88 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބްރެންޓްފޯޑުން ލީގުގެ ހޯމް މެޗަކުން ޗެލްސީ ބަލިކޮށްފި

Sep 19, 2026, 8:46 AM
ބްރެންޓްފޯޑްގެ އީގޯ ތިއާގޯ ޗެލްސީ ކޮޅަށް ލަނޑު ޖެހުަމަށް ފަހު އުފާފާޅުކުރަނީ.

ބްރެންޓްފޯޑްގެ އީގޯ ތިއާގޯ ޗެލްސީ ކޮޅަށް ލަނޑު ޖެހުަމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (ސެޕްޓެމްބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ބްރެންޓްފޯޑުން 3-0 އިން ޗެލްސީ ބަލިކޮށްފި އެވެ. 

މިއީ، 1938 ވަނަ އަހަރުގެ ފަހުން މިވީ 88 އަހަރު ތެރޭ އިނގިރޭސި ލީގުގައި ބްރެންޓްފޯޑުން ޗެލްސީގެ މައްޗަށް އަމިއްލަ ދަނޑުގައި ހޯދި ފުރަަތަމަ މޮޅެވެ. މިދިޔަ ހަ ސީޒަނުގެ ތެރޭގައި ލީގުގައި ބްރެންޓްފޯޑު ދަނޑުގައި ޗެލްސީ އަށް ވެސް އެއް ފަހަރު މޮޅުވެވުނުއިރު، ގިނަ މެޗުތައް ނިމުނީ އެއްވަރުވެގެންނެވެ. 

ލަންޑަންގެ ޖީޓެކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އާއި ބްރެންޓްފޯޑަށް ވެސް ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. މި މެޗުގައި ޗެލްސީން ކުޅެން ޖެހުނީ އެ ޓީމުގެ އެއް ނަމްބަރު ފޯވާޑް، ބްރެޒިލްގެ ޖޮއާއޯ ޕެޑްރޯ އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި، ތަޖުރިބާކާރު ފޯވާޑް، ޑެނީ ވެލްބެކް، ފުރަތަމަ އެގާރަ އަށް ލައިގެންނެވެ. ޗެލްސީން ފުރަތަމަ ހާފުގައި ލީޑުނަގަން، ޕެޑްރޯ ނެޓޯ ފޮނުވާލި ޝޮޓެއް ބްރެންޓްފޯޑްގެ ކީޕަރު، ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ. 

Advertisement

ބްރެންޓްފޯޑުގެ އެޓޭކްތައް ދެ ވަނަ ހާފުގައި ވަރުގަދަކޮށް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ މެޗުގައި ގަނޑިއިރެއް ކުޅެވުނުތަނާ ލީޑުނަގައިފަ އެވެ. މެޗުގެ، 61 ވަނަ މިނިޓްގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ބްރެންޓްފޯޑުން ލީޑުނެގީ ޖެއިޑަން އެންތަނީ ބޮލުން ޖެހި ގޯލުންނެވެ. 

ޗެލްސީން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް، ބްރެންޓްފޯޑުން ވަނީ ކައުންޓަ އެޓޭކުގައި ކުރިއަށް ޖެހި، 83 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ބްރެންޓްފޯޑްގެ ޖަރުމަނު ފޯވާޑް، ކެވިން ޝާޑާ، ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ބްރެންޓްފޯޑްގެ ބްރެޒިލް ފޯވާޑް، އީގޯ ތިއާގޯ ޖެހި ގޯލެކެވެ. މިއީ، މިދިޔަ ސީޒަނުގައި 22 ލީގު ގޯލު ޖެހި، ތިއާގޯ މި ސީޒަނުގައި ޖެހި ފުރަތަމަ ގޯލެވެ. 

އިތުރު ވަގުުތުގެ ތެރޭގައި ޗެލްސީ ކޮޅަށް ބްރެންޓްފޯޑްގެ ތިން ވަަނަ ލަނޑު ޖެހީ، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ފަބިއޯ ކަވާލިއޯ އެވެ. މިއީ، ޗެލްސީ އޭރިއާތެރެއިން ރަނގަޅު ތަނަށް ހުސްކޮށް އަރައި، ކަވާލިއޯ ޖެހި ގޯލެކެވެ. ކަވާލިއޯ މި ވަނީ ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ބެންޗުން އަރައި ޗެލްސީ ކޮޅަށް ލަނޑު ޖަހައިފަ އެވެ. 

ރޭގެ މޮޅާ އެކު، ބްރެންޓްފޯޑުން ލީގުގައި ބަލިނުވެ، ފުރަތަމަ ފަސް މެޗު ނިންމާލިއިރު، މި ވަގުތު އެ ޓީމު އޮތީ ފަސް މެޗުން ނުވަ ޕޮއިިންޓާ އެކު، ތިން ވަނައިގަ އެވެ. ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޗެލްސީން ލީގުގެ ފުރަތަމަ ދެ މެޗުން މޮޅުވި ނަމަވެސް، ދެން ކުުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ދެ މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ޗެލްސީ މި ވަގުތު، ފަސް މެޗުން ހަތް ޕޮއިންޓާ އެކު، ހަތް ވަނައިގައި އޮތްއިރު، މި ހަފްތާ ނިމޭއިރު، އެ ޓީމަށް ގަދަ 10 އަކުން ޖާގަ ގެއްލުމުގެ ބިރު އެބައޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox