ނާސާ

12 ލިޔުން

ފަހުގެ

މާސްގައި ފެން ހުރިކަމުގެ ހެކިދޭ، 4.1 ބިލިއަން އަހަރުވީ ހިލައެއްސައިންސު

މާސްގައި ފެން ހުރިކަމުގެ ހެކިދޭ، 4.1 ބިލިއަން އަހަރުވީ ހިލައެއް

މާލީގެ ސަހަރާއިން ފެނުނު 4.1 ބިލިއަން އަހަރުވީ "ޓެގާޒާ 001" މީޓިއޮރައިޓަކީ، މާސްގެ ބޭރު ފަށަލައިގައި ދިޔާ ފެން ހުރިކަމާއި އެ ޕްލެނެޓުގައި ދިރޭ އެއްޗެހި އުޅެވޭ ފަދަ މާހައުލެއް އޮތްކަން ސާބިތުކޮށްދޭ މުހިންމު ހެކިތަކެއް ފެނިފައިވާ ހިލައެކެވެ. މި ހިލައިގެ ކެމިކަލް އޮނިގަނޑުން އެނގޭ ގޮތުގައި، މާސްއަކީ ކުރީގެ ތާރީޚުގައި މިހާރަށްވުރެ ހޫނު އަދި ތެތްކަން ހުރި ތަނެއްކަން މި ހޯދުމުން ކަށަވަރުވެގެންދެއެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީދުނިޔެ

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.