ޓްރަމްޕްގެ ސިފަޔަށް ހަދާފައިވާ ނުރައްކާތެރި ޑްރަގެއް ދައުރުވާތީ ނެދަލެންޑްސްގައި ރަތް އެލާޓް

Aug 31, 2026, 7:01 AM
ފޮޓޯ: ޓްރިމްބޯސް އިންސްޓިޓިއުޓް

ފޮޓޯ: ޓްރިމްބޯސް އިންސްޓިޓިއުޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިފަޔަށް ހަދާފައިވާ، ފުރާނައަށް ނުރައްކާވެދާނެ ފަދަ "އެކްސްޓަސީ" ގުޅަތަކެއް ދައުރުވަމުންދާތީ، ނެދަލޭންޑްސްގައި ރަތް އެލާޓެއް ނެރެފި އެވެ.

ޔޫޓްރެކްޓްގައި ހުންނަ ޓްރިމްބޯސް އިންސްޓިޓިއުޓުން ބުނި ގޮތުގައި، މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އެކި ޓެސްޓިން ސެންޓަރުތަކަށް މިފަދަ ބައެއް ގުޅަތައް ލިބިފައިވެ އެވެ. އެ ތަކެތި ތަހުލީލު ކުރިއިރު، އޭގައި "ޕީއެމްއެމްއޭ" ކިޔާ ކެމިކަލެއް ވަރަށް މަތީ މިންވަރަކަށް ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.

އެ އިންސްޓިޓިއުޓުން ނެރުނު އިންޒާރުގައި، އެއްވެސް ހާލެއްގައި މި ގުޅަ ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ބޭހުގެ ސަބަބުން ހަށިގަނޑު މާބޮޑަށް ހޫނުވެ، ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ވެސް އެ މަރުކަޒުން އިންޒާރު ދީފައިވެ އެވެ.

އެ މަރުކަޒުން ވަނީ އެ ގުޅަތަކުގެ ފޮޓޯތައް ވެސް އާންމުކޮށްފަ އެވެ. އެ ގުޅަތަކުގެ އެއްފަރާތުގައި ޑޮނަލްޑް ޓްރަމްޕްގެ މޫނު ކުރަހާފައިވާއިރު، އަނެއް ފަރާތުގައި ޖަހާފައިވަނީ "Trump" އަދި "NL" މި ދެ ލަފުޒެވެ.

ޕީއެމްއެމްއޭ ނުވަތަ "ޕެރާ-މެތޮކްސީމެތަމްފެޓަމިން" އަކީ އާންމުކޮށް އެކްސްޓަސީ ގުޅަތަކުގައި ހުންނަ މާއްދާއެއް ކަމަށްވާ "އެމްޑީއެމްއޭ" އާ އެއްގޮތް ސިފަތަކެއް ހުންނަ މާއްދާއެކެވެ.

ނަމަވެސް، މި މާއްދާގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރު ފެންނަން ގިނަ ވަގުތު ނަގާ ކަމަށާއި، އަދި ހަށިގަނޑު ހީވާގިކޮށްދޭ އަސަރު ގިނަ ފަހަރަށް ނުފެންނަ ކަމަށް އެ ސިއްހީ މަރުކަޒުން ބުންޏެވެ. މީގެ ސަބަބުން، ބޭނުންކުރާ މީހާއަށް އަސަރު ނުކުރާ ކަމަށް ހީވެ، އިތުރަށް ބޭނުންކުރެވި "އޯވަޑޯޒް" ވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ގުޅަ ބޭނުންކުރާ މީހުންނަށް، ބޭނުންކުރާ ފަހުން އެތައް ގަޑިއިރެއް ފަހުން މޭނުބައިކުރުމާއި، ހިތުގެ ވިންދު އަވަސްވުމާއި، އަދި ފިޓުޖެހުން ފަދަ އަލާމާތްތައް ފެނިދާނެ ކަމަށް އިންޒާރު ދީފައިވެ އެވެ.

ޓްރިމްބޯސް އިންސްޓިޓިއުޓްގެ ތަރުޖަމާނު އެނީކް ގްރޫތުހުއިސް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް މި ގުޅަ ބޭނުންކޮށްގެން އެއްވެސް މީހަކު މަރުވި ކަމުގެ ނުވަތަ ސީރިއަސް ހާލަތެއް ކުރިމަތިވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.

ނެދަލެންޑްސްގައި އެކްސްޓަސީ އުފެއްދުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ނަމަވެސް، އެ ގައުމުގެ ސަރުކާރުން 2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މިއީ އަދިވެސް ޕާޓީތަކުގައި ވަރަށް މަގުބޫލު މަސްތުވާއެއްޗެއް ކަމަށެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، 2022 ވަނަ އަހަރު ރެކޯޑް އަދަދަކަށް، 550،000 މީހުން މަދުވެގެން އެއްފަހަރު އެކްސްޓަސީ ބޭނުންކޮށްފައިވެ އެވެ.

ޑޮނަލްޑް ޓްރަމްޕްގެ ސިފަޔަށް އެކްސްޓަސީ ގުޅަ ތައްޔާރުކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

އެގޮތުން 2017 ވަނަ އަހަރު ޖަރުމަނުގެ ފުލުހުން ވަނީ އެމެރިކާގެ ރައީސް ސިފަވާ ގޮތަށް ހަދާފައިވާ، އޮރެންޖު ކުލައިގެ ގާތްގަނޑަކަށް 5،000 އެކްސްޓަސީ ގުޅަ އަތުލައިގެންފަ އެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި އެ ތަކެތި އިންޓަނެޓުގައި އިޝްތިހާރުކޮށްފައިވަނީ "ޓްރަމްޕް މޭކްސް ޕާޓީއިންގް ގްރޭޓް އެގެއިން" މި ޝިއާރުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox