މާޒިޔާ ބަލިކުރަން ނިއު ރޭޑިއަންޓުން ބޭނުންވާނެ: ޓްރުޗާ

Sep 17, 2026, 7:51 AM
ލީގުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މާޒިޔާ ކޯޗު ޓްރުޗާ ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ލީގުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މާޒިޔާ ކޯޗު ޓްރުޗާ ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު، މި ސީޒަނުގައި މިހާތަނަށް ކަންތައްތައް ވެފައި ހުރި ގޮތަށް ބަލާކަަމަށްވާނަމަ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޭނުންވާނެ ކަަމަށް މާޒިޔާގެ ކޯޗު، ތޯމަސް ޓްރުޗާ ބުނެފި އެވެ. 

މިއީ، މި ސީޒަނުގައި މާޒިޔާ އާއި ނިއުގެ ހަތަރު ވަނަ ކުރިމަތިލުމެވެ. ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި ސީޒަނުގެ ފުރަތަމަ މުބާރާތް ކަޕް ވިނާސް ކަޕް ފަައިނަލުގައި މާޒިޔާ އިން ވަނީ ޕެނަލްޓީ ޖަހައިގެން ނިއު ބަލިކޮށްފަ އެވެ. ކަޕް ވިނާސް ކަޕްގެ ލީގު ބުރުގައި މާޒިޔާ އާއި ނިއުގެ ކުރިމަތިލުން ވަނީ އެއްވަރުވެފަ އެވެ. 

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން ކުޅުނު ފުރަތަމަ މެޗުން އޮޑި ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވިއިރު، ނިއު ރޭޑިއަންޓުން ވަނީ ގައްދޫ ފުޓްބޯޅަ ޓީމު އަތުން އެ ޓީމުގެ ދަނޑުގައި، 2-0 އިން މޮޅުވެފަ އެވެ. 

Advertisement

ނިއުއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރުޗާ ބުނީ، އާންމު ހާލަތުގައި ކަންތައްތައް ކުރާ ގޮތަށް ކޮންމެ މެޗަށް ވެސް ތައްޔާރުވުމުގެ ކުރިން އިދިކޮޅު ޓީމުގެ ކަންކަން ދިރާސާ ކުރާނެ ކަމަށެވެ. އެ ގޮތުން، ނިއުއާ ދެކޮޅަށް ކުޅެން ޖެހޭއިރު، އެނގޭ ކަމަކީ މި ސީޒަނުގައި މި ދެ ޓީމު ތިން ފަހަރެއްގެ މަތިން މިހާތަނަށް ވެސް ބައްދަލުކޮށްފައި އޮތުމުން އެއް ޓީމު އަނެއް ޓީމަށް އެނގޭނެ ކަަމަށާއި، "ހައިރާންކޮށްލެވޭނެ" ކަމެއް ކުރާކަށެއް ޖާގަ ކުޑަ ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. 

"ދެ ޓީމުގެ ވެސް އެބައޮތް އުންމީދުތަކެއް، ދެ ޓީމުގައި އެބަތިބި ގައުމީ ޓީމުގެ ކުޅުންތެރިން ވެސް. ދެ ޓީމުގައި ވެސް ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިން އެބަތިބި. ދެ ޓީމުގައި ވެސް ވަރަށް ޒުވާން ކުޅުންތެރިން އެބަތިބި. އެހެންވެ، މި މެޗުތައް ވަރަށް ވާދަވެރިކޮށް މި ދަނީ. ބައެއް ފަހަރު ކުދި ޑީޓެއިލުން މި މެޗުތައް މި ތަފާތު ވަނީ، ބައެއް ފަހަރު އަނިޔާގެ ކަމެއް. މޫސުމުގެ ކަމެއް، ދަނޑުގެ ހާލަތާ ގުޅޭ ކަމެއް، ނޫނީ ސެޓްޕީސްއެއް ވެސް ތަފާތު ވެދާނެ ނަތީޖާ ނެރުމުގައި، މީގެ ކޮންމެ ކަމެއް ވެސް މުހިންމު. އެ މީހުން ބޭނުންވާނެ އަހަރެމެން ބަލިކުރަން، އަހަރެމެން ވެސް ބޭނުން އެ މީހުން ބަލިކުރަން. އެއީ މި މެޗުގެ ވަރަށް ރަނގަޅު ވާހަކައެއް،" ޓްރުޗާ ބުންޏެވެ. 

ނިއު އާއި މާޒިޔާ ކުޅޭ މެޗަކީ ލީގުގެ ރޭހަށް ކިހާ މުހިންމު މެޗެއްތޯ އެހުމުން، ޓްރުޗާ ވަނީ އަދި މިއީ ސީޒަންގެ ކުރީކޮޅު ކަަމަށްވާތީވެ، ސީދާ އެ ވާހަކަ އަށް ނުގޮސް މުޅި ސީޒަނާ މެދު ދެކޭ ގޮތް ހިއްސާ ކޮށްފަ އެވެ. 

އެ ގޮތުން، ޓްރުޗާ ބުނީ، ދިވެހި ޕްެރިމިއާ ލީގަކީ 10 ޓީމުގެ މެދުގައި ދެ ބުރު ކުޅޭ ގޮތަށް އޮތް ލީގެއް ކަމަށާއި 18 ނޫނީ 20 ޓީމު އޮވެގެން 30 ނޫނީ 35 މެޗުގެ ލީގު ސީޒަނެއް ނޫން ކަމަށެވެ. އެހެންކަމުން، ކޮންމެ މެޗަކަށް ވެސް ނުކުންނަން ޖެހޭނީ ތިން ޕޮއިންޓް ހޯދުމުގެ ވިސްނުމުގައި ކަމަށާއި ލީގުގެ ޝެޑިއުލް އޮތްގޮތުން، ސީޒަން ފަށަން މާޒިޔާ އަށް އޮތީ ވަރުގަދަ ތިން މެޗު ކަމުން، އެ ތިން މެޗުން ރަނގަޅު ކާމިޔާބެއް ބޭނުންވާ ކަމަށް ޓްރުޗާ ވަނީ ބުނެފަަ އެވެ. 

"އޭގެއިން އެނގިދާނެ ލީގު މިދަނީ ކޮން މިސްރާބަކަށް ކަން. އެކަމަކު، ގިނަ މެޗުތަކެއް އަދިވެސް އެބައޮތް ކުޅެން. އަހަރެން ބުނާނީ މެޗުތައް މި އޮތް އަދަދުން ކޮންމެ މެޗެއްގެ ތިން ޕޮއިންޓް ނެގުން ވެސް މުހިންމު. ޕޮއިންޓުތަކެއް ގެއްލިއްޖިއްޔާ އަލުން މަގާމެއް ހޯދަން އުނދަގޫވާނެ. އެއީ، މާ ބައިވަރު މެޗުތަކެއް ނެތް،" ޓްރުޗާ ބުންޏެވެ. 

އިލާން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މާޒިޔާގެ ފޯވާޑް އަދި 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާންގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، މަހެއްހާ ދުވަހަށް އޭނާ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ. މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް ފީފާ ބްރޭކުގައި ގައުމީ ޓީމުން ކުޅޭ މެޗުތައް އިލާނަށް ގެއްލޭނެ ކަމަށް މާޒިޔާގެ ކޯޗު ވަނީ ބުނެފައެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، އާދަޔާހިލާފު ކަންތައްތަކެއް ފެނިގެން ގޮސްފައިވާ ކަމަށާއި ގިނަ ޓީމުތަކުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ މެޗުތަކުގައި ވެސް ފެންނަ ކަމަށެވެ. އަދި، އަތޮޅު މުބާރާތުން ފެށިގެން ދިވެހި ޕްރިމިއާ ލީގަށް އައި، ހއ. ދިއްދޫ އާއި ގދ. ގައްދޫ ޓީމު ވެސް މަސައްކަތް ކުރާތަން ފެންނަ ކަމަށް ޓްރުޗާ ފާހަގަކުރި އެވެ. 

"ވަރަށް އެއްވަަރަށް ދާ މެޗުތަކެއް ގޮތަށް މި ފެންނަނީ އެހެންވެ މި ބުނަނީ ކޮންމެ ނަތީޖާއެއް ވެސް މުހިންމު، އެއީ ފަސޭހަ ކޮށްލައިގެން ހުއްޓައި މެޗެއް އަތުން ދޫވެގެންދާން މާ ވަގުތެއް ނުނަގާނެ. މިއީ، ފަސޭހަވާނެ ލީގެއް ނޫން،" ޓްރުޗާ ބުންޏެވެ. 

މާޒިޔާގެ ކުޅުންތެރިން އަންނަނީ އޭނާ ބޭނުންވާ ލެވަލަށް ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަމުން ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. އަދި، ފުރަަތަމަ މެޗުގައި އޮޑި އަތުން މާޒިޔާ މޮޅުވިއިރު، އެ މެޗުގައި ފެނުނު ކުޅުމަކީ މާޒިޔާގެ ފަރާތުން އޭނާ ބޭނުންވާ ލެވަލެއް ނޫން ކަމަށާއި އެއީ ރަނގަޅު ކުޅުމެއް ކަމަށް ބުނަންް ހަދަން ޖެހޭނީ ދޮގެއް ކަމަށް ޓްރުޗާ ފާހަގަކުރި އެވެ. މާޒިޔާ ކުޅުންތެރިން އޭނާ ބޭނުންވާ މިންވަރަށް މެޗުތަކުގައި ކުޅެން ޝައުގުވެރިކަމާ އެކު މަސައްކަތްކުރާތީ އެ ކަމަށްޓަކައި އުފާކުރާ ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. 

ލީގުގައި މާޒިޔާ އިން ކުޅުނު ފުރަތަމަ މެޗުގައި ބެންޗު ފުރަގަހުގައި ނިސްބަތުން ރަނގަޅު އަދަދެއްގެ ސަޕޯޓަރުން ތިބި ކަމަށާއި އުންމީދަކީ ކުރިއަށް ހުރި މެޗުތަކުގައި އިތުރު ސަޕޯޓަރުން ފެނުން ކަމަށް ޓްރުޗާ ފާހަގަކުރި އެވެ. 

"ހަަމައެކަނި ޓީވީން މެޗުތައް ބެލުމުގެ ބަދަލުގައި ދަނޑަށް އައިސް މެޗުގެ މާހައުލު ބަދަލުކޮށްދީފިނަމަ މެޗުތައް އިތުރަށް ފޯރިގަދަވެ ރަނގަޅު ފުޓްބޯޅައެއް ފެންނާނެ،" ޓްރުޗާ ބުންޏެވެ. 

ލީގުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox