ބަޔާނާއި ޔުނައިޓެޑް އަދި ކޯމޯ އިން މޮޅަކުން ޗެމްޕިއަންސް ލީގު ފަށައިފި

Sep 11, 2026, 9:04 AM
ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާންގެ އޮލީސޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާންގެ އޮލީސޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެންޗެސްޓާ (ސެޕްޓެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި މެންޗެސްޓާ ޔުނައިޓެޑް އަދި ކޯމޯ އިން މޮޅުވެއްޖެ އެވެ. 

ހަތަރު ކޮލިފައިން ބުރުގައި ކުޅެގެން، ޗެމްޕިއަންސް ލީގުގެ މައި މުބާރާތަށް އައި އަޒަރުބައިޖާންގެ ލީގު ޗެމްޕިއަން، ސަބާ އަތުން ޔުނައިޓެޑް ވަނީ 4-0 އިން މޮޅުވެފަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ތަފާތު ނަތީޖާތަކެއް ނެރުނު ބޯޑޯ/ގިލްމް އަތުން ބަޔާން 5-0 އިން މޮޅުވިއިރު، މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ކުޅުނު އިޓަލީގެ ކޯމޯ އިން ވަނީ އާރްބީ ލައިޕްޒިގު އަތުން 4-1 އިން މޮޅުވެފަ އެވެ. 

މިދިޔަ ހަ އަހަރު ތެރޭ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން ހޯދި އެންމެ ބޮޑު މޮޅު ހާސިލްކުރި މެޗުގައި އެ ޓީމުން ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ލަނޑު ޖެހީ ޕެޓްރިކް ޑޯގޫ ނެގި ހުރަހަކަށް އަރައި މަޓެއުސް ކޫންޏާ އެވެ. އަދި، ޔޫރީ ޓީލަމަންސް ދިން ބޯޅައަކަުން ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެ ޓީމުގެ ލީޑުފުޅާކޮށްދިންއިރު، ބެންޖަމިން ސެސްކޯ ވަނީ ސަބާގެ ކީޕަރު، ސްޓަސް ޕޮލަޓިލޯވް ކައިރިން ނައްޓާފައި ގޯލު ޖަހައިފަ އެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެެސްޓާ ޔުނައިޓެޑްގެ ސެސްކޯ (ކ) އާއި ފެނާންޑޭސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެެސްޓާ ޔުނައިޓެޑްގެ ސެސްކޯ (ކ) އާއި ފެނާންޑޭސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ލަނޑު ޖެހީ، ލިސަންދްރޯ މާޓިނޭޒް އެވެ. 

ބަޔާނުން ރޭގެ މެޗުގައި ފަސް ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ފުރަތަަމަ ލަނޑު 47 ވަނަ މިނިޓްގައި ޖެހީ ޖަމާލް މުސިއާލާ އެވެ. ނާރުގެ ބައްޔަކަށް ފަރުވާ ހޯދުމަށް ފަހު، އެނބުރި ކުޅުމަށް އައިސް މުސިއާލާ އަންނަނީ ކުރީގެ ފޯމަށް އެޅުމަށްޓަކައި ރަނގަޅަށް މަސައްކަތްކުރަމުންނެވެ. 

ބަޔާނުން ލީޑުފުޅާކުރީ، 61 ވަނަ މިނިޓްގައި މައިކަލް އޮލީސޭ ދިން ބޯޅައަކުން ހެރީ ކޭން ޖެހި ގޯލުންނެވެ. އަލްފަންސޯ ޑޭވިސް، 77 ވަނަ މިނިޓްގައި ބަޔާންގެ ތިން ވަނަ ލަނޑު ޖެހިއިރު، އޭގެ ހަ މިނިޓް ފަހުން އޮލީސޭ ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. 

މެޗުގެ 87 ވަނަ މިނިޓްގައި ބޯޑޯ/ގިލްމްގެ އޮޑިން ބިޔޯޓޯފަށް ވަނީ ރަތެއް ދައްކައިފަ އެވެ. އެއީ، އޮލީސޭ އަށް ކުރި ނުރައްކާތެރި ފައުލަކަށެެވެ. އޭގެ ފަހުން، ބަޔާންގެ ފަހު ލަނޑު ޖެހީ އޮލީސޭ އެވެ.

ސެސެކް ފަބްރިގާސްގެ ކޯޗުކަމުގައި ކުޅޭ ކޯމޯ އިން އެ ކްލަބްގެ 119 އަހަރުވީ ތާރީހުގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަަތަަމަ މެޗުގައި ކާމިޔާބު ހޯދިއިރު، ކޮންމެ ހާފެއްގައި ދެ ގޯލު ޖެހި އެވެ. އެ ގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު ކްރޮއޭޝިއާގެ މާޓިން ބަޓުރީނާ ޖެހިއިރު، ޓަސޯސް ޑޫވިކަސް ވަނީ ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި އަނެއް ދެ ލަނޑު ޖެހީ، އަސާނޭ ޑިއާއޯ އާއި މެކްސިމޯ މެރޯން އެވެ. 

މެޗުގައި ލައިޕްޒިގުގެ ހަމައެކަނި ލަނޑު ޖެހީ، އަންޑްރިޖާ މެކްސިމޯވިޗް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox