ކާއިނާތުގެ ސިއްރުތައް ހޯދުމަށް ނާސާގެ "ރޯމަން" ޓެލެސްކޯޕް ފޮނުވައިފި

Sep 1, 2026, 6:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޑާކް މެޓާ އާއި، ބްލެކް ހޯލްތަކުގެ އިތުރުން ކާއިނާތުގެ އެހެނިހެން ސިއްރުތައް ހޯދުމުގެ މިޝަނެއްގައި، ނާސާގެ ވަރުގަދަ އާ ޓެލެސްކޯޕް ފްލޮރިޑާގައި ހުންނަ ލޯންޗްޕެޑުން ޖައްވަށް ފޮނުވައިފި އެވެ.

ނާސާއިން ބުނާ ގޮތުގައި "ނޭންސީ ގްރޭސް ރޯމަން" ޓެލެސްކޯޕުން ފަޒާގެ ފުޅާ މަންޒަރުތައް ފެންނާނެ އެވެ. މި ޓެލެސްކޯޕްގެ "ފީލްޑް އޮފް ވިޝަން"، ހަބްލް އަދި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕަށް ވުރެ 100 ގުނަ ބޮޑެވެ.

މި މިޝަން ފެށެނީ ދުނިޔެއާ ގާތްގަނޑަކަށް އެއް މިލިއަން މޭލު ދުރުގައިވާ ހިސާބަކަށް ދިއުމަށް ކުރާ 100 ދުވަހުގެ ދަތުރަކުންނެވެ. އެ ހިސާބަށް ދިއުމަށްފަހު، އިރުގެ ނިޒާމުން ބޭރުގައިވާ ޕްލެނެޓްތައް ނުވަތަ "އެކްސޯޕްލެނެޓްސް" ތަކުގެ މައުލޫމާތު އެއްކުރަން މި ޓެލެސްކޯޕުން ފަށާނެ އެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރެއް ކަމަށްވާ ނިކީ ފޮކްސް ވިދާޅުވީ، ރޯމަން ޓެލެސްކޯޕުގެ ސަބަބުން ކާއިނާތާ މެދު އަޅުގަނޑުމެން ދެކޭ ގޮތް ބަދަލުވެގެންދާނެ ކަމަށެވެ.

އުދުއްސާލިތާ ގާތްގަނޑަކަށް 30 މިނެޓް ފަހުން، ރޯމަން ޓެލެސްކޯޕް ވަނީ އޭގެ ސްޕޭސް އެކްސް ރޮކެޓާ ވަކިވެފައެވެ. މިހާރު އެ ޓެލެސްކޯޕް ދަތުރުކުރަމުންދަނީ ދުނިޔެއާ އެއް މިލިއަން މޭލު ދުރުގައިވާ އޭގެ އޯބިޓިން ޕޮއިންޓަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ޕްރޮޖެކްޓްގައި މަސައްކަތްކުރާ ސައިންސްވެރިންނަށް މަރުހަބާ ދެންނެވުމަށް ނާސާގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނުން ގުޅުއްވާފަ އެވެ.

ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް ވެސް ދުނިޔެއާ އެއް މިލިއަން މޭލު ދުރުގައި އިރު ވަށައިގެން ބުރުޖަހަމުންދާއިރު، އޭގެ ފެންނަ ދާއިރާ ރޯމަން ޓެލެސްކޯޕާ އަޅާބަލާއިރު ކުޑަ އެވެ. އަދި 1990 ވަނަ އަހަރު ފޮނުވި ހަބްލް ސްޕޭސް ޓެލެސްކޯޕް ދަތުރުކުރަނީ ދުނިޔޭގެ ބިމުން ފެށިގެން ގާތްގަނޑަކަށް 300 މޭލު މަތީގަ އެވެ.

ރޯމަން ޓެލެސްކޯޕުން ކާއިނާތުގެ ދުރު ހިސާބުތައް ބަލަމުންދާއިރު، އަޅުގަނޑުމެންގެ އަމިއްލަ ގެލެކްސީގެ ތެރެއިން ވެސް އެތައް ހާސް އައު ދުނިޔެތަކެއް ފެންނާނެ ކަމަށް ސައިންސްވެރިން އުންމީދުކުރެ އެވެ.

މި ޓެލެސްކޯޕަށް ނަން ދީފައިވަނީ 1960 ގެ އަހަރުތަކުގައި ނާސާގެ ފުރަތަމަ ޗީފް އެސްޓްރޮނޮމާ އަދި އެ އިދާރާގެ ފުރަތަމަ އަންހެން އެގްޒެކެޓިވް، ފިޒިސިސްޓް ނޭންސީ ގްރޭސް ރޯމަންގެ ނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox