އެމްޓީޑީސީގެ ހިއްސާއަކަށް ބައި ރުފިޔާ ބަހަން ފާސްކޮށްފި

Sep 1, 2026, 9:54 AM
ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: މިދިޔަ އަހަރު ވެސް ބެހީ ހިއްސާއަކަށް ބައި ރުފިޔާ -- ފޮޓޯ: އަދަދު

ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: މިދިޔަ އަހަރު ވެސް ބެހީ ހިއްސާއަކަށް ބައި ރުފިޔާ -- ފޮޓޯ: އަދަދު

މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންހެ ހިއްސާއަކަށް ބައި ރުފިޔާ ބަހަން އެ ކޯޕަރޭޝަނުގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ. 

އެމްޓީޑީސީގެ 34،087،354 ހިއްސާ އާންމުންނާއި ސަރުކާރުގެ އަތުގައި އޮވެ އެވެ. އެއީ އާންމުންގެ 18،428،278 (53 ޕަސެންޓް) އާއި ދިވެހި ސަރުކާރުގެ 15،659،076 (47 ޕަސެންޓް) ހިއްސާ އެވެ. 

އެހެންކަމުން ހިއްސާއަށް ދޫކުރާ ޑިވިޑެންޑު ފައިސާގެ ގޮތުގައި މިފަހަރު 17،043،677 ރުފިޔާ އެމްޓީޑީސީ އިން ދޫކުރާނެ އެވެ. މިދިޔަ އަހަރު ވެސް ހިއްސާއަކަށް ދޫކުރީ ބައި ރުފިޔާ އެވެ. އޭގެ ކުރިން 60 ލާރި ވެސް ދޫކޮށްފައިވެ އެވެ. 

ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި، އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ފަސް މެންބަރަކު ވަނީ ހޮވައިފަ އެވެ. އެއީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އާއި އައިޝަތު ލީޒާ އާއި އައިމިނަތު އަޒްލިފާ އާއި މިންނާ ރަޝީދު އަދި އިބްރާހިލް ލަތީފް އެވެ. 

ސްޓޮކް އެކްސްޗޭންޖުގައި އެމްޓީޑީސީގެ ހިއްސާއެއް މިވަގުތު ވިކެނީ 13.70 ރުފިޔާ އާއި 14.76 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އެމްޓީޑީސީގެ ހިއްސާގެ ސްޓްރަކްޗާއަށް ބަދަލުތަކެއް ގެންނަން އުޅޭކަމުގެ އަޑު މިފަހުން ފެތުރުމުން ހިއްސާއެއްގެ އަގު ދެ ރުފިޔާވަރު އުފުލުނެވެ. އެކަމަކު، އަނެއްކާ ވެސް އަގު ދަނީ މަޑުމަޑުން ތިރިވަމުންނެވެ. 

އެމްޓީޑީސީ އިން އުޅެނީ މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގާ ތުރުކީގެ އަޔާޑާ ކުންފުންޏަށް އެންމެ 1.5 މިލިއަން ޑޮލަރަށް ވިއްކާލާށެވެ. އެ ރަށުގެ ލީސް 2031 އަށް ހަމަވާނެ އެވެ. ލީސް ވިއްކާލައިފި ނަމަ، 20 މިލިއަން ޑޮލަރުގެ ގެއްލުމެއް ކުންފުންޏަށް ލިބޭނެ އެވެ. 

އެ މުއާމަލާތަށް މަގުފަހި ކުރުމަށްޓަކައި އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ރައިޓްސް އިޝޫއަކަށް ގޮސް، ކުންފުނީގެ މިހާރުގެ ހިއްސާދާރުންނަށް އިތުރު ހިއްސާ އަގުހެޔޮކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާށެވެ. ރައިޓްސް އިޝޫއަކަށް ގޮސް އިތުރު ހިއްސާ ވިއްކުމުން ސަރުކާރަށް މެޖޯރިޓީ ހިއްސާ ގަތުމުގެ ފުރުސަތެއް އޮވެދާނެ އެވެ. އިތުރު ކުރާ ހިއްސާ މިހާރުގެ ހިއްސާދާރުން ނުގަނެފި ނަމަ އެ ފުރުސަތު ދެން ލިބޭނީ ސަރުކާރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox