ބްރައިޓަން އަތުން ލީގު ކަޕުން ކަޓައި ޔުނައިޓެޑް 50 އަހަރު ފަހަތަށް

Sep 17, 2026, 8:07 AM
ލީގު ކަޕްގައި ރޭ ބްރައިޓަން އަތުން ބަލިވި މެޗަަށް ފަހު ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް.

ލީގު ކަޕްގައި ރޭ ބްރައިޓަން އަތުން ބަލިވި މެޗަަށް ފަހު ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް.

މެންޗެސްޓާ (ސެޕްޓެމްބަރު 17) - އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުން ބްރައިޓަން ހޯލްްވް އެންޑް އަލްބިއަން އަތުން 3-2 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުން ކަޓައި، އެ ކްލަބްގެ 50 އަަަހަރު ފަހަތުގައި އޮތް ރެކޯޑަކާ ހަމަކޮށްފި އެވެ. 

ރޭގެ މެޗުގައި ޔުނައިޓެޑުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެކަމަކު، ބްރައިޓަން އިން ވަނީ ދެ ވަނަ ހާފުގައި ފަހަތުން އަރައި މޮޅުވެފަ އެވެ. މިއީ، މިދިޔަ 50 އަހަރު ތެރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި މި ގޮތަށް ބަލިވި ފުރަތަމަ ފަހަރެވެ. އެ ގޮތުން، އެންމެ ފަހުން މި ފަދަ ގޮތަކަށް ދެ ގޯލުގެ ލީޑެއް ނަގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ބަލިވީ، 1976 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-2 އިންނެވެ. 

އޯލްޑް ޓްރެފޯޑްްގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއް ނެގި 10 މިނިޓް ތެރޭގަ އެވެ. ފުރަތަމަ ލަނޑު އަށް ވަނަ މިނިޓްގައި 19 އަހަރުގެ ޝެއާ ލޭސީ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން އޭނާ ވަނީ ކައިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ. އޭގެ ދޮޅު މިނިޓް ފަހުން، ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް ޖެހި ބޯޅައެއް ބްރައިޓަންގެ ކީޕަރު ޖޭސަން ސްޓީލް ފައިގައި ޖެހިފައި ރީބައުންސް ނުކުތް ވަގުތު މޭސަން މައުންޓް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ބްރައިޓަން އިން ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުުތުގެ ތެރޭގަ އެވެ. މިއީ، ޔުނައިޓެޑްގެ އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުުރުސަތަކުން، ބްރައިޓަންގެ ފޯވާޑް، ޗަރަލަމްޕޯސް ކޮސްޓޫލަސް ޖެހި ލަނޑެކެވެ. ބްރަައިޓަން އިން އެއްވަރުކުރީ 65 ވަނަ މިނިޓްގައި ޔުނައިޓެޑްގެ އޭރިއާތެރޭން ހަމަޖެހިލައިފައި ޕަސްކާލް ގްރޮސް ޖެހި ގޯލެކެވެ. އަދި، ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނިޓް ފަހުން، ބްރައިޓަން އިން ވަނީ މެޗުން މޮޅުވި ގޯލު ޖަހައިފަ އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، މެކްސިމް ޑި ކުއިޕާ ޖެހި ގޯލެކެވެ. އޭނާ އަކީ މެޗުގައި ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ. 

ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދޭން ރަޝްފޯޑަށް ހުސްކޮށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ކީޕަރު ސްޓީލް ވަނީ މަތަކޮށްފަ އެވެ. 

އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަނަ ބުރުގައި، ތިން ވަނަ ޑިވިޝަނުގެ ފްލީޓްވުޑް ޓައުން ކުޅޭނީ އާސެނަލާ އެވެ. މެންޗެސްޓާ ސިޓީ އާއި ނޯވިޗް ސިޓީ ކުޅެގެން މޮޅުވާ ޓީމެއް ބައްދަލުކުރާނީ، ބްރައިޓަންއާ އެވެ. އެވަޓަން އިން ނިއުކާސަލް ޔުނައިޓެޑާ ކުޅޭއިރު، ސަންޑަލެންޑް ބައްދަލުކުރާނީ ބްރެންޓްފޯޑާ އެވެ. ލިވަޕޫލުން ޗެލްސީއާ ކުޅޭއިރު، ބްރެޑްފޯޑުން ޕީޓަބަރާއާ ބައްދަލުކުރާނެ އެވެ. ފުލަމް އިން ކްރިސްޓަލް ޕެލަަސްއާ ދެކޮޅަށް ނުކުންނައިރު، ބޯންމައުތުން ކުޅޭނީ ރޭ ކަވެންޓްރީ ސިޓީ އަތުން 3-1 އިން މޮޅުވި އެސްޓަން ވިލާއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox