ރަޝިއާ އާއި ޗައިނާ ފިޔަވައި ޓޮޕް މާކެޓުތަކުން އަންނަ ޓޫރިސްޓުން މަދުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓީ ސަރަހައްދުން ހިނގަމުން ދިޔަ ޓޫރިސްޓުންތަކެއް: ޓޫރިސްޓުން އަންނަ އަދަދު ސޮއްސާލީ އިރާނު ހަނގުރާމައާ ހެދި --- ފޮޓޯ: އަދަދު ފައިލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓީ ސަރަހައްދުން ހިނގަމުން ދިޔަ ޓޫރިސްޓުންތަކެއް: ޓޫރިސްޓުން އަންނަ އަދަދު ސޮއްސާލީ އިރާނު ހަނގުރާމައާ ހެދި --- ފޮޓޯ: އަދަދު ފައިލް

މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި އިރާނު ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އައި ހީނަރުކަމާއެކީ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޓޮޕް މާކެޓުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އާއި ރަޝިއާ ނޫން އެހެން ހުރިހާ ގައުމަކުން އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ މަދު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދަައްކައިފި އެވެ. 

ޓޫރިޒަމުން އާންމުކޮށްފައިވާ ޓޫރިސްޓު އެރައިވަލް އަދަދުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖުލައިގެ ނިޔަލަށް ރާއްޖެއަށް 1،227،786 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 5.2 ޕަސެންޓު މަދު އަދަދެކެވެ.

މި ދަށް ވުމުގެ ފަހަތުގައިވާ ހަމައެކަނި ސަބަބަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުން ނޫނެވެ. އެއާ އެކުއެކީ، އިމާޖިން މާކެޓުތައް ނޫނީ ކުރިއަރަމުން އަންނަ މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އަހަރުންއަހަރަށް އަޅައިބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެ ގޮތުން އިމާޖިން މާކެޓުތަކުގެ ގޮތުގައި ގިންތިކުރާ އެފްރިކާ އާއި ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާ އާއި މެދުއިރުމަތިން އަންނަ ޓޫރިސްޓުންގެ އަދަދު ކުރީ އަހަރަށް ވުރެ މަދެވެ.

މި ސަރަހައްދުތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ތަފާތެއް ފެންނަނީ، އިރާނު ހަނގުރާމައިގެ އަސަރުތައް އެންމެ ބޮޑަށް ތަހައްމަލުކުރަމުން އަންނަ، މެދުއިރުމަތީގެ ގައުމުތަކުންނެވެ. މި ސަރަހައްދުގެ ގައުމުތަކުން މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި 49،893 ޓޫރިސްޓުން ޒިޔާރަތްކުރިއިރު، މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޒިޔާރަތްކުރީ 35،845 ޓޫރިސްޓުންނެވެ. މިއީ 28.2 ޕަސެންޓުގެ ވެއްޓުމެކެވެ. 

ހަމަ އެ ގޮތަށް، އެމެރިކާސް، އެއީ ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާގެ ހުރިހާ ގައުމުތަކެއް ހިމެނޭހެން، ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރު 62،724 އިން މި އަހަރު 48،432 އަށް ވެއްޓިފަ އެވެ. މިއީ 22.8 ޕަސެންޓުގެ ވެއްޓުމެކެވެ. އަދި، އެފްރިކާ ބައްރުން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 11،504 އިން 9،523 އަށް ވެއްޓި، 17.2 ޕަސެންޓު ދަށްވެފަ އެވެ.

ނިސްބަތުން 7.1 ޕަސެންޓު ދަށްވީ ކަމުގައި ވިޔަސް، އަދަދުތަކަށް ބަލާއިރު ޓޫރިސްޓުން އަންނަ އަދަދު އެންމެ ބޮޑަށް މަދުވީ ޔޫރަޕުގެ ގައުމުތަކުންނެވެ. މިދިޔަ އަހަރުގެ ޖުލައިގެ  ނިޔަލަށް ޔޫރަޕުން 768،160 ޓޫރިސްޓުން ޒިޔާރަތްކުރިއިރު، މި އަހަރުގެ ޖުލައިގެ ނިޔަލަށް ޒިޔާރަތްކުރީ 713،770 ޓޫރިސްޓުންނެވެ. މިއީ ބައި ލައްކައަށް ވުރެ ބޮޑު ތަފާތެކެވެ.

ރާއްޖޭގެ ސޯސް މާކެޓުތަކުގެ ގަދަ ދިހައެއްގެ ކުރީގައި އޮންނަ ޔޫރަޕުގެ ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އާއި ޖަރުމަނީ އާއި އިޓަލީގެ އިތުރުން ފްރާންސުން އައި ޓޫރިސްޓުން މިދިޔަ އަހަރަށް ވުރެ މަދު ނަމަވެސް، ރަޝިއާއިން އައި ޓޫރިސްޓުން އަދަދު ވަނީ އިތުރުވެފަ އެވެ. އެ ގައުމުން މި އަހަރުގެ ޖުލައިގެ ނިޔަލަށް 179،801 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ 17.3 ޕަސެންޓުގެ އިތުރުވުމެކެވެ.

ރަޝިއާއަށް ވުރެ ވެސް ކުރީގައި އުޅެނީ ޓޮޕް މާކެޓުތަކުގެ އެއް ވަނައިގައި އޮތް ޗައިނާ އެވެ. ޗައިނާއިން އައި ޓޫރިސްޓުން އަދަދު 14.1 ޕަސެންޓު އިތުރުވެފައިވާއިރު، ޖުލައިގެ ނިޔަލަށް 216،759 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. 

އެ ދެ ގައުމުގެ އިތުރުން، އަހަރުންއަހަރަށް ޓޫރިސްޓުންގެ އަދަދު އިތުރުވީ ގައުމަކީ މިހާރު ޓޮޕް މާކެޓެއްގެ ގޮތުގައި ފައިހަމަކުރަމުން އަންނަ އޮސްޓްރޭލިއާ އެވެ. އޮސްޓްރޭލިއާއިން އައި ޓޫރިސްޓުންގެ އަދަދު 24،636 އިން 28،643 އަށް ވަނީ އިތުރުވެފަ އެވެ. މިއީ 16.3 ޕަސެންޓުގެ އިތުރުވުމެކެެވެ. 

ޓޫރިސްޓުން އަންނަ އަދަދު މަދުވުމާ ގުޅިގެން، އޮކިއުޕެންސީ ރޭޓު ވެސް ވަނީ 59.4 ޕަސެންޓުން 56.2 ޕަސެންޓަށް ވެއްޓިފަ އެވެ.

މިހެން ނަމަވެސް މި މުއްދަތުގެ ތެރޭގައި އޮޕަރޭޓު ކުރަމުން އަންނަ ރިސޯޓުތަކުގެ އަދަދު ވަނީ 175 އިން 179 އަށް އިތުރުވެފަ އެވެ. އެއާއެކުއެކީ، ޖުމްލަ އެނދުގެ އަދަދު ނުވަތަ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ވަނީ 63،501 އިން 67،617 އަށް އިތުރުވެފަ އެވެ.

އޭގެ އިތުރުން، ބެޑްނައިޓްސްގެ އަދަދު ނުވަތަ ޓޫރިސްޓުން ޗުއްޓީ ހޭދަކުރި ދުވަސްތަކުގެ އަދަދު ވަނީ އަށް މިލިއަނަށް އިތުރުވެފަ އެވެ. އަދި، ޗުއްޓީ ހޭދަކުރާ މުއްދަތު ވަނީ 6.9 ދުވަހުން 7.2 އަށް އިތުރުވެފަ އެވެ. 

ސަރުކާރުން އަންދާޒާކޮށްފައި ވަނީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް 2.4 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. މިހެން ނަމަވެސް، މި އަހަރު އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ މަދު ކަމުން، މި އަމާޒަށް ވާސިލުވެވޭނީ ކުރިއަށް މި އޮތް ޓޫރިޒަމްގެ ހައި ސީޒަނުގައި ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައިސްގެންނެވެ. 

ސަރުކާރުން ލަފާކުރި ވަރަށް މި އަހަރު ޓޫރިސްޓުން ނައިސްފި ނަމަ މި އަހަރު ވެގެން ދާނީ ބަޖެޓުގައި އަންދާޒާ ކުރި ވަރަށް ޓޫރިސްޓުން ނުގެނެވުނު ދެ ވަނަ އަހަރަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox