ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުން ޑީޕޯޓްކުރުމާ ދެކޮޅަށް އެމެރިކާގައި ހުކުމެއް

Aug 29, 2026, 10:23 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދައްކާ އަދި އިސްރާއީލަށް ފާޑުކިޔާ ބޭރު ގައުމުތަކުގެ ކިޔަވާކުދިންގެ ވިސާ ކެންސަލްކޮށް، އެ ކުދިން ޑީޕޯޓްކޮށްލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭނުންކުރި ގާނޫނުތަކަކީ ގާނޫނުއަސާސީއާ ހިލާފު ގާނޫނުތަކެއް ކަމަށް އެމެރިކާގެ ފަނޑިޔާރަކު ހުކުރު ދުވަހު ކަނޑައަޅުއްވައިފި އެވެ.

ކެލިފޯނިއާގެ ސެން ހޯޒޭގެ ޔޫއެސް ޑިސްޓްރިކްޓް ފަނޑިޔާރު ނޮއެލް ވައިޒް ނެރުއްވި ހުކުމެއްގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ފެޑަރަލް އިމިގްރޭޝަން ގާނޫނުގެ މާއްދާތައް ބޭނުންކޮށްގެން، ސަރުކާރުން ހުއްޓުވަން ބޭނުންވާ ފިކުރުތައް ފާޅުކުރާ ބޭރު ގައުމުތަކުގެ މީހުން ޑީޕޯޓްކޮށްލުމަށް އަމާޒުކޮށްފައިވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރެއްވި އެވެ.

ފަނޑިޔާރު ވިދާޅުވީ، ސަރުކާރަށާއި ސަރުކާރުގެ ވެރިންނަށް ފާޑުކިޔުމުގެ މިނިވަންކަން ހިމެނޭ ގޮތަށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމުގެ ވަރުގަދަކަން ހާމަކޮށްދޭ ހެއްކެއް ކަމަށެވެ.

Advertisement

"އަޅުގަނޑުމެންގެ މުޖުތަމައުގެ މެންބަރުން، އެއީ ރައްޔިތުން ކަމުގައި ވިޔަސް ނުވަތަ ބޭރު ގައުމުތަކުގެ މީހުން ކަމުގައި ވިޔަސް، ސަރުކާރުގެ ބަދަލުހިފުމަކަށް ބިރުން އަމިއްލައަށް ހިޔާލުފާޅުކުރުން ހުއްޓާލައި، ސަރުކާރުން ބޭނުންވާ ގޮތަށް 'އުޅެން' މަޖުބޫރުވުމަކީ އެ ވަރުގަދަކަން ކުޑަވެގެންދާ ކަމެއް،" ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވައިޒްގެ ހުކުމް ބިނާކޮށްފައިވަނީ 2025 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ޓްރަމްޕްގެ ސަރުކާރުން، ޔުނިވާސިޓީތަކުގައި ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލާ ބޭރުގެ ދަރިވަރުންގެ ވިސާ ކެންސަލްކޮށް ބަންދުކުރަން ފެށި ގޮތުގެ މައްޗަށެވެ. މި ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ހައްޔަރުކުރީ ކޮލަމްބިއާ ޔުނިވާސިޓީގެ ގްރެޖުއޭޓް ދަރިވަރު މަހްމޫދު ހަލީލް އެވެ. އޭނާ ވަނީ ޑީޕޯޓްކޮށްލުން ހުއްޓުވުމަށް ވަކިން ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

މި ހައްޔަރުކުރުންތަކާ ގުޅިގެން 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ސްޓެންފޯޑް ޔުނިވާސިޓީގެ ދަރިވަރުންގެ ނޫސް "ދަ ސްޓެންފޯޑް ޑެއިލީ" އިން ވަނީ ދައުވާ އުފުލާފަ އެވެ. އެ ނޫހުން ތުހުމަތުކުރި ގޮތުގައި، ސްޓޫޑަންޓް ވިސާގައި ތިބި އެ ނޫހުގެ ބައެއް ލިޔުންތެރިން، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ފަލަސްތީނަށް ތާއީދުކޮށް ދަރިވަރުން ކުރާ މުޒާހަރާތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅޭ ހަބަރުތައް ކަވަރުކުރުމުން ވަނީ ދުރުހެލިވެފަ އެވެ.

ނޫހުގެ ވަކީލުން ބަހުސްކުރި ގޮތުގައި، ދަރިވަރުންގެ ވިސާ ކެންސަލްކޮށް ޑީޕޯޓްކުރުމުގެ މަރުހަލާ ފެށުމަށް ސަރުކާރުން ބޭނުންކުރި "އިމިގްރޭޝަން އެންޑް ނޭޝަނަލިޓީ އެކްޓް" ގެ ދެ މާއްދާއަކީ، ގާނޫނުއަސާސީން ހިމާޔަތްކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ފުރަތަމަ އަދި ފަސްވަނަ އިސްލާހާ ހިލާފު މާއްދާތަކެކެވެ.

އެ ގާނޫނުތަކުގެ ދަށުން، މީހެއްގެ އަމަލަކީ ބޭރު ގައުމުތަކާ ގުޅޭ ސިޔާސަތަކަށް ނުރައްކާވާ ކަމެއް ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަމިއްލައަށް ނިންމަވައިފި ނަމަ، ބޭރު ގައުމެއްގެ މީހަކު ޑީޕޯޓްކޮށްލުމުގެ ބާރު ލިބިދެ އެވެ. އަދި އޭނާ ބޭނުންވެއްޖެ ހިނދެއްގައި މީހެއްގެ ވިސާ ބާތިލްކުރުމުގެ އިހުތިޔާރު ވެސް އެ ގާނޫނުން ލިބިދެ އެވެ.

ފަނޑިޔާރު ވައިޒް ނޫހުގެ ދައުވާއަށް ތާއީދުކުރައްވަމުން ވިދާޅުވީ، ބޭރު ގައުމެއްގެ މީހަކު ފާޅުކުރާ ހިޔާލެއްގެ ސަބަބުން ވިސާ ކެންސަލްކޮށް ޑީޕޯޓްކުރަން ނިންމުމަކީ، އެ މީހަކު ގެންގުޅޭ ފިކުރަކަށް ނުވަތަ ދައްކާ ވާހަކައަކަށް ބަލައި ސަރުކާރުން އެ މީހަކާ މެދު ތަފާތުކުރުން ގެންގުޅުން ކަމަށެވެ.

މި ހުކުމަކީ މިދިޔަ އަހަރު ބޮސްޓަންގެ ޔޫއެސް ޑިސްޓްރިކްޓް ފަނޑިޔާރު ވިލިއަމް ޔަންގް ނެރުއްވި ހުކުމާ އެއްގޮތް ހުކުމެކެވެ. ފަނޑިޔާރު ޔަންގް ވެސް ވަނީ ފަލަސްތީނަށް ތާއީދުކުރާ ބޭރުގެ ދަރިވަރުންނާއި ޕްރޮފެސަރުންގެ ވިސާ ކެންސަލްކޮށް، ހައްޔަރުކޮށް އަދި ޑީޕޯޓްކުރުމުގެ ސިޔާސަތަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ނިންމަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox