މަގުއްދުވާ ނުއަގުގައި ވިއްކާލަން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް އެމްޓީޑީސީގެ އެމްޑީގެ މަގާމަށް ހާރިސް އައްޔަނުކޮށްފި

އެމްޓީޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރި ހާރިސް

އެމްޓީޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރި ހާރިސް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ހާރިސް މުހައްމަދު އިއްޔެ އައްޔަންކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ހާރިސް، އެމްޓީޑީސީ އަށް އައްޔަންކުރައްވާފައި މިވަނީ، ސަރުކާރުން އެ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި ރިސޯޓު ހިންގަމުން އަންނަ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލަން ސަރުކާރުން ބޭނުންވެގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު މަގާމުން ވަކިކުރީ، މަގުއްދުވާގެ ހެޑްލީސް އައިޑެނިޒް ކުންފުންޏަށް ދޫކޮށްލުމުގެ މުއާމަލާތް ހިންގަން ދެކޮޅު ހެދުމުންނެވެ.

އަޔާޑާ ރިސޯޓު ހިންގާ މަގުއްދުވާގެ ހެޑްލީސް ނުައަގުގައި ވިއްކާލަން މަސައްކަތް ކުރަނީ

އެމްޓީޑީސީން ކުއްޔަށް ހިފާފައިވާ މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގާ ތުރުކީގެ އައިޑެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ފެންމަތިވެފަ. ނަމަވެސް، އެމްޓީޑީސީގެ މެނޭޖުމަންޓުން ވަނީ އެކަމާ ދެކޮޅު ހަދައި، ކުންފުންޏަށް އާމްދަނީ ލިބޭ މުހިންމު ރަށެއްގެ ހެޑްލީސް ދޫކޮށްނުލާނެ ކަމަށް ބުނެފަ.

މަގުއްދުވާއަކީ 2006 އިން ފެށިގެން 25 އަހަރުގެ މުއްދަތަކަށް އެމްޓީޑީސީއަށް ކުއްޔަށްދޫކޮށްފައިވާ ރަށެކެވެ. އެމްޓީޑީސީން އެ ރަށް އައިޑެނިޒް ކުންފުންޏަށް ސަބްލީސްކުރީ 2007 ގައެވެ. އަދި އެ ކުންފުނިން އެ ރަށް ފަސް ތަރީގެ ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓުކުރަން ފެށީ 2011 ގައެވެ.

އެމްޓީޑީސީ އާއި އައިޑެނިޒް ކުންފުންޏާ ދެމެދު ވެވިފައިވާ ސަބްލީސް އެއްބަސްވުމުގެ ދަށުން، ކޮންމެ ކުއާޓަރަކު 1.2 މިލިއަން ޑޮލަރު އެމްޓީޑީސީއަށް ލިބެއެވެ. ނަމަވެސް، 2031 ގެ ނިޔަލަށް އޮތް މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، މަގުއްދުވާގެ ހެޑްލީސް އެ ކުންފުނީގެ ނަން މައްޗަށް ބަދަލުކުރަން އައިޑެނިޒްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްޓީޑީސީގެ މެނޭޖުމަންޓުން ކުރިން އެކަމާ ދެކޮޅު ހެދީ، ހުޅުމާލޭގައި އޮފީސް އިމާރާތެއް އިމާރާތްކުރުމާއި ހދ. ނާގޮށި ތަރައްގީކުރުން ފަދަ ބޮޑެތި ކެޕިޓަލް އިންވެސްޓުމަންޓުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، ކުންފުންޏަށް އާމްދަނީ ވަންނަ މުހިންމު އިންވެސްޓްމަންޓެއް ދޫކޮށްލުމަކީ މާލީ ގޮތުން ގެއްލުން ބޮޑު ކަމަކަށް ވާތީ އެވެ.

ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، އެ ރަށުގެ ހެޑްލީސް ވިއްކާލަން އުޅެނީ އެންމެ 1.5 މިލިއަން ޑޮލަރަށެވެ. މިއީ އެމްޓީޑީސީއަށް ކުއާޓަރަކު ލިބޭ އާމްދަނީއާ އަޅާބަލާއިރު ބޮޑު ގެއްލުމެކެވެ.

އެމްޓީޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވި ހާރިސަކީ ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ.

އޭނާ ކުރިން އަދާކުރެއްވި އިސް މަގާމުތަކުގެ ތެރޭގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިންގ ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުކަން ހިމެނެއެވެ.

ހާރިސް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފަ އެވެ. އަދި އޭނާއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން އާއި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ފެލޯޝިޕް ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox