މަގުއްދުވާ
2 ލިޔުން
ފަހުގެ
ހަބަރުއެމްޓީޑީސީގެ ހިއްސާއަކަށް ބައި ރުފިޔާ ބަހަން ފާސްކޮށްފި
އެހެންކަމުން ހިއްސާއަށް ދޫކުރާ ޑިވިޑެންޑު ފައިސާގެ ގޮތުގައި މިފަހަރު 17،043،677 ރުފިޔާ އެމްޓީޑީސީ އިން ދޫކުރާނެ އެވެ. މިދިޔަ އަހަރު ވެސް ހިއްސާއަކަށް ދޫކުރީ ބައި ރުފިޔާ އެވެ. އޭގެ ކުރިން 60 ލާރި ވެސް ދޫކޮށްފައިވެ އެވެ.
ހަބަރުވަގު ޑީލަށް މަގުފަހި ކުރަން އެމްޓީޑީސީގެ އިތުރު ހިއްސާ ވިއްކަނީ
ސަރުކާރުގެ އަތުގައި އޮންނަނީ އެމްޓީޑީސީގެ 47 ޕަސެންޓު ހިއްސާ އެވެ. ބާކީ 53 ޕަސެންޓު ހިއްސާއަކީ އާންމުންނަށް ވިއްކާފައިވާ ހިއްސާ އެވެ. ރައިޓްސް އިޝޫއަކަށް ގޮސް އިތުރު ހިއްސާ ވިއްކުމުން ސަރުކާރަށް މެޖޯރިޓީ ހިއްސާ ގަތުމުގެ ފުރުސަތެއް އޮވެދާނެ އެވެ. އިތުރު ކުރާ ހިއްސާ މިހާރުގެ ހިއްސާދާރުން ނުގަނެފި ނަމަ އެ ފުރުސަތު ދެން ލިބޭނީ ސަރުކާރަށެވެ.
