ފްލޮރިޑާ

5 ލިޔުން

ފަހުގެ

އެމެރިކާއިން ހޯދަމުން ދިޔަ މީހަކު ޕާކިސްތާނުން ހައްޔަރުކޮށްފިދުނިޔެ

އެމެރިކާއިން ހޯދަމުން ދިޔަ މީހަކު ޕާކިސްތާނުން ހައްޔަރުކޮށްފި

އޮޅުވާލައިގެން ވަގު ސްޓޭމްޕާއި ލޭބަލް ވިއްކައިގެން އެމެރިކާގެ ޕޯސްޓަލް ސާވިސްއަށް 126 މިލިއަން ޑޮލަރުގެ ގެއްލުންދިން ޕާކިސްތާނު މީހަކު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފިއެވެ. ފަހީމް އަކްރަމް ނަމަކަށް ކިޔާ މި މީހާ ވެބްސައިޓެއް މެދުވެރިކޮށް ފަސް މިލިއަނަށް ވުރެ ގިނަ ވަގު ލޭބަލް ވިއްކާފައިވާތީ، އެމެރިކާގެ ކޯޓަކުން މިދިޔަ މަހު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭނާ ހޯދުމަށް އެހީތެރިވާ ފަރާތަކަށް އެމެރިކާއިން ބޮޑު އިނާމެއް ހުށަހަޅާފައިވާއިރު، މިހާރު ވަނީ އޭނާ ހިންގި ވެބްސައިޓް ބަންދުކޮށްފައެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފިލުއިއަދަދު

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.