ހާލަންޑްގެ ގޯލު އޮފްސައިޑް ކަމަށް ޕްރޯ ރެފުން އެއްބަސްވެއްޖެ

Sep 14, 2026, 8:34 AM
ޔުނައިޓެޑް ކޮޅަށް ރޭގެ މެޗުގައި ހާލަންޑް ޖެހި ގޯލު.

ޔުނައިޓެޑް ކޮޅަށް ރޭގެ މެޗުގައި ހާލަންޑް ޖެހި ގޯލު.

މެންޗެސްޓާ (ސެޕްޓެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި މެންޗެސްޓާ ސިޓީން 1-0 އިން މޮޅުވިއިރު، މި މެޗުގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލު ބަލައިގަންނަން ނިންމި ނިންމުން ގޯސް ކަމަށް ޕްރިމިއާ ލީގުގެ ރެފްރީ ޖަމިއްޔާ، ޕްރޯ ރެފް އިން ބުނެފި އެވެ. 

މެޗުގެ 23 ވަނަ މިނިޓްގައި ސިޓީގެ ފިލް ފޯޑެން އަށް ރަތް ކާޑެއް ދެއްކުމުން، ކުޅުންތެރިއަކު މަދުކޮށް ކުޅެމުން، 60 ވަނަ މިނިޓްގައި ސިޓީން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ހާލަންޑް އެވެ. މިއީ، ޖޮސްކޯ ގްވާޑިއޯލް ނެގި ހުރަހަކުން ހާލަންޑް ޖެހި ލަނޑެކެވެ. އެންމެ ފުރަތަމަ އޮފްސަައިޑް ކަމަށް ނިންމި މި ގޯލު ބަލައިގަންނަން ނިންމީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. ވީއޭއާރް އިން މި ގޮތަށް ނިންމީ، ޔުނައިޓެޑްގެ ޕެޓްރިކް ޑޯގޫ ހުރި ހިސާބުން ބަލާއިރު، ހާލަންޑް އޮފްސައިޑް ކަމަށް ވީއޭއާރަށް ނުފެންނާތީ އެވެ. 

މެންޗެސްޓާ ސިޓީން ކުޅުންތެރިއަކު މަދުކޮށް ކުޅެ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި

މެންޗެސްޓާ ސިޓީން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި. މި މޮޅާއެކު ސިޓީން ލީގުގައި ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓާފައިވާއިރު، މިއީ މި ސީޒަނުގައި ޔުނައިޓެޑް ބަލިވި ދެވަނަ މެޗު. ސިޓީ އަށް ދެ ވަނަ ހާފުގައި ހާލަންޑް ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ ފޯޑެން އަށް ފުރަތަމަ ހާފުގައި ރަތެއް ދެއްކި،

މި ގޯލު އޮފްސައިޑް ކަމަށް ބެލެވުނު އެންމެ ބޮޑު ސަބަބަކީ، އޮފްސައިޑް މަގާމެއްގައި ހުރެ، ސިޓީގެ އެންޒޯ ފެނާންޑޭސް ބޮލުން ޖަހަން މަސައްކަތް ކުރުމުންނެވެ. 

Advertisement

ޕްރޯ ރެފް އިން ބުނީ، ވީއޭއާރް އިން ފުރަތަމަ މި ކަން ބެލިއިރު، އެންޒޯ، އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅައިގައި ޖައްސާފައި ނުވާއިރު، ލަނޑު ޖެހީ އޮންސައިޑް މަގާމެއްގައި ހުރި ހާލަންޑް ކަމަށްވާތީވެ، ގޯލު ބަލައިގަންނަން ނިންމީ އެވެ. އެކަމަކު، ގަވާއިދުގައިވާ ގޮތަށް ޖުމްލަކޮށް ބަލަން ޖެހޭ ހާލަތެއްގައި ރެފްރީ އާއި ވީއޭއާރް އަށް ވެސް ގޯސްކޮށް ކަންކަން ކުރެވިފައިވާ ކަމަށާއި ހަގީގަތުގައި އޮފްސައިޑްގައި ހުރެ، އެންޒޯ މި ބޯޅަ ހޯދަން ކުރި މަސައްކަތް ވެސް ބަލައި، މިއީ، އޮފްސައިޑެއް ކަމަށް ކަނޑައަޅަން ޖެހޭ ކަމަށް ޕްރޯ ރެފް އިން ވަނީ ބުނެފަ އެވެ. 

"މި ނިންމުން ގޯސްކަން، އަދި މި ކަމުގެ ފުރިހަމަ ރިވިއު އެއް ކުރާނެކަން، މެންޗެސްޓާ ޔުނައިޓެޑަށް ވެސް ވާނީ އަންގާފައި،" ޕްރޯ ރެފްގެ ބަޔާނުގައިވެ އެވެ. 

ރޭގެ މެޗަށް ފަހު، ޔުނައިޓެޑްެގެ ކޯޗު މައިކަލް ކެރިކް އާއި ޔުނައިޓެޑްގެ ޑިފެންޑަރު، ލިސަންދްރޯ މާޓިނޭޒް ވެސް ވަނީ މެޗުގެ ރެފްރީ މައިކަލް އޮލިވާ އާއި ވީއޭއާރް އިން އެ ގޯލު ބަލައިގަންނަން ނިންމުމުން ހައިރާންކަން ލިބުނު ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox