑަރު، ލިސަންދްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ، ފުލަމްެގެ ޑިފެންޑަރު، ކަލްވިން ބަސީ ޖެހި ޝޮޓެއް ޔުނައިޓެޑްގެ ކީޕަރު، ސެން ލަމެންސް މަތަކުރި ވަގުތު ރީބައުންސުގައި ލިސަންދްރޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

ޔުނައިޓެޑުން އެއްވަރުކުރީ ފުރިހަމަ ވަގުތު ހަމަވާން ކައިރި ވެފައިވަނިކޮށް ފުލަމްގެ އޭރިއާބޭރުން މަޓެއުސް ކޫންޏާ ޖެހި ގޯލުންނެވެ. ކޫންޏާ، ފޮނުވާލި ބޯޅަ ގޯލަށް ވަނީ ފުލަމް ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު، ޔުނައިޓެޑަށް ލީގުގެ ފުރަތަމަ ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު އޮތީ ލީގުގެ 12 ވަނައިގަ އެވެ. 

ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސްއާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox