ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

Aug 26, 2026, 11:09 AM
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް: ސީރިއާއަކީ ރާއްޖެއިން ކަނޑައަޅާފައިވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެއް -- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް: ސީރިއާއަކީ ރާއްޖެއިން ކަނޑައަޅާފައިވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެއް -- ފޮޓޯ: ރައީސް އޮފީސް

ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް އެމެރިކާއިން ބުނާ ދައުލަތްތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން ދިވެހިރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފި އެވެ. 

ދިވެހި ހާރިޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އޭގެ ސަބަބުން ސީރިއާ އާރާސްތުކުރަން މަގުފަހިވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. 

ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުގައި އެމެރިކާއިން ސީރިއާ ހިމެނީ 1970 ގެ ފަހުކޮޅެވެ. އެއިރު ސީރިއާގައި ވެރިކަން ކުރެއްވީ ހާފިޒް އަލް-އައްސަދު އެވެ. އެ ލިސްޓުގައި ސީރިއާ ހިމެނީ ފަލަސްތީނުގައި ޖިހާދު ކުރާ މުސްލިމުންނަށް ވާގިވެރިވާކަމުގެ ތުހުމަތުގަ އެވެ. 

ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން އެ ގައުމުގެ ރައީސް އަހުމަދު އަލް-ޝަރާ ވަނީ އެ ގައުމުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ، ގައުމު އާރާސްކުރުމުގެ މަސައްކަތް މީގެ ފަހުން ބާރަށް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އަލް-ޝަރާގެ ނުސްރާ ޖަމާއަތުން ސީރިއާގެ ޑިކްޓޭޓަރު ބަޝަރު އަލް-އައްސަދުގެ ވެރިކަން ވައްޓާލައި އާ ސަރުކާރެއް އެކުލަވައިލީ ޑިސެމްބަރު، 2024، ގަ އެވެ. އެއާއެކު ސީރިއާގައި ކުރިއަށްދިޔަ ދާހިލީ ހަނގުރާމަ 14 އަހަރަށްފަހު ވަނީ ނިމުމަކަށް އައިސްފަ އެވެ. 

ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާފައިވާ ގައުމެކެވެ. އަދި ރައީސް އަލް-ޝަރާގެ ނުސްރާއަކީ ޓެރަރިސްޓު ޖަމާއެއްތެ ގޮތުގައި ވެސް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. 

ހަނގުރާމަވެރި ސަރަހައްދުތަކާއި ޖަމާއަތްތައް ކަނޑައަޅާ ލިސްޓުން ރާއްޖެއިން އެންމެ ފަހުން އަދާހަމަކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިން ޑިސެމްބަރު، 2024، ގަ އެވެ. އެއިރު ސީރިއާގެ ދާހިލީ ހަނގުރާމަ ހަމަ ނިމުނީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox