އިލާން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

Sep 15, 2026, 4:26 PM
މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާންގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ގާތްގަނޑަކަށް މަހެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް މާޒިޔާގެ ކޯޗު، ތޯމަސް ޓްރުޗާ ބުނެފި އެވެ. 

ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް މެޗު ފަށައިގެން މާ ލަސްތަކެއް ނުވެ ބަދަލެއް ކުރަން ޖެހުނެވެ. އެ ގޮތުން، އެ ޓީމުގެ ފޯވާޑް، އިލާން އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރަން ޖެހުނެވެ. ވިހި އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ދާދި ފަހުން އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ކުޅުނު އިލާންގެ ބަދަލުގައި މާޒިޔާ އިން ކުޅެން އެރުވީ، ނައިޖީރިއާގެ ފޯވާޑް، ބެންޖަމިން ކުކޫ އެވެ. އެ މެޗުން މާޒިޔާ މޮޅުވީ ކުކޫ ޖެހި ޕެނަލްޓީން 1-0 އިންނެވެ. 

ލީގުގެ ދެ ވަނަ މެޗުގައި މާޒިޔާ އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެން ޖެހޭއިރު، އެ މެޗުގެ ކުރިން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ޓްރުޗާ ބުނީ، އިލާންގެ އަނިޔާއާ ބެހޭގޮތުން އޮތީ ދެ ހަބަރެއް ކަމަށެވެ.

"ހިތްހަމަ ޖެހޭ ހަބަރެއް ވެސް، އަދި ހިތްހަމަ ނުޖެހޭ ހަބަރެއް ވެސް އެބައޮތް. އެހާ ސީރިއަސް އަނިޔާއެއް ނޫން. އެކަމަކު، ކޮންމެ ވެސް ވަރެއްގެ ވަގުތެއް ނަގާނެ، އެހާ ދިގު މުއްދަތެއް ނޫން. އަހަންނަށް ފުރަތަމަ އެ އަނިޔާވި ވަގުތު ފެނުމާ އެކު އަހަރެން އުންމީދުކުރިން، އެއީ އޭސީއެލް އިންޖަރީއެއް ކަހަލަ އޮޕަރޭޝަނެއް ކުރަން ޖެހޭ ފަދަ ކަމެއް ނުވޭތޯ. ދެން، އަހަރެމެން ރިކަވަރީ އަށް މިދަނީ، މި ބަލަނީ ތިނެއް ނޫނީ ހަ ހަފްތާ ވަރު ކަމަށް، އެހާ ވަރުން ރަނގަޅުވާނެ،" ޓްރުޗާ ބުންޏެވެ. 

ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނޭ އިލާނަށް ގައުމީ ޓީމުން ކުރިއަށް އޮތް ފީފާ ބްރޭކުގައި ކުޅޭ ތިން މެޗު ވެސް ގެއްލޭނެ އެވެ. އެ ގޮތުން، ފީފާ ބްރޭކުގައި ރާއްޖޭން ޗައިނާ އާއި ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭނެ އެވެ. މި މަހު 24 ވަނަ ދުވަހު ޗައިނާގައި އެ ގައުމާ ދެކޮޅަށް ކުޅުމަށް ފަހު، އޭގެ ހަތަރު ދުވަސް ފަހުން، ކިރްގިސްތާންަގައި މި މަހު 28 ވަނަ ދުވަހު އެ ޓީމާ ދެކޮޅަށް ކުޅޭނެ އެވެ. އަދި، ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗު އޮތީ އަންނަ މަހު އެއް ވަނަ ދުވަހު އެވެ. އެ މެޗު ވެސް އޮތީ ކިރްގިސްތާންގެ ބިޝްކެކްގަ އެވެ. 

މި ސީޒަނުގައި މާޒިޔާ އިން ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕް ހޯދިއިރު އިލާން ވަނީ އެ މެޗުތަކުގަައި މޮޅު ކުޅުމެއް ދައްކައިފަަ އެވެ. އަދި، ކަޕް ވިނާސް ކަޕް ފައިނަލުގައި ނިއު ކޮޅަށް ލަނޑު ވެސް ޖެހި އެވެ. 

މާޒިޔާ އިން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭނީ ނިއުއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox