ގައްދޫ ބަލިކޮށް ޓީސީ އަށް ލީގުގައި ފުރަތަމަ މޮޅު

Sep 16, 2026, 6:14 PM
ގައްދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޓީސީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައްދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޓީސީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގދ. ގައްދޫ ފުޓްބޯޅަ ޓީމު އަތުން 4-2 އިން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ. 

މިއީ، މި ފަހަރުގެ ސީޒަނުގައި ޓީސީން މޮޅުވި ފުރަތަމަ މެޗެވެ. ޓީސީން ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 5-1 އިން ވީ ބައްޔެވެ. އަނެއްކޮޅުން، ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅޭ މި ފަހަރުގެ ލީގުގައި ގައްދޫން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތަުން ވަނީ 2-0 އިން ބަލިވެފަ އެވެ. 

ގައްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީން މެޗު ފަށައިގެން ފުރަތަމަ 12 މިނިޓް ތެރޭގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ގޮތުން، އަށް ވަނަ މިނިޓްގައި ޓީސީން ލީޑުނެގީ މިސްރުގެ މަހުމޫދު މުސްތަފާ ޖެހި ގޯލަކުންނެވެ. އަދި، އޭގެ ހަތަރު މިނިޓް ފަހުން، މުސްތަފާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޓީސީ އަށް ލީޑުފުޅާކޮށްދީފަ އެވެ. 

Advertisement

މެޗުގެ 21 ވަނަ މިނިޓްގައި ޓީސީން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެެވެ. މިއީ،  ޓީސީ އަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު، މަގްސަން ޑުރާޑޯ ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ. 

ފުރަތަމަ މެޗުގައި ވެސް ގައްދޫ ކޮޅަށް ފުރަތަމަ ނިއު އިން ދެ ލަނޑު ޖެހުމާ އެކު، އެ ޓީމުން ކުޅުން ރަނގަޅުކުރި އެވެ. އެ ގޮތުން، މިއަދުގެ މެޗުގައި ޓީސީން ލީޑުނެގި ފަހުން ގައްދޫން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި އުންމީދެއް ހޯދި އެވެ. ގައްދޫ އަށް ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޖެހީ އެ ޓީމަށް ކުޅޭ ސާބިއާގެ ފޯވާޑް، އުރޯސް ޖެމޯވިޗް އެވެ. 

ގައްދޫން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ 86 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގަ އެވެ. މިއީ، އޭރިއާތެރެއިން ގައްދޫގެ އެމަނުއަލް އޮލުބެންގާ މަކިންޑޭ ޖެހި ލަނޑެކެވެ. 

އިތުރު ލަނޑެއް ޖަހައި، ގައްދޫން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް އެ ޓީމުގެ ފަހަތަށް ދިޔަ ބޯޅައެއްގައި ކީޕަރު، ސާބިއާގެ ބޯޖާން ވުކްމިރޯވިޗް ހެދި ގޯހެއްގެ ފައިދާނަގައި، ޓީސީގެ މާޔިޒް ވަހީދު ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ޓީސީ އަށް ފުރަތަމަ މެޗުގައި ވެސް މާޔިޒް ވަނީ ލަނޑު ޖަހައިދީފަ އެވެ. 

ލީގުގައި ދެން އެންމެ އަވަހަށް ގައްދޫ ކުޅޭ މެޗު ވެސް އޮތީ އެ ރަށުގަ އެވެ. އެއީ، އަންނަ އާދިއްތަ ދުވަހު ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށެެވެ. އީގަލްސް އިން ވަނީ ކުޅުނު ފުރަތަމަ މެޗުން، ލީގަށް މި ފަހަރު ޕްރޮމޯޓްވި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 3-1 އިން މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox