ރަނގަޅު އެންމެ ނަތީޖާއެއް ނެރެގެން ވެސް ބުރުގެ ހާލަތު ބަދަލުކުރެވޭނެ: ރޮޑްރިގޭޒް

Sep 17, 2026, 7:05 AM
ބުރުގެ ކޯޗު ރޮޑްރިގޭޒް، ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ބުރުގެ ކޯޗު ރޮޑްރިގޭޒް، ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ބުރު ސްޕޯޓްސް ކްލަބް މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިވާއިރު، އެ ޓީމަށް ކުރިމަތިވެފައި އޮތް ހާލަތު ބަދަލުކުރަން އެންމެ މެޗެއްގެ ނަތީޖާ އިން ވެސް ތަފާތުތަކެއް އަންނާނެ ކަމަށް ބުރުގެ ކޯޗު، ސްޕެއިނުގެ ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފި އެވެ. 

މިއީ، ރޮޑްރިގޭޒްގެ ކޯޗުކަމުގައި ބުރުން ކުޅޭ ދެ ވަނަ މުބާރާތެވެ. ސީޒަންގެ ފުރަތަމަ މުބާރާތް، ކަޕް ވިނާސް ކަޕްގައި ބުރުންް ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 5-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ލީޑު ނަގާފައި ވެސް 2-1 އިން ބަލިވީ އެވެ. އަދި، ފަހު މެޗުގައި، އޮޑި ސްޕޯޓްސް ކްލަބް އަތުން ބަލިވީ 2-0 އިންނެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގައި ބުރު ވަނީ ކުޅުނު ފުރަތަމަ މެޗުން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު އަތުން 1-0 އިން ބަލިވެފަ އެވެ. 

ލީގުގައި ބުރުން ކުޅޭ ދެ ވަނަ މެޗުގައި އޮޑިއާ ދެކޮޅަށް ކުޅުމުގެ ކުރިން ރޮޑްރިގޭޒް ބުނީ، އޮޑި އަކީ ރަނގަޅު ޓީމެއްކަން އެނގޭ ކަމަށެވެ. އަދި، އެ ޓީމާ ހަވާލުވި ކޯޗު، ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯއާ އެކު ކަންކަން ބަަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން އޮޑި ބަލިވި ނަމަވެސް ތަފާތު ފެނުނުކަން ރޮޑްރިގޭޒް ފާހަގަކުރި އެވެ. 

Advertisement

ބުރުން މިހާރު މައިގަނޑު ފޯކަސް އެއް ބަހައްޓައިގެން މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ ރަަނގަޅަކަށް ކަންކަން ރަނގަޅުކޮށް، މޮޅު މެޗެއް ކުޅެގެން ކާމިޔާބެއް ހޯދޭތޯ ކަމަށެވެ. 

"އަހަރެމެން ޓީމު އެންމެން އެއްކޮށް ވާހަކަ ދައްކަމުން މި އަންނަނީ މި ހުރިހާ ކަމަކާ ގުޅޭގޮތުން، އަހަރެމެންނަށް ގޯލެއް ޖެހި، ރަނގަޅު ރިޒަލްޓެއް ނެރެވޭ ހިސާބުން، ދެން ހުރި ހުރިހާ ކަމެއް ބަދަލުވާނެ. އެ މީހުން (ކުޅުންތެރިން) ގަބޫލު އެބަކުރޭ މި ކުރާ މަސައްކަތް. ދެން، މި މަސައްކަތުން އަހަރެމެންނަށް ނަތީޖާއެއް ނެރެވޭ ހިސާބުން، މޮޅުވާން ގޯލެއް ޖެހޭ ހިސާބުން، ނަތީޖާއެއް ނެރެވޭ ހިސާބުން ކަންކަން ބަދަލުވާނެ، އެންމެ މުހިންމު ކަމަކީ މި ކުރާ މަސައްކަތަށް އެ އޮތް އިތުބާރު، އެކަން ކުރިއަށްގެންދަން ބޭނުންވަނީ ރަނގަޅު ނަތީޖާއެއް،" ރޮޑްރިގޭޒް ބުންޏެވެ. 

އޭނާ ބުނީ ތަކުރާރުކޮށް ފާހަގަކުރަން ޖެހޭ އެއް ކަމަކީ ބުރުގައި އޮތީ ޒުވާން ޓީމެއް ކަމެވެ. އާދި، އޭނާ ގެންގުޅޭ ފުޓްބޯޅައިގެ ވިސްނުންތަކަށް ހޭނެން ބުރުގެ ކުޅުންތެރިންނަށް ވަގުތު ބޭނުންވާ ކަމަށާއި "އެންމެ ރެޔަކުން ނޫނީ އެއް ދުވަހުން" ކަންކަން ބަދަލުނުކުރެވޭނެ ކަމަށް ރޮޑްރިގޭޒް ވަނީ ބުނެފަ އެވެ. 

"މިއީ ޕްރޮސެސް އެއް، ރަނގަޅު ކަމަކީ އަހަރެމެން މި އަންނަނީ މި ކުރެވޭ ކަންކަން ބަލައި ދިރާސާ ވެސް ކުރަމުން، އަހަރެމެން މިހާރު ކުރަން ޖެހޭ ކަމަކީ 90 މިނިޓް ރަނގަޅު ލެވަލްގައި ހިފެހެއްޓޭތޯ ބަލަންވީ،" ރޮޑްރިގޭޒް ބުންޏެވެ. 

ދިއްދޫ އަތުން ބަލިވި މެޗަށް ފަހު، ބުރުގެ ހުރިހާ ކުުޅުންތެރިންގެ މޫނުމަތިން ފެނުނީ ދެރަވެފައި ހުރި މަންޒަރު ކަމަށާއި ސަބަބަކީ ބަލިވެފައި އޮތުމުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ގޯލެއް ޖަހައި، އެއްވަރުކުރެވޭތޯ ކުރި މަސައްކަތް ވެސް ކާމިޔާބުނުވުން ކަމަށް ރޮޑްރިގޭޒް ވަނީ ބުނެފަ އެވެ. ޓީމުގެ ބައްދަލުވުމެއް މި ފަހުން ބުރުން ބޭއްވިއިރު، އެ ބައްދަލުވުމަށް ވެސް ބުރުގެ ކުޅުންތެރިން އައީ "ނެގެޓިވް" ވިސްނުމެއްގައި ކަމަށާއި އެކަމަކު، އެ ބައްދަލުވުމުގައި ބުރުން ވީޑިއޯތައް ބަލައި ފޯކަސް ކުރީ ރަނގަޅަށް ކުރެވިފައި ހުރި ކަންކަމަށް ކަމަށްވާތީވެ، ކުޅުންތެރިންގެ މޫނުމަތިން ހިތްހަމަޖެހުން ފެނި އިތުބާރު ލިބިފައިވާ ކަމަށް ރޮޑްރިގޭޒް ވަނީ ބުނެފަ އެވެ. 

ބުރު އާއި އޮޑި ކުޅޭ މެޗު ފަށާނީ މިއަދު 16:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox