ހިތްވަރު ދެއްކި ދިއްދޫ އަތުން ވިކްޓަރީ އަށް އުނދަގޫ މޮޅެއް

Sep 16, 2026, 6:06 PM
ދިއްދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިއްދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަަދު ހަވީރު އުތުރުގެ ޗެމްޕިއަން، ހއ. ދިއްދޫ ފުޓްބޯޅަ ޓީމު އަތުން 4-3 އިން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބުން މި ފަހަރުގެ ލީގުގައި އެ ޓީމުގެ ވަރުގަދަ ފެށުން ދަމަހައްޓައިފި އެވެ. 

ވިކްޓަރީން ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން 5-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އަދި، ދިއްދޫން ވަނީ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެފަ އެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓަރީން ފުރަތަމަ ހާފު ނިންމާލީ ވެސް ތިން ގޯލުގެ ލީޑަކާ އެކު އެެވެ. ދިއްދޫން ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައި އެއްވަރުކުރިއިރު، ވިކްޓަރީ ވަނީ ފަހުން ލަނޑެއް ޖަހައި މޮޅުވެފަ އެވެ. 

މެޗުގައި ވިކްޓަރީން ލީޑުނެގި ގޯލު ޖެހީ 29 ވަނަ މިނިޓްގައި އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މިއި، ދިއްދޫގެ ކީޕަރު، މުހައްމަދު ޝިފާން ކުރިއަށް ޖެހިފަައި ބޯޅަ ޖައްސާލި ވަގުތު ދިއްދޫ ހާފުގެ މެދެއްހާ ހިސާބު އަރިމަތީގައި ހުރެފައި ގޯލަށް ބޯޅަ ފޮނުވާލައިގެން ރިޒޭ ޖެހި ގޯލެކެވެ. ރިޒޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޝިފާން ބޯމަތިން ގޮހެވެ.  

ފުރަތަަމަ ލަނޑު ޖެހިތާ ދެ މިނިޓް ފަހުން، ވިކްޓަރީން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، މެޗުގެ 31 ވަނަ މިނިޓްގައި ދިއްދޫ އޭރިއާތެރެއިން ވިކްޓަރީގެ ރިޒޭ ދިން ބޯޅައަކުން އެ ޓީމުގެ ނާއިޒު ހަސަން (ދާދު) ޖެހި ގޯލެކެވެ. ދާދު ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ޝިފާން އަތުގައި ޖެހިފަ އެވެ. 

މެޗުގެ 40 ވަނަ މިނިޓްގައި ވިކްޓަރީން ވަނީ ތިން ވަަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ވިކްޓަރީން ދިއްދޫގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައަކަށް އަރައި ރިޒޭ ޖެހި ގޯލެކެވެ. ރިޒޭ، މި ގޯލު ޖެހީ ދިއްދޫގެ ކީޕަރު ޝިފާން ކައިރިން ނައްޓާފައި ގޮހެވެ. މިއީ، މެޗުގައި ރިޒޭގެ ދެ ވަނަ ގޯލެވެ. ރިޒޭ ވަނީ ލީގުގައި ވިކްޓަރީން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ކޮޅަށް ވެސް ދެ ގޯލު ޖަހައިފަ އެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ނުވަ މިނިޓް ތެރޭ ދިއްދޫން ވަނީ ލަނޑެއް ޖަހައިފަ އެވެ. މިއީ، ވިކްޓަރީގެ ކޮލްމަޓޯވް އުގްލީ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީން ޖެހި ގޯލެކެވެ. ދިއްދޫ އަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ގާނާގެ މިޑްފީލްޑަރު، ޓެޓޭ ގިޑިއޯން އެވެ. ބުރު އަތުން ދިއްދޫ ފުރަތަމަ މެޗުގައި މޮޅުވީ ޓެޓޭ ޖެހި ހިލޭ ޖެހުމުންނެވެ.

ދިއްދޫން ވަނީ މިއަދުގެ މެޗުގެ 64 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖަހައި، ފަރަގު ކުޑަކޮށްފަ އެވެ. މިއީ، ވިކްޓަރީގެ ކީޕަރު، އަބްދުﷲ ޔާމީން ހެދި ގޯހެއްގެ ފައިދާ ނަގައި ދިއްދޫގެ ހުސެއިން ޒިމްޔާން ޖެހި ލަނޑެކެވެ. ޒިމްޔާން އަކީ މި މެޗުގައި ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ. 

ދިއްދޫން ވިކްޓަރީއާ އެއްވަރުކުރި ލަނޑު ޖެހީ 82 ވަނަ މިނިޓްގަ އެވެ. މިއީ، ހާފުގެ މެދެއްހާ ހިސާބުން ޓެޓޭ ޖެހި ގޯލެކެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޔާމީން ނުކުމެ ހުއްޓައި، އޭނާ ބޯމަތިން އޮއްސިގެން ގޮހެވެ. 

ދިއްދޫން އެއްވަރުކުރިތާ މިނިޓެއް ފަހުން ވިކްޓަރީން ގޯލެއް ޖަހައި އަލުން ލީޑުނެގި އެވެ. މެޗުގެ 84 ވަނަ މިނިޓްގައި ވިކްޓަރީގެ ފުލްބެކް، އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަހަކުން ދިއްދޫގެ އާދަމް ނަސީމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.  އިތުރު ވަގުތުގެ ތެރޭގައި ޓެޓޭ ވަނީ ދިއްދޫ އަށް މެޗުގެ ނަތީޖާ އަނެއްކާ ވެސް އެއްވަރުކޮށްދޭން ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު، އޮފްސައިޑްގައި ހުރެ ޖެހި ގޯލެއް ކަމުން ރެފްރީ ނިންމީ ބަލައިނުގަންނާށެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox