އަޔާޑާ ނުއަގުގައި ވިއްކާލުމުގެ ޑީލަށް މަގުފަހި ކުރަން އެމްޓީޑީސީގެ އިތުރު ހިއްސާ ވިއްކަނީ

Aug 17, 2026, 8:20 AM
އަޔާޑާ މޯލްޑިވްސް ހިންގާ ގދ. މަގުއްދުވާ

އަޔާޑާ މޯލްޑިވްސް ހިންގާ ގދ. މަގުއްދުވާ

އަޔާޑާ ރިސޯޓު ހިންގާ ގދ. މަގުއްދުވާގެ ހެޑްލީސް ނުއަގުގައި ވިއްކާލުމުގެ ޑީލަށް މަގުފަހި ކުރުމަށްޓަކައި މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިތުރު ހިއްސާ ވިއްކަން އެ ކުންފުނިން އިއްޔެ ނިންމައިފި އެވެ. 

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ ރައިޓްސް އިޝޫއަކަށް ގޮސް، ކުންފުނީގެ މިހާރުގެ ހިއްސާ ދާރުންނަށް އިތުރު ހިއްސާ އަގުހެޔޮކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާށެވެ. ކުންފުނީގެ ހިއްސާގެ އޮނިގަނޑަށް އެފަދަ ބޮޑު ބަދަލެއް ގެންނަން ފާސްވީ ބޯޑުގައި ތިއްބަވާ ނުވަ މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ ވޯޓުންނެވެ. 

ސަރުކާރުގެ އަތުގައި އޮންނަނީ އެމްޓީޑީސީގެ 47 ޕަސެންޓު ހިއްސާ އެވެ. ބާކީ 53 ޕަސެންޓު ހިއްސާއަކީ އާންމުންނަށް ވިއްކާފައިވާ ހިއްސާ އެވެ. ރައިޓްސް އިޝޫއަކަށް ގޮސް އިތުރު ހިއްސާ ވިއްކުމުން ސަރުކާރަށް މެޖޯރިޓީ ހިއްސާ ގަތުމުގެ ފުރުސަތެއް އޮވެދާނެ އެވެ. އިތުރު ކުރާ ހިއްސާ މިހާރުގެ ހިއްސާދާރުން ނުގަނެފި ނަމަ އެ ފުރުސަތު ދެން ލިބޭނީ ސަރުކާރަށެވެ. 

މަގުއްދުވާގެ ހެޑް ލީސް ހޯލްޑަރަކީ އެމްޓީޑީސީ އެވެ. ލީސްގެ މުއްދަތު ހަމަވާނީ 2031 އަށެވެ. އެމްޓީޑީސީ އިން އުޅެނީ ރަށުގެ ހެޑް ލީސް އަޔާޑާ ހިންގާ އަހްމެޓް އައިޑެނިޒް ކުންފުންޏަށް އެންމެ 1.5 މިލިއަން ޑޮލަރަށް ވިއްކާލާށެވެ. 

އެކަމަކު، އަޔާޑާ އާއި އެމްޓީޑީސީއާ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން، ބާކީ އޮތް މުއްދަތުގައި ކޮންމެ އަހަރަކު ހަތަރު މިލިއަނެއްހާ ޑޮލަރު ކުލީގެ ގޮތުގައި ދައްކަންޖެހެ އެވެ. އެހެންކަމުން ލީސް ވިއްކާލަން މި އުޅެނީ ކުންފުންޏަށް 20 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭ ގޮތަށެވެ. 

އެމްޓީޑީސީ 2006 ގައި އުފެއްދުމަށް ފަހު އެ ކުންފުނީގެ ހިއްސާއެއް ވިއްކީ 100ރ. މަގުންނެވެ. މިހާރު އެ ހިއްސާތަކުގެ މޫނުމަތީ އަގު އުޅެނީ 12ރ. އާއި 15ރ. އާ ދެމެދުގެ އަގެއްގަ އެވެ. މި ކުންފުންޏަކީ ގިނަ އަހަރުތަކެއް ވަންދެން ގެއްލުމުގައި ހިންގުމަށް ފަހު މި ފަހަކަށް އައިސް ފައިދާ ވާން ފެށި ކުންފުންޏެކެވެ. 

އެމްޓީޑީސީއަށް މި ވަގުތު އާމްދަނީ ލިބޭ ޕްރޮޕަޓީތަކުގެ ތެރޭގައި ހިމެނެނީ މަގުއްދުވާގެ އިތުރުން އަނަންތާރާ ކިހަވައް ވިލާސް ހިނގާ ބ. ކިހަވައް ހުރަވަޅި އެވެ. އެ ކުންފުނިން މި ވަގުތު ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި  ބީއެމްއެލްއިން ލޯނެއް ނަގައިގެން ހދ. ނާގޮއްޓާއި، ހުޅުމާލޭގައި ތަރަައްގީކުރަމުން އަންނަ އޮފީސް އިމާރާތް ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox