ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެތައް ބިދޭސީންނެއްގެ ޕްރޮފެޝަނަލް ސްޓޭޓަސް ގެއްލުވާލައިފި

Aug 29, 2026, 8:10 PM
ދިވެހިރާއްޖޭގެ ހޮސްޕިޓަލެއްގައި ބަޔަކު މަސައްކަތް ކުރަނީ: ޔޫނިއަނުން ބުނަނީ އެ ބަދަލުގެ ސަބަބުން އެތައް އާއިލާއަކަށް ގެއްލުންވެއްޖެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖޭގެ ހޮސްޕިޓަލެއްގައި ބަޔަކު މަސައްކަތް ކުރަނީ: ޔޫނިއަނުން ބުނަނީ އެ ބަދަލުގެ ސަބަބުން އެތައް އާއިލާއަކަށް ގެއްލުންވެއްޖެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ބިދޭސީ މަސައްކަތްތެރިން ކެޓަގަރައިޒް ކޮށްފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައުމުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ވަރަށް ގިނަ ބިދޭސީންގެ "ޕްރޮފެޝަނަލް" ސްޓޭޓަސް ގެއްލިއްޖެ އެވެ. 

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ދެ ކެޓަގަރީއަކަށް ހޯމް މިނިސްޓްރީ އިން ބަހަ އެވެ. އެއީ ޕްރޮފެޝަނަލް އަދި ނޮން-ޕްރޮފެޝަނަލް ކެޓަގަރީ އެވެ. ޕްރޮފެޝަނަލް ކެޓަގަރީގައި މަސައްކަތް ކުރަން އަންނަ ބިދޭސީންނަށް، ޑިޕެންޑެންޓް ވިސާ ލިބުމުގެ އިތުރުން ރެމިޓެންސް ފޮނުވޭ މިންވަރު ވެސް އިތުރެވެ. 

"އެކްސްޕަޓް ސިސްޓަމް އޮކިއުޕޭޝަން ކެޓަގަރައިޒޭޝަން" އަށް ގެނައި ބަދަލުގެ ސަބަބުން މެޑިކަލް ދާއިރާގައި މަސައްކަތް ކުރާ ޓެކްނީޝަނުން ވަނީ ޕްރޮފެޝަނަލް ކެޓަގަރީއިން ބޭރުވެފަ އެވެ. އެ ބަދަލުގެ ސަބަބުން ބިދޭސީ ސިއްހީ މަސައްކަތްތެރިންނަށް ނުހަނު ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ބުނެ އެވެ، 

"ވަރަށް ގިނަ މަސައްކަތްތެރިންނަކީ އެމީހުންގެ ހަޔާތް ރާއްޖޭގައި ބިނާކޮށްފައިވާ މީހުން. އެމީހުންގެ އަނބިން އުޅެނީ ރާއްޖޭގައި އަދި ދަރިން ކިޔަވަން ދަނީ ރާއްޖޭގެ ސްކޫލްތަކަށް. ޑިޕެންޑެންޓް ވިސާ ނުލިބުމުގެ ސަބަބުން އާއިލާތައް ވަކިވެ، ދަރިން ގައުމުން ފޮނުވާލަންޖެހިއްޖެ،" އެ ޔޫނިއަނުން ބުންޏެވެ. 

އޭގެ ސަބަބުން، ބިދޭސީ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖެއަށް ވެސް ގެއްލުންތަކެއް ލިބޭނެ ކަމަށް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ބުންޏެވެ. 

"މި ބަދަލުގެ ސަބަބުން މަސައްކަތްތެރިން ރާއްޖޭގައި ހިފެހެއްޓުމާއި ހުއްޓުމެއް ނެތި ހިދުމަތްތައް ދިނުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ،" އެ ޔޫނިއަނުން ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox