އެވަޓަން އިން ޔުނައިޓެޑް ހުއްޓުވިއިރު، އާސެނަލުން ޗެލްސީ ބަލިކޮށްފި

Sep 6, 2026, 11:07 PM
ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޑެގާޑް އުފާފާޅުކުރަނީ.

ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޑެގާޑް އުފާފާޅުކުރަނީ.

ލަންޑަން (ސެޕްޓެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އިން ފަހު ސިކުންތުގައި ލަނޑު ޖަހައި 2-2 އިން މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުކޮށް އެ ޓީމު މޮޅުވިޔަނުދީ ހިފެހެއްޓިއިރު، އާސެނަލުން ފަހަތުން އަރައި 2-1 އިން ޗެލްސީ ބަލިކޮށްފި އެވެ. 

އެވަޓަންގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑުނަގައިދޭން ބްރޫނޯ ފެނާންޑޭސް ފޮނުވާލި ޝޮޓެއް ހުރަސްދަނޑި އަށް އަމާޒުވިއިރު، އެވަޓަންގެ ތިއާނޯ ބެރީ ހުސްކޮށް އަރައި ބޮލުން ޖެހި ބޯޅައެއް ގޯލާ ސީދާނުވި އެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން މިނިޓެއް ނުހިނގަނީސް ޔުނައިޓެޑުން ލީޑުނެގި އެވެ. މިއީ، ޔުނައިޓެޑްގެ މިޑްފީލްޑަރު، ކޯބީ މައިނޫ ދިން ބޯޅައަކުން ބްރަޔަން އެމްބެއުމޯ ޖެހި ލަނޑެކެވެ. އެވަޓަން އިން ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔައިރު، އެކަން ކާމިޔާބުވީ މެޗުގެ 83 ވަނަ މިނިޓްގަ އެވެ. ޗެލްސީގެ ޔޫތު ޓީމަށް ކުޅެ، ފުލަމް އިން ވެސް ފެނުނު ޓައިރިކް ޖޯޖް ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެން އެވަޓަން އަށް އެއްވަރުކޮށްދީފަ އެެވެ. 

Advertisement

މެޗުގެ 88 ވަނަ މިނިޓްގައި ޔުނައިޓެޑުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގި އެވެ. މިއީ، ޔުނައިޓެޑްގެ ވާތުބެކް، ލޫކް ޝޯ ނެގި ހުރަހަކުން އެ ޓީމުގެ ސްލޮވީނިއާ ފޯވާޑް، ބެންޖަމިން ސެސްކޯ ބޮލުން ޖެހި ގޯލެކެވެ. ބެންޗުން ދެ ވަނަ ހާފުގައި ކުޅެން ނުކުތް ސެސްކޯ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އެވަޓަންގެ ކީޕަރު، ޖޯޑަން ޕިކްފޯޑް އަތުގައި ޖެހިފަ އެވެ. 

ޔުނައިޓެޑް މޮޅުވާން ދަނިކޮށް އިތުރު ވަގުތުގައި ދެއްކި ފަސް މިނިޓް ހަމަވެ ބާކީ ވަގުތުގެ ތެރޭގައި އެވަޓަން އަށް އެއްވަރުކޮށްދިނީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ، އައިންސްލީ މަައިޓްލަންޑް-ނައިލްސް އެވެ. ފްރެންޗް ލީގުގައި ކުޅުމަށް ފަހު، އެނބުރި ޕްރިމިއާ ލީގަށް އައިސް ކުޅުނު ފުރަތަމަ މެޗުގައި ބަދަލަކަށް އަރައި މައިޓްލަންޑް-ނައިލްސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. 

އެވަޓަންގެ މައިޓްލަންޑް-ނައިލްސް ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އެވަޓަންގެ މައިޓްލަންޑް-ނައިލްސް ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

މި މެޗުން އެއްވަރުވެ، ޔުނައިޓެޑަށް ލީގުގެ ފުރަތަމަ ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެވަޓަން ވެސް މި ސީޒަނުގައި މެޗަކުން އަދި ބަލިވެފައިނުވެ އެވެ. ލީގުގައި ދެ މެޗުން އެއްވަރުވެ، އެއް މެޗުން މޮޅުވި އެވެ. 

އެންމެ ފަހުގެ ޗެމްޕިއަން، އާސެނަލުން މިރޭގެ މެޗު ފަށަން ޖެހުނީ އުނދަގޫ ކޮށެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން، ދެ މިނިޓް ތެރޭ ޗެލްސީން ލީޑުނެގި އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ޖޮރެލް ހަޓޯ ދިން ބޯޅައަކުން މޯގަން ރޮޖާސް އެވެ. 

އާސެނަލަށް އެއްވަރުކޮށްދޭން ރިކާޑޯ ކަލަފިއޯރީ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު، މެޗުގެ 25 ވަނަ މިނިޓްގައި ކައި ހަވާޓްޒް ވަނީ ހަނި އޭންގަލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ޗެލްސީ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދޭން ޕެޑްރޯ ނެޓޯ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. 

އާސެނަލުން މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ އެވެ. އެ ގޮތުން، އާސެނަލްގެ ކްރިސްޓޯސް ޒޯލިސް ދިން ބޯޅައެއް ކޮންޓްރޯލް ކުރުުމަށް ފަހު، އެ ޓީމު މި މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. މެޗުގައި އާސެނަލަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ބުކާޔޯ ސަކާ ޖެހި ޝޮޓެއް ޗެލްސީގެ ގޯލުގައި ހުރި އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅުނު 10 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އާސެނަލް ދަނޑުގައި ޗެލްސީން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެެވެ.

އާސެނަލުން މި ފަހަރުގެ ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާއިރު، މިއީ މި ސީޒަނުގައި ޗެލްސީން ގެނައި ކޯޗު ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅުނު މެޗަކުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox