ވީއޭއާރް އަށް އަދިވެސް އިތުބާރު އެބައޮތް: ކެރިކް

Sep 20, 2026, 12:38 PM
ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް.

ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް.

ލަންޑަން (ސެޕްޓެމްބަރު 20) - ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އަށް އަދިވެސް އިތުބާރު އެބައޮތް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު، މައިކަލް ކެރިކް ބުނެފި އެވެ. 

ކެރިކް މިހެން ބުނީ، ޔުނައިޓެޑް ދަނޑުގައި މެންޗެސްޓާ ސިޓީން 1-0 އިން މޮޅުވި މެުޗުގައި ވީއޭއާރުން ހިންގި ކަންތައްތަކުގެ މައްސަލަ އަށް އިޝާރާތްކޮށެވެ. 

މެޗުގެ 23 ވަނަ މިނިޓްގައި ސިޓީގެ ފިލް ފޯޑެން އަށް ރަތް ކާޑެއް ދެއްކުމުން، ކުޅުންތެރިއަކު މަދުކޮށް ކުޅެމުން، 60 ވަނަ މިނިޓްގައި ސިޓީން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ހާލަންޑް އެވެ. މިއީ، ޖޮސްކޯ ގްވާޑިއޯލް ނެގި ހުރަހަކުން ހާލަންޑް ޖެހި ލަނޑެކެވެ. އެންމެ ފުރަތަމަ އޮފްސަައިޑް ކަމަށް ނިންމި މި ގޯލު ބަލައިގަންނަން ނިންމީ، ވީއޭއާރް އިން ބަލައިފަ އެވެ. ވީއޭއާރް އިން މި ގޮތަށް ނިންމީ، ޔުނައިޓެޑްގެ ޕެޓްރިކް ޑޯގޫ ހުރި ހިސާބުން ބަލާއިރު، ހާލަންޑް އޮފްސައިޑް ކަމަށް ވީއޭއާރަށް ނުފެންނާތީ އެވެ.  މި ގޯލު އޮފްސައިޑް ކަމަށް ބެލެވުނު އެންމެ ބޮޑު ސަބަބަކީ، އޮފްސައިޑް މަގާމެއްގައި ހުރެ، ސިޓީގެ އެންޒޯ ފެނާންޑޭސް ބޮލުން ޖަހަން މަސައްކަތް ކުރުމުންނެވެ. 

ޔުނައިޓެޑާއި ސިޓީ މެޗުގެ ވީއޭއާރް ޓީމަށް މެޗެއް ނުދޭން ނިންމައިފި

މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ހާލަންޑް ޖެހި ގޯލު ބަލައިގަތުމުގައި ވީއޭއާރް ޓީމުން ހެދި ގޯހަކާ ގުޅިގެން، އެ މެޗުގެ ވީއޭއާރް ރެފްރީންނަށް މި ހަފްތާގެ މެޗުތަކުން ފުރުސަތު ނުދޭން ވަނީ ނިންމައިފައި

ސިޓީން މޮޅުވި މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހި، އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލު ބަލައިގަންނަން ނިންމި ނިންމުން ގޯސް ކަމަށް ޕްރިމިއާ ލީގުގެ ރެފްރީ ޖަމިއްޔާ، ޕްރޯ ރެފް އިން ވަނީ ބުނެފަ އެވެ. ސިޓީ އާއި ޔުނައިޓެޑުން މިދިޔަ ހަފްތާގައި ކުޅުނު މެޗުގައި ތިބި ވީއޭއާރް ޓީމަށް މި ހަފްތާގައި މެޗެއް ނުދޭން ޕްރިމިއާ ލީގުގެ ރެފްރީ ޖަމިއްޔާ، ޕްރޯ ރެފް އިން ނިންމައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމް ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކެރިކް ބުނެފައިވަނީ، ފުޓްބޯޅައިގެ ގަވާއިދު މާނަ ކުރުމުގައި ހުރި ތަފާތުތައް ނައްތާލަންޖެހޭ ކަމަށާއި ވީއޭއާރްް ރަނގަޅަށް ބޭނުންކުރެވޭނީ އޭރުން ކަމަށެވެ. 

"ދެން މި ދިމާވި ކަހަލަ ކަންކަން އަންނާނެ. އެ ދެން ވާނެ ކަންކަން. ދެން، އެކަން ހިނގި ވަގުތާއި އެ މެޗަށް ވިސްނާއިރު އެކަން ވަރަށް ބޮޑު. އެކަމަކު، ހަގީގަތަކީ އެންމެން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާނެ. އަހަރެންގެ އިތުބާރު ވީއޭއާރް އާއި ރެފްރީންގެ މި ސިސްޓަމަށް އެބައޮތް،" ކެރިކް ބުންޏެވެ. 

މިދިޔަ ސީޒަނުގައި ވަގުތީ ކޯޗަކަށް އައިސް ކެރިކް ކުރި މަސައްކަތް ރަނގަޅުވުމުން، އެ ކްލަބުން އޭނާ އަށް ދެ އަަހަރުގެ އެއްބަސްވުމެއް ދިނީ އެ މުއްދަތުގެ ތެރޭގައި ހާސިލްކުރާ ކަންކަމަށް ބަަލައި، އިތުރު އެއް އަހަރު އެ ޓީމުގައި މަޑުކުރެވޭ ގޮތަށެވެ. އެކަމަކު، މި ފަހަރުގެ ލީގުގައި ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ޔުނައިޓެޑް ދެ މެޗުން ބަލިވެފައިވާއިރު، ލީގު ކަޕުން ވަނީ ކަޓައިފަ އެވެ. 

މަގާމުގައި ހުންނަން ކެރިކަށް މިހާރު ވެސް ޕްރެޝަރު ކުރިމަތިވަމުން އަންނައިރު، އޭނާ ވަނީ ކަންކަން ރަނގަޅުވާން ޖެހޭ ކަމަށް ބުނެފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox