ޑޮލަރު އިތުރަށް މާރުކުރުމާއި ޓެކްސްގެ ބަދަލު މަޑުޖައްސާލަން ޑެސްޓިނޭޝަން ފިއުޗާއިން ގޮވާލައިފި

ޑެސްޓިނޭޝަން ފިއުޗާއިން އިންތިޒާމުކޮށްގެން ބޭއްވި "ފިއުޗާ ސަމިޓު" ގެ ތެރެއިން: އެ ޖަމިއްޔާއިން ވަނީ ސަރުކާރަށް ހައްލުތަކެއް ހުށަހަޅާފައި --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ޑެސްޓިނޭޝަން ފިއުޗާއިން އިންތިޒާމުކޮށްގެން ބޭއްވި "ފިއުޗާ ސަމިޓު" ގެ ތެރެއިން: އެ ޖަމިއްޔާއިން ވަނީ ސަރުކާރަށް ހައްލުތަކެއް ހުށަހަޅާފައި --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ސަރުކާރުން ނިންމާފައިވާ ގޮތަށް އަންނަ މަހުން ފެށިގެން ޑޮލަރު މާރުކުރާ މިންވަރު 40 ޕަސެންޓަށް މަތިކުރުމާއި ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން ބޭރުގެ ޓުވާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ޓެކްސް ނެގުން އިހަށް މަޑުޖައްސާލަން ޓޫރިޒަމް އެޑްވޮކަސީ ޖަމިއްޔާ، ޑެސްޓިނޭޝަން ފިއުޗާއިން ގޮވާލައިފި އެވެ. 

ޑެސްޓިނޭޝަން ފިއުޗާއިން ސަރުކާރަށް ހުށަހެޅި ކަރުދާހެއްގައި މިހެން ގޮވާލީ، މި ބަދަލުތަކަކީ ޓޫރިޒަމް ސިނާއަތުގެ އަދުގެ ހާލަތާ ނުބައްދަލު ބަދަލުތަކެއް ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ޖަމިއްޔާއިން ވަނީ މިއީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިމުގެ ފުރުސަތު ބޮޑު ބަދަލުތަކެއް ކަމަށް ސިފަކޮށްފަ އެވެ.

ސަރުކާރަށް ހުށަހެޅި ކަރުދާހުގައި ޑެސްޓިނޭޝަން ފިއުޗާއިން ވަނީ ސިޔާސަތު ކަނޑައަޅަން ތިބި މީހުންނަށް އެނގެން ޖެހޭ މުހިންމު ހަ ކަމެއް ނުވަތަ "ފެކްޓް" ބަޔާންކޮށްފައިވެ އެވެ. މި ކަންކަމުގެ ތެރޭގައި ރިސޯޓުތަކަަށް މިހާރު ހުރި ގޮންޖެހުންތަކާއި، ބޭރުގެ އޮޕަރޭޓަރުންނާއި އެޖެންޓުންގެ ހުރި ކަންބޮޑުވުންތަކުގެ އިތުރުން މިހާރު ގެނެސްފައިވާ ބަދަލުތައް ތަންފީޒު ކުރަން ހުރި ހުރަސްތައް ހިމެެނެ އެވެ.

Advertisement

އެ ކަރުދާހުގައި، ރިސޯޓުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޮތީ އޮކިއުޕަންސީ ދަށްވުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫންގެ ނިޔަލަށް އޮކިއުޕަންސީ ވަނީ 69.1 ޕަސެންޓުން 64.9 ޕަސެންޓަށް ވެއްޓިފަ އެވެ.

މިހެން އޮއްވާ މިހާރު ތަރައްގީކުރަމުން އަންނަ 165 ރިސޯޓި ނިމޭ ވަރަކުން އެނދުތައް އިތުރުވެ، ސަޕްލައި ޕްރެޝަރު އިތުރުވާނެ ކަމަށް ޑެސްޓިނޭޝަން ފިއުޗާއިން ބުންޏެވެ. އަދި، މި ސަޕްލައި އިތުރުވާއިރު ޑިމާންޑެއް ވެސް އޮންނަން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. 

އިތުރު ޓެކްސް ދައްކަން ޖެހިއްޖެއްޔާ ރާއްޖެ ވިއްކުން ހުއްޓާލާނެ ކަމަށް އެޖެންޓުން ބުނެފި

ޓޫރިޒަމްގެ ޚިދުމަތްތަކުން ޓެކްސް ނަގާ އުސޫލަށް ގެންނަ ބަދަލާ ގުޅިގެން، ބޭރުގެ ޓްރެވަލް އެޖެންޓުންގެ ފައިދާއިން ޓެކްސް ދައްކަންޖެހޭތީ އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި. މި ބަދަލުގެ ސަބަބުން އެއް ފައިދާއަކުން ދެ ގައުމަށް ޓެކްސް ދައްކަންޖެހޭ (ޑަބަލް ޓެކްސޭޝަން) މައްސަލަ ކުރިމަތިވާތީ، މިގޮތަށް އަމަލުކުރާނަމަ ރާއްޖެ ވިއްކުން ހުއްޓާލާނެ ކަމަށް ބުނި.

މި ޑިމާންޑަށް ސަޕްލައިކުރާ ވިއުގައިގެ ތެރޭގައި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ހޯލްސޭލަރުންނާއި އޮންލައިން ޓްރެވަލް އެޖެންސީތަކުގެ އިތުރުން ޓްރެވަލް އެޑްވައިޒަރުންނާއި އެއާލައިންތަކާއި ޗާޓަރު އޮޕަރޭޓަރުން ހިމެނެ އެވެ. އަދި، އެ މީހުން އެކަން ކުރަނީ މާކެޓިން އާއި ޓެކްނޮލޮޖީ އާއި ކަސްޓަމަރުން ހޯދުން ފަދަ ކަންކަމަށް އިންވެސްޓުކޮށް، ރިސްކު ނަގައިގެންނެވެ. 

ޑެސްޓިނޭޝަން ފިއުޗާއިން ބުނީ، ރާއްޖެއަށް ޓޫރިސްޓުން ފޮނުވަން މި ހުރިހާ ހަރަދެއްކޮށްފަ، ލިބޭ ކުޑަ ފައިދާއިން އިތުރު 17 ޕަސެންޓު ދޭން ޖެހުމުގެ ބުރަ އެޅެނީ ސީދާ އެޖެންޓުންނާއި އޮޕަރޭޓަރުންގެ ކޮނޑުގައި ކަމަށެވެ. އަދި، މިކަމާ ގުޅިގެން އެ މީހުން ތަމްސީލުކުރާ ބޭރުގެ ޖަމިއްޔާތަކާއި ރާއްޖޭގެ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ޑެސްޓިނޭޝަން ފިއުޗާއިން ބުންޏެވެ. 

"ވިޔަފާރީގެ ބޮޑެތި އިދާރާތަކުން މިހާރު ވެސް އެދަނީ އަހަރަމެންނަށް އިންޒާރު ދެމުން. ޑީއާރުވީ، އޭބީޓީއޭ، އީސީޓީއޭ އަދި މަޓާޓޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. އޭބީޓީއޭ އާއި އީސީޓީއޭއޭ އިން ވަނީ ތަންފީޒު ކުރުން ލަސްކޮށް، މިހާރު ވިއްކާފައިވާ ވިޔަފާރިތަކަށް އިންތިގާލީ އިންތިޒާމުތަކެއް ހަމަޖައްސަން އެދި އެދިފަ،" ޑެސްޓިނޭޝަން ފިއުޗާއިން ބުންޏެވެ.

ސަރުކާރުން އަވަސް އަރުވާލައިގެން މި ބަދަލުތައް ގެންނަން އުޅޭއިރު، ސަރުކާރުން ލިބޭނެ ކަމަށް އަންދާޒާކުރާ އަދަދާއި މި ޓެކްސް ނެގުމުގެ އިދާރީ ކަންކަން ހަމަޖައްސަން ހަރަދު ވާނެ ކަމަށް ބުނި އަދަދާ މެދު ޑެސްޓިނޭޝަން ފިއުޗާއިން ސުވާލު އުފެއްދި އެވެ. 

ޓެކްސް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ސަރުކާރުން ލަފާކުރީ، މި ގޮތަށް ޓެކްސް ނަގައިގެން އަހަރަކު އިތުރަށް 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މި ބަދަލުތައް ގެންނާތީ ހަރަދު ކުރަން ޖެހޭނީ އަހަރަކު 5.1 މިލިއަން ރުފިޔާ ކަމަށެވެ. ޑެސްޓިނޭޝަަން ފިއުޗާއިން ބުނީ، ޓެކްސް ނެގޭ-ބޭސް އާއި، ކޮމްޕްލައިންސް އަދި ކަލެކްޝަން އަންދާޒާތައް ޝާއިއުކޮށް ސްޓްރެސް ޓެސްޓް ކުރަން ޖެހޭ ކަމަށެވެ. 

މަޓީގެ ހޫނު ބައްދަލުވުމެއް، ބިދޭސީ އޯނަރުންނަށް ވެސް ޑޮލަރު މާރުކުރުން ކަމު ނުދިޔަ

ރިސޯޓު އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހަމަޖެއްސުމާ ގުޅިގެން، މި ބަދަލަކީ މުދާ ހޯދުމާއި ގެންގުޅުމުގެ ހައްގާ ބެހޭ ގާނޫނު އަސާސީގެ 40 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ބުނެ، ގިނަ އިންވެސްޓަރުން ވަނީ މި ނިންމުމާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފަ.

މި ބަދަލުތަކުގެ ހުރި ގެއްލުމާ ގުޅުވާ ޑެސްޓިނޭޝަން ފިއުޗާއިން ބުނީ މި ކަމުގެ ސަބަބުން ލިބެން އޮތީ "ހިމޭން، އިއާދަަނުކުރެވޭ" ވަރުގެ ގެއްލުމެއް ކަމަށެވެ. ސަބަބެއް ކަމަށް ބުނީ، އާންމުކޮށް އިއުލާންކޮށްގެން ރާއްޖެ ދޫކޮށްފައި ނުދިޔަޔަސް، ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ މީހުން އެ މީހުންގެ ވިޔަފާރި ވާދަވެރި މަންޒިލުތަކަށް ގެންދާނެ ކަމަށެވެ.

މިހާރަށް މި ފިޔަވަޅުތައް އެޅުން މަޑުޖައްސާލަން ގޮވާލި ކަމުގައި ވިޔަސް، ޑެސްޓިނޭޝަން ފިއުޗާއިން ވަނީ ތަންކޮޅެއް ރޭވި، އިންތިޒާމު ވެގެން މި ބަދަލުތައް ގެންނަން އިއުތިރާޒު ނުކުރާ ކަން ހާމަކޮށްފަ އެވެ.

ޑެސްޓިނޭޝަން ފިއުޗާއަކީ ޓޫރިޒަމް ސިނާއަތުގައި ފުންނާބު އުސް، ފަންނީ ދިވެހިންނާއި އިންޑަސްޓްރީގެ ތަޖުރިބާކާރުން ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ މީހުންގެ ފަރާތުން ސަރުކާރަށް ހުށަހެޅި ކަރުދާހުގައި، މިހާރު އަޅާފައިވާ ފިޔަވަޅުތައް އެޅުން ދެކޮޅު ނުޖެހޭ ސަބަބުތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދީފައި ހުއްޓެވެ.

ޓޫރިޒަމް ވިޔަފާރިތަކަށް އިތުރު އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އެ ވިޔަފާރިތަކުން ބުނާ މި ބަދަލުތަކާ ދެކޮޅަށް ރިސޯޓުތަކާއި ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ވިޔަފާރިތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަމުގެ މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމެއްގައި ބައެއް ޓުވާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ވަނީ ރާއްޖެ ވިއްކުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox