ކެބިނެޓުގައި ވެސް ހިމޭން އިންގިލާބެއް އެބަހިނގާ: ޔާމީން

Sep 7, 2026, 7:29 AM
އޮގަސްޓު 18، 2026: ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

އޮގަސްޓު 18، 2026: ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް މުހައްމަދު މުއިއްޒަށް ކާމިޔާބު ނުކުރެއްވޭނެކަން ޕީއެންސީގެ މެންބަރުންނަށް އެނގޭތީވެ ރައްޔިތުންގެ މަޖިލީހުގެ އިތުރުން، ކެބިނެޓުގައި ވެސް "ހިމޭން އިންގިލާބެއް" ހިނގަމުން އަންނަ ކަމަށް ކުރީގެ ރައީސް އަބްދުއްﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތެރޭގައި ހިމޭން އިންގިލާބެއް ހިނގަމުންދާ ކަމަށް ޔާމީން ވިދާޅުވީ  ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ. އެކަން ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ދޮގުކުރައްވާފަ އެވެ. 

 ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވަރަށް ބޮޑަށް ޔާމީނަށް ފާޑުކިޔުން އަމާޒުކުރީ ހިމޭން އިންގިލާބުގެ ވާހަކައާ ގުޅިގެން އެ  "ހޫނުގަނޑުގައި" ކަމަށް، ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.  

"މަޖިލިސް ތެރޭ އެކަނި ނޫން، ކެބިނެޓު ތެރޭގައި ވެސް އެކަން [ހިމޭން އިންގިލާބު] އެބަ ހިނގާ. އެއީ މި މީހުންނަށް އެބަ އެނގޭ މުއިއްޒު ގޮވައިގެން ނުކުމެ 2028 ނުލިބޭނެކަން. މިހާރު ނަގާފައި ހުރި ވޯޓުތަކުން އެބަ ފެނޭކަން،" ޔާމީން ވިދާޅުވި އެވެ.

ކެބިނެޓަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލަކީވެސް ވަޒީރުންތަކެއް ކޮފީ މޭޒެއްގައި ދެއްކެވި ވާހަކަތަކެއް ލީކުވުމާ ގުޅިގެން ގެނައި ބަދަލެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގެ އެތެރޭގައި ތިއްބެވި ބޭފުޅުންނަށް ވެސް މުއިއްޒުއަކީ ކޮން ބޭފުޅެއް ކަމާއި ސަރުކާރަށް ކަންކަން ނުކުރެވޭ ކަމާއި ނަތީޖާ ނުނެރެވޭކަން އެނގޭ ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ. 

"މި މީހުންނަށް އެނގޭ ކިހާ ވަރެއްގެ މީހަކާއެކުގައިކަން މި އުޅެނީ. ހަމަ އެ މީހުން އެ ދައްކަނީ އެއްވެސް ދާއިރާއަކަށް އެއްވެސް ކަމެއް ނުހިނގައޭ. ރައްޔިތުންގެ ތާއިދު އޮތް ކަމެއް ނުކުރެވެއޭ. މިއީ އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި އަބްދުއްރަހީމް ހުންނެވީ ޕީއެންސީގެ ލީޑަޝިޕްގެ "ހަފޮޅުން ބޭރުގައި" ކަމަށެވެ. އަދި ޕޯޑިއަމްތަކަށް އަރައި ކިތަންމެ ވަރަކަށް ވާހަކަ ދެއްކެވި ނަމަވެސް، ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު އޮތް ގުޅުން ރަނގަޅު ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގުޅުން ރަނގަޅު ވެގެނެއް ނޫން ތިޔަ އުޅެނީއެއް. ކޮންމެ މީހަކު ވެސް ދެން ރަނގަޅު ވާނީ އެ މީހެއްގެ ސައިޒު އެނގިގެން އެ މީހަކު މަސައްކަތް ކުރިއްޔާ. ތިތާކު ނެތް އަޅުގަނޑުމެންގެ ކައިރިޔަށް އައިސް ގައުމުގެ ވާހަކަ ދެއްކޭވަރުގެ މީހުންނެއް،" ޔާމީން ވިދާޅުވި އެވެ. 

މުއިއްޒުގެ އިތުރުން އަލުން ޕީއެންސީއަށް ވެރިކަން ހޯދައިދެވޭވަރުގެ މީހަކު ވެސް މިހާރު އެ ޕާޓީގައި ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox