ޓްރަމްޕް ހުށަހަޅުއްވާ ސައުދީ ނިއުކްލިއާ އެއްބަސްވުމުގެ ޝަރުތަކީ އިޒްރޭލާ ގުޅުން ގާއިމްކުުރުން

Aug 26, 2026, 1:27 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިސްރާއީލާއެކު ސައުދީ އަރަބިއްޔާއިން ގުޅުން ގާއިމުނުކުރާހާ ހިނދަކު އަމަލީ ސިފައެއް ނާންނާނެ ކަމަށް ޝަރުތުކޮށް، މަދަނީ ނިއުކްލިއާ ހަކަތައިގެ އެއްބަސްވުމެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުގެ ކޮންގްރެސްއަށް ހުށަހަޅުއްވައިފި އެވެ.

ނަން ހާމަނުކުރުމަށް އެދި އެ އޮފިޝަލް ރޮއިޓާޒް ނޫހަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ ކުންފުނިތަކަށް ސައުދީ އަރަބިއްޔާއަށް މަދަނީ ނިއުކްލިއާ ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުމުގެ ހުއްދަ ލިބޭ މި އެއްބަސްވުމަކީ މިދިޔަ ޖުލައި މަހު އެކުލަވާލި އެއްބަސްވުމެކެވެ. އަދި މި އެއްބަސްވުން ކޮންގްރެސްއަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

މިކަމާ ގުޅޭގޮތުން ވޮޝިންޓަންގައި ހުންނަ ސައުދީ އެމްބަސީއިން ވަކި އެއްޗެއް ނުބުނެ އެވެ.

މި އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް ކޮންގްރެސްއަށް 90 ދުވަހުގެ މުއްދަތެއް ލިބޭއިރު، މި އެއްބަސްވުން ކޮންގްރެސްއަށް ހުށަހެޅުއްވުމުން ޓްރަމްޕް ބޭނުންފުޅުވާ މަގްސަދުތައް ހާސިލުވާނީ ކިހިނެއްކަން އަދި ސާފެއް ނުވެ އެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ފޮނުއްވި އީމެއިލެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާއިން "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވެގެން ނޫނީ މި އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ގެންގުޅުއްވާ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. "އަބްރަހަމް އެކޯޑްސް" އަކީ އިސްރާއީލާއި އަރަބި އަދި މުސްލިމް ގައުމުތަކާ ދެމެދު ގުޅުން ގާއިމުކުރުމަށް އެމެރިކާ މެދުވެރިވެގެން ވެފައިވާ އެއްބަސްވުންތަކެކެވެ.

މި އެއްބަސްވުންތަކަކީ 2020 އަދި 2021 ވަނަ އަހަރު އިސްރާއީލާއެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަހްރޭން، މޮރޮކޯ އަދި ސޫދާނުން ސޮއިކުރި އެއްބަސްވުންތަކެކެވެ.

މިދިޔަ ޖުލައި މަހު ސައުދީ ނިއުކްލިއާ އެއްބަސްވުން އެކުލަވާލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޓްރަމްޕް ވަނީ، އެ އެއްބަސްވުން ތަންފީޒު ކުރުމުގެ ޝަރުތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުން ކަމަށް ކަނޑައަޅުއްވާފަ އެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރެއްވި އެވެ.

ކުރީގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ނިއުކްލިއާ އެއްބަސްވުމެއް އެކުލަވާލުމަށް ބާރުއަޅުއްވައި، އެކަން އަބްރަހަމް އެކޯޑްސްއާ ގުޅުވަން މަސައްކަތް ކުރައްވާފަ އެވެ. ޑިޕްލޮމޭޓުން ގަބޫލުކުރި ގޮތުގައި 2023 ވަނަ އަހަރު ސައުދީން އިސްރާއީލާއެކު ގުޅުން ގާއިމުކުރުމާ ވަރަށް ގާތަށް ދިޔަ ނަމަވެސް، އޮކްޓޯބަރު 2023 ގައި އިސްރާއީލުން ގާޒާއަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އެ މަޝްވަރާތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

ސައުދީ އަރަބިއްޔާއިން ބުނަމުންދަނީ އިސްރާއީލު ބަލައިގަނެވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށްޓަކައި ސާފު މަގެއް ފެންނަން އޮތުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox