ދިވެހި ޕްރިމިއާ ލީގުގެ ހޯމް އެންޑް އަވޭގެ ތަފާތު ފެންނަން ވަގުތު ނަގާނެ: އާތީ

Sep 15, 2026, 10:12 PM
ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޓީސީގެ ކޯޗު އާތީ.--- ފޮޓޯ: ޓީސީ ސްޕޯޓްސް ކްލަބް

ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޓީސީގެ ކޯޗު އާތީ.--- ފޮޓޯ: ޓީސީ ސްޕޯޓްސް ކްލަބް

ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފުރަތަމަ ފަަހަރަށް ހޯމް އެންޑް އަވޭ އުސޫލުން މި ފަަަހަރުގެ ސީޒަނުން ފެށިގެން ކުޅޭއިރު، މި ކަމުގެ މާ ބޮޑު ތަފާތެއް އަދި ފެންނާނެ ކަމަށް ނުބެލެވޭ ކަމަށާއި އެ ބަދަލު އަންނަން ވަގުތު ނަގާނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު، މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ. 

ދިހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ސީޒަނުގައި މި ފަހަރު ދެ ރަށެއްގެ ޓީމު ވާދަކުރެ އެވެ. އެއީ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫގެ އިތުރުން ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ. މި ދެ ޓީމުގެ ހޯމް މެޗުތައް ކުޅެނީ އެ ރަށުގަ އެވެ. 

ގައްދޫން ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެ، 2-0 އިން ވަނީ ބަލިވެފަ އެވެ. ގައްދޫން ދެ ވަނަ މެޗުގައި އަމިއްލަ ދަނޑުގައި ކުޅެނީ ޓީސީއާ އެވެ. 

ޓީސީގެ ކޯޗު އާތީ ބުނީ، ޕްރިމިއާ ލީގު މިހާރު ބައްޓަން ކުރެވިފައި މި އޮތް ގޮތުން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ޓީމުތަކަށް ވެސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. 

"ފުރުސަތު އޮތުން މިއީ ވަރަށް އުފާވާ ކަމެއް. އެހެންވީމަ، އެއްވެސް ބަޔަކަށް އިނގިލި ދިއްކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެފައި މި އޮތީ،" ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއްގެ ކޯޗިން ތަޖުރިބާ ހާސިލްކޮށްފައިވާ އާތީ ބުންޏެވެ. 

އާތީ ބުނީ، ކުރިން ނޫސްވެރިންގެ ބައްދަލުވުމެކޭ އެއްގޮތަށް ތަކުރާރުކުރަން ޖެހޭ އެއް ކަމަކީ، ރާއްޖޭގެ ފުޓްބޯޅަ އަދިވެސް އޮތީ ސެމީ ޕްރޮފެޝަނަލް ލެވަލްގައި ކަމަށެެވެ. އެހެންވެ، ލީގުގެ ފޯމެޓަށް ކުއްލިއަކަށް މިހެން ބަދަލެއް އައި ކަމުގައި ވިޔަސް އޭގެ ނަތީޖާ ފެންނަން ވަގުތު ނަގާނެ ކަމަށް އާތީ ވަނީ ފާހަގަކޮށްފަ އެވެ. 

"އަދި އަހަރެމެންގެ ސިކުނޑީގައި ހޯމް އެންޑް އަވޭގެ މާ ބޮޑު ޑިފަރެންސެއް ހިއެއް ނުވޭ އަދި ފެނިދާނެހެން ދޯ. އެޑްވާންޓޭޖްތަކެއް ފެނިދާނެހެންނެއް. އެހެން ނަމަވެސް އެބަ އާދޭ ޕިޗް ކަންޑިޝަންއާ ބޯޅައިގެ ޕޭސްއާ މި އެއްޗެހީގެ ތަފާތުތަކެއް އެބައާދޭ ފީލްޑުން، އެކަމަކު މެންޓަލީ އަނެއްހެން ކުޅޭ ކުޅުމުގައި ޕްރެޝަރު ވެގެން އުޅޭނެހެނެއް ހިއެއްނުވޭ އެއްވެސް ބަޔަކު، ކޮންމެ ގޮތެއް ވިޔަސް، ހޯމްގައި ކުޅޭ ކަމަށް ވަންޏާ އެ ކުޅޭ ބަޔަކަށް އޭގެ އެޑްވާންޓޭޖް އިންނާނެ، ސަޕޯޓަރުން ތިބޭނެ،" އާތީ ބުންޏެވެ. 

ފުރަތަމަ މެޗުގައި ޓީސީ ވަނީ 5-1 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އާތީ ބުނީ، ވިކްޓަރީ މެޗު އެއީ މިހާރު މާޒީ ކަމަށާއި މާދަމާގެ މެޗަށް އޭގެ ސަބަބުން ކުރާނެ މާ ބޮޑު އަސަރެއް ނެތް ކަމަށެވެ. 

ގައްދޫގެ ކޯޗަކަށް މުހައްމަދު ނަޒީހު ހުރިއިރު، ޓީސީ އަތުން މޮޅަކަށް އަމާޒުކުރާ ކަމަށް ވަނީ ބުނެފަ އެވެ. އެކަމާ މެދު ދެކޭ ގޮތެއް އެހުމުން އާތީ ބުނީ، ކޯޗެއްގެ ގޮތުގައި މެޗަކާ ކުރިމަތިލާއިރު، ކޮންފިޑެންސް ހުންނަން ޖެހޭނެ ކަމަށެވެ. 

"ކޯޗެއްގެ އިންނަން ޖެހޭނެ ކޮންފިޑެންސަކާ ހަމަ މޮޅުވާނެ ކަމުގެ އުންމީދެއް، އެހެންވީމަ، އެ އަށް ވަރަށް ބޮޑަށް އިހުތިރާމްކުރަން އެހެންވީމަ، އަހަރެން ވެސް ކޯޗެއްގެ ހައިސިއްޔަތުން ނުކުންނާނީ އެ މެޗު ނެގޭތޯ. ދެން، އެ ޓީމެއްގައި އެ އިންނަ ކޮންފިޑެންސާ އެއްޗެހި، އެއީ އެ ޓީމެއްގެ ކަމެއްތާ. އެހެންވީމަ އެ އަކަށް އެއްވެސް ޗެލެންޖެއް ނެތް ހަމަ،" އާތީ ބުންޏެވެ. 

"50/50 އެއްޗެއް ހަަމަ، ކުޅެގެން މޮޅުވާންވީ ގައްދޫ ވެސް ޓީސީ ވެސް. ޕްލޭޔަރުން އެ ދުވަހަަކަށް ފޯކަސް ކޮށްފައި އިންނަ ވަރެއް މި އިންނަނީ. އެ އަށް ރެސްޕެކްޓް ކުރަން ހަމަ،" 

ގައްދޫ އަށް މެޗު ކުޅެން ދަތުރު ފެށިއިރުން ފެށިގެން، ހުރިހާ އިންތިޒާމެއް ވެސް ފެންނަނީ ރަނގަޅުކޮށް ކަމަށާއި މާލޭން ބޭރުގައި ކުޅޭ މެޗެއް ކަމުގައި ވިޔަސް،"އަވޭ ފީލްވާ އެއްވެސް ކަމެއް އަދި ދިމައެއް ނުވާ" ކަމަށް އާތީ ވަނީ ބުނެފަ އެވެ. އެކަން އެ ގޮތަށް އޮތީ، ގައްދޫ އާއި އެފްއޭއެމް އާއި މިކަމުގައި ޝާމިލުވާ ފަރާތްތަކުގެ މަސައްކަތުން ކަން އާތީ ވަނީ ފާހަގަކޮށްފަ އެވެ. 

ޓީސީ އާއި ގައްދޫ ކުޅޭ މެޗު ފަށާނީ މާދަމާ 15:30 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox