ސިއްހީ ދާއިރާގެ މަސައްކަތް ކުރާ ބިދޭސީންނަށް ނުރަނގަޅު ބަދަލެއް
ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ދެ ކެޓަގަރީއަކަށް ހޯމް މިނިސްޓްރީ އިން ބަހަ އެވެ. އެއީ ޕްރޮފެޝަނަލް އަދި ނޮން-ޕްރޮފެޝަނަލް ކެޓަގަރީ އެވެ. ޕްރޮފެޝަނަލް ކެޓަގަރީގައި މަސައްކަތް ކުރަން އަންނަ ބިދޭސީންނަށް، ޑިޕެންޑެންޓް ވިސާ ލިބުމުގެ އިތުރުން ރެމިޓެންސް ފޮނުވޭ މިންވަރު ވެސް އިތުރެވެ.