މެންޗެސްޓާ ސިޓީން ކުޅުންތެރިއަކު މަދުކޮށް ކުޅެ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި

Sep 13, 2026, 10:24 PM
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން.

މެންޗެސްޓާ (ސެޕްޓެމްބަރު 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު  މެންޗެސްޓާ ސިޓީން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ. 

މި ނަތީޖާއާ އެކު، ސިޓީން މި ވަނީ އެ ޓީމުން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަަ ރެކޯޑް ދަމަހައްޓައިފަ އެވެ. ސިޓީ އާއި އާސެނަލަކީ މި ފަހަރު ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު އޮތް ދެ ޓީމެވެ. 

ސިޓީން އެންޒޯ މަރެސްކާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެންޗެސްޓާ ޑާބީން މި ވަނީ މޮޅުވެފަ އެވެ. އަނެއްކޮޅުން، ޔުނައިޓެޑަށް މި ވަނީ، މި ސީޒަނުގައި ދެ ވަނަ ބައްޔާ ކުރިމަތިލާން ޖެހިފަ އެވެ. ޔުނައިޓެޑް ވަނީ، ލީގުގެ ފުރަތަމަ މެޗުގައި ހަލް ސިޓީ އަތުން ވެސް ބަލިވެފަ އެވެ. 

Advertisement

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމަކަށް ފަހު، އެޓޭކަށް ބޯޅަ ހިފައިގެންދިޔައިރު، މާ ނުރައްކާތެރި ހަމަލާތަކެއް މެޗުގެ ކުރީކޮޅުގައި ފެނިފައިނުވެ އެެވެ. 

ޔުނައިޓެޑުން ކުރިއަށްދާ ބޯޅަތަކުގައި މާކަސް ރެޝްފޯޑަށް ދިނުމަށް ފަހު، އެޓޭކަށް ބަދަލުކުރެވޭތޯ މަަސައްކަތްކުރި އެވެ. އެކަމަކު، ސިޓީ ކުޅުންތެރިން ދިޔައީ ރަނގަޅަށް ޑިފެންސްކުރަމުންނެވެ. 

މެޗުގެ ޕްރެޝަރު ބޮޑުވެގެންދިޔައީ، 23 ވަނަ މިނިޓްގައި ސިޓީގެ ފިލް ފޯޑެން އަށް ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ، ބޯޅަ ނެތިސް ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް ހަމަލާދިން ކަމަށް ބަލައިފަ އެވެ. މިއީ، އިނގިރޭސި ޕްރިމިއާ ލީގައި، މެންޗެސްޓާ ޑާބީއެއްގައި ސިޓީ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ރަތެއް ދެއްކި ސިޓީގެ ކުޅުންތެރިއަކީ. ބެނާޑޯ ކޮރާޑީ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން: ފޯޑެން އަށް ރަތް ކާޑު ދެއްކި ފައުލު ހިނގި ވަގުތު.
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން: ފޯޑެން އަށް ރަތް ކާޑު ދެއްކި ފައުލު ހިނގި ވަގުތު.

ސިޓީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ޔުނައިޓެޑުން ކުޅުން އަވަސްކުރެވޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑުނެގުމާ ގާތަށް ޖެހިލަައިފަ އެވެ. އެ ގޮތުން، އެރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ރެޝްފޯޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ފަސް މިނިޓް ތެރޭ ޔުނައިޓެޑުގެ ދެ ވަނަ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ. އެ ގޮތުން، މެޗުގެ 50 ވަނަ މިނިޓްގައި ސިޓީގެ އޭރިއާބޭރުން، ޔުނައިޓެޑްގެ ކޯބީ މައިނޫ ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެެވެ. 

ސިޓީން ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔައިރު، 60 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މި ލަނޑު ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ، ޖޮސްކޯ ގްވާޑިއޯލް ނެގި ހުރަހަކުން ހާލަންޑް ޖެހި ލަނޑެކެވެ. އެންމެ ފުރަތަމަ އޮފްސަައިޑް ކަމަށް ނިންމި މި ގޯލު ބަލައިގަންނަން ނިންމީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. ވީއޭއާރް އިން މި ގޮތަށް ނިންމީ، ޔުނައިޓެޑްގެ ޕެޓްރިކް ޑޯގޫ ހުރި ހިސާބުން ބަލާއިރު، ހާލަންޑް އޮފްސައިޑް ކަމަށް ވީއޭއާރަށް ނުފެންނާތީ އެވެ. 

ކައުންޓަ އެޓޭކުގައި ސިޓީން ނުރައްކާ ކުރަމުންދިޔައިރު، 68 ވަނަ މިނިޓްގައި ލީޑުފުޅާކުރުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، ޔުނައިޓެޑްގެ އޭރިއާބޭރުން ސިޓީގެ އެންޒޯ ފެނާންޑޭޒް ޖެހި ޝޮޓެއް ގޯލުގެ ދަނޑިއަށް އަމާޒުވީ، ޔުނައިޓެޑްގެ ކީޕަރު، ސެން ލަމެންސް އަތުގައި ޖެހިފަ އެވެ. 

ޔުނައިޓެޑްގެ ފެނާންޑޭސް ޖެހި ޝޮޓެއް ސިޓީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. އަދި، ޔުނައިޓެޑްގެ ބްރަޔަން އެމްބެއުމޯ ބޮލުން ޖެހި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އަދި، އިތުރު ވަގުތުގެ ފަހު މިނިޓްގައި، އެމްބެއުމޯ މުޅިން ހުސްކޮށް ހުރެފައި ޖެހި ޝޮޓް ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox