މަގުއްދުވާ ވިއްކާލަން ނޫޅޭ ކަމަށް އެމްޓީޑީސީން ބުނެފި

އަޔާޑާ ރިސޯޓު ހިންގަމުން އަންނަ ގދ. މަގުއްދުވާ: މި ރަށް ތަރައްގީކުރީ ތުރުކީ ކުންފުނިން --- ފޮޓޯ: އަޔާޑާ މޯލްޑިވްސް

އަޔާޑާ ރިސޯޓު ހިންގަމުން އަންނަ ގދ. މަގުއްދުވާ: މި ރަށް ތަރައްގީކުރީ ތުރުކީ ކުންފުނިން --- ފޮޓޯ: އަޔާޑާ މޯލްޑިވްސް

ރިސޯޓުތައް ތަރައްގީކުރަން އުފައްދާފައިވާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ދަށުގައި ހުރި އެއްވެސް ރަށެއް ވިއްކާލަން ނުޅާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. 

އެމްޓީޑީސީން ނެރުނު ބަޔާނެއްގައި މިހެން ބުނީ އެ ކުންފުނީގެ ދަށުގައި އޮންނަ ގދ. މަގުއްދުވާގެ ހެޑްލީސް ވިއްކާލަން އުޅޭ ކަމަށް މި ނޫސް ހިމެނޭހެން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ހަބަރުތައް ދޮގުކުރަމުންނެވެ. 

އެމްޓީޑީސީން ބުނާ ގޮތުގައި މަގުއްދުވާގެ އިތުރުން އެ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައިވާ ހދ. ނާގޮށި އަދި ބ. ކިހަވައްހުރަވަޅި ހިމެނޭހެން، ތިން ރަށުގެ ހެޑްލީސް ނުަވަތަ ހެޑްލީސްއާ ވިއްކާލަން އެ ކުންފުނިން ނުނިންމަ އެވެ. އަދި އެފަދަ ކަމަކާ ގުޅޭ އެއްވެސް މަޝްވަރާއެއް ވެސް ނުހިނގާ ކަމުގެ ޔަގީންކަން އެ ކުންފުނިން ދިނެވެ. 

މި މައްސަލައިގައި އެމްޓީޑީސީން ވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ލިސްޓިން ރޫލްސްގައި ބަޔާންކުރާ ފަދައިން ހާމަ ކުރަން ޖެހޭ، އެންމެހާ މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ބުނެފަ އެވެ. އަދި އެ ކުންފުނިން ހިންގާ ޕްރޮޖެކްޓުތަކާއި، މުއާމަލާތްތަކާ ގުޅޭ ގޮތުން އެ ކުންފުނިން ރަސްމީކޮށް ހާމަކުރާ ކަންކަމަށް ބަރޯސާވާން ވެސް ބަޔާނުގައި ބުންޏެވެ. 

މަގުއްދުވާއަކީ 2006 އިން ފެށިގެން 25 އަހަރުގެ މުއްދަތަކަށް އެމްޑީޓީސީއަށް ކުއްޔަށްދޫކޮށްފައިވާ ރަށެކެވެ. އެ ކުންފުނިން އޮންނަނީ މި ރަށް ތުރުކީގެ އަހުމެޓް އައިޑެނިޒް ކުންފުންޏަށް ސަބްލީސްކޮށްފަ އެވެ.

އައިޑެނިޒް ކުންފުނިން މި ރަށް ފަސް ތަރީގެ ފެންވަރުގައި ތަރައްގީކޮށް "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި އޮޕަރޭޓުކުރަން ފެށީ 2011 ގައި އެވެ.

އެމްޑީޓީސީ އާއި އައިޑެނިޒް ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ ސަބްލީސް އެއްބަސްވުމުގެ ދަށުން ރިސޯޓުގެ ސަބްލީސް ކުއްޔަކީ ސޮއިކުރާއިރުން ފެށިގެން ބޮޑުވަމުން ގޮސް،  ކޮންމެ ކުއާޓަރެއްގައި 1.2 މިލިއަން ޑޮލަރެވެ. 

މި ސަބްލީސް އެއްބަސްވުމުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ ހެޑްލިސް އެއްބަސްވުން ހަމަވާ 2031 ގައި އެވެ. ނަމަވެސް މި ރިސޯޓު ހިންގާ ތުރުކީ ކުންފުނިން ބޭނުންވީ އެ ތާރީހުގެ ކުރިން ހެޑްލީސް އެ ކުންފުނީގެ ނަންމައްޗަށް ބަދަލުކުރާށެވެ. 

މަގުއްދުވާގެ ހެޑްލީސް ވިއްކާލަން އުޅޭ ކަމަށް އަދަދު ނޫހުން ޖެހި  ހަބަރުގައި ވެސް ރިޕޯޓުކުރީ، އެމްޓީޑީސީގެ މެނޭޖުމަންޓުން މިކަމާ ދެކޮޅު ހަދާ، ރަށުގެ ހެޑްލީސް ވިއްކާނުލާނެ ބުނެފައިވާ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox