އަޔާޑާ ރިސޯޓު ހިންގާ މަގުއްދުވާގެ ހެޑްލީސް ނުައަގުގައި ވިއްކާލަން މަސައްކަތް ކުރަނީ

ގދ. މަގުއްދުވާގައި ތަރައްގީކޮށްފައިވާ އަޔާޑާ މޯލްޑިވްސް: މިއީ ފަސް ތަރީގެ މަތީ ފަންތީގެ ރިސޯޓެއް --- ފޮޓޯ: އަޔާޑާ މޯލްޑިވްސް

ގދ. މަގުއްދުވާގައި ތަރައްގީކޮށްފައިވާ އަޔާޑާ މޯލްޑިވްސް: މިއީ ފަސް ތަރީގެ މަތީ ފަންތީގެ ރިސޯޓެއް --- ފޮޓޯ: އަޔާޑާ މޯލްޑިވްސް

ޓޫރިޒަމް ތަރައްގީކުރާ ޕަބްލިލް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގަމުން އަންނަ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލަން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު އަދަދު އަށް ލިބިއްޖެ އެވެ.

މަގުއްދުވާއަކީ 2006 އިން ފެށިގެން 25 އަހަރުގެ މުއްދަތަކަށް އެމްޑީޓީސީއަށް ކުއްޔަށްދޫކޮށްފައިވާ ރަށެކެވެ. އެ ކުންފުނިން މި ރަށް އައިޑެނިޒް ކުންފުންޏަށް ސަބްލީސް ކުރީ ޖެހިގެން އައި އަހަރުގައި އެވެ. އައިޑެނިސް ކުންފުނިން މި ރަށް ފަސް ތަރީގެ ފެންވަރުގައި ތަރައްގީކޮށް "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި އޮޕަރޭޓުކުރަން ފެށީ 2011 ގައި އެވެ.

އެމްޑީޓީސީ އާއި އައިޑެނިޒް ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ ސަބްލީސް އެއްބަސްވުމުގެ ދަށުން ރިސޯޓުގެ ސަބްލީސް ކުއްޔަކީ ސޮއިކުރާއިރު 303،506 ޑޮލަރުން ފެށިގެން ބޮޑުވަމުން ބޮޑުވަމުން ގޮސް ކޮންމެ ކުއާޓަރެއްގައި 1،221،036 (1.2 މިލިއަން) ޑޮލަރަށް ދައްކަން ޖެހޭ ގޮތަށެވެ. މި ސަބްލީސް އެއްބަސްވުމުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ ހެޑްލިސް އެއްބަސްވުން ހަމަވާ 2031 ގައި އެވެ. 

Advertisement

މި ކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އައިޑެނިޒް ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެއްބަސްވުމުގެ މުއްދަތު ހަމަ ނުވަނީސް އެ ކުންފުނީގެ ނަން މައްޗަށް ހެޑްލީޒް ބަދަލުކުރާށެވެ. ނަމަވެސް އެމްޓީޑީސީގެ މެނޭޖުމަންޓުން ވަނީ އެކަމާ ދެކޮޅު ހަދާ، ރަށުގެ ހެޑްލީސް ވިއްކާނުލާނެ ކަމަށް ބުނެފަ އެވެ.

ހެޑްލީސް ވިއްކާލަން އެމްޓީޑީސީން ދެކޮޅު ހަދަނީ އެ ކުންފުނިން ބޮޑެތި ކެޕިޓަލް އިންވެސްޓުމަންޓުތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި އެ ކުންފުންޏަށް އާމްދަނީ ވަންނަ ދެ ޕްރޮޕަޓީގެ ތެރެއިން ޕްރޮޕަޓީއެއް ދޫކޮށްލުން، މާލީ ގޮތުން ހަމަޖެހޭ ކަމަކަށް ނުވާތީ އެވެ.

އެމްޓީޑީސީން މި ވަގުތު އިންވެސްޓުކޮށްފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ އޮފީސް އިމާރާތާއި ހދ. ނާގޮށީގައި ތަރައްގީކުރަމުން ރިސޯޓު ހިމެނެ އެވެ. މީގެ ތެރެއިން އޮފީސް އިމާރާތުގެ މަސައްކަތް ނިމުމަކާ ގާތަށް އައިސްފައިވާއިރު، ނާގޮށި ތަރައްގީކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެންނެވެ. މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވައްސަށް އެކަނި 38.8 މިިލިއަން ޑޮލަރު (600  މިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް އެ ކުންފުނިން ވަނީ ކުރިން ހާމަކޮށްފަ އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި މި ފަހުން އެމްޓީޑީސީގެ ބޯޑުންނާއި މެނޭޖިން ޑިރެކްޓަރު ކަމުން އަހުމަދު ނިޔާޒު ވަކިކުރީ ވެސް މި މައްސަލައިގައި އައިޑެނިޒް އިން ބޭނުންވާ ގޮތަށް ރަށް ދޫކޮށްލަން އެއްބަސްވެވަޑައިނުގެންނެވީމަ އެވެ. މިކަން ކަށަވަރުކުރަން ނިޔާޒަށް ގުޅުމުން އޭނާ މި ކަން ދޮގުނުކުރެއްވި ނަމަވެސް ވަނީ އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފަ އެވެ. 

މި މައްސަލައިގައި ސޯޝަލް މީޑީއާގައި ވެސް އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނައިރު، ބައެއް މީހުން ބުނަނީ ރަށުގެ ހެޑްލީސް 1.5 މިލިއަން ޑޮލަރަށް ވިއްކާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއީ މަގުއްދުވާގެ ކުލި އެއްބަސްވުމުގެ ކުލި ބޮޑު ވަމުން ގޮސް ކޮންމެ ކުއާޓަރެއްގައި ދޭން އެއްބަސްވެފައިވާ 1.2 މިލިއަން ޑޮލަރާ އަޅާ ބަލާއިރު، އެމްޓީޑީސީއަށް ބޮޑު ގެއްލުމެއް ލިބޭނެ މުއާމަލާތެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox