މަޝްވަރާއަށް ފުރުސަތު އޮތް ކަމަށް ވިދާޅުވެ، ބޭރު ފައިސާގެ މައްސަލައިގައި އަޅަމުންދާ ފިޔަވަޅުތައް މުއިއްޒު ދިފާއު ކުރައްވައިފި

Aug 26, 2026, 11:02 PM
ރައީސް މުއިއްޒު މިރޭގެ ޕްރޮގްރާމުގައި: މަޝްވަރާ ކުރައްވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އަމަލު ކުރެއްވީ ލިބިވަޑައިގެންނެވި ލަފާތަކާ ހިލާފަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިރޭގެ ޕްރޮގްރާމުގައި: މަޝްވަރާ ކުރައްވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އަމަލު ކުރެއްވީ ލިބިވަޑައިގެންނެވި ލަފާތަކާ ހިލާފަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ރުފިޔާގެ އަގު ވެއްޓި ހިފެހެއްޓުމެއް ނެތި ޑޮލަރު އަގުބޮޑުވާތީ ސަރުކާރުން ފަތުރުވެރިކަން އަދި މަނީ އެކްސްޗޭންޖު ފިހާރަތަކަށް އަޅަމުންދާ ފިޔަވަޅުތައް ރައީސް މުހައްމަދު މުއިއްޒު މިއަދު ދިފާއު ކުރައްވައިފި އެވެ. 

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މަޖުބޫރު ކުރަން މިއަދު ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ޑޮލަރުން އާމްދަނީ ލިބޭ މީހުން އެ ފައިސާ ހުއްދަ ނުހޯދާ މާރު ކުރުން މަނާކޮށް، އެފަދަ ކަންކަމަށް އަދަބު ދޭނެ ކަމަށް ވެސް ސަރުކާރުން އިއުލާނު ކުރި އެވެ. 

ރައީސް އޮފީހުން ގެނެސްދޭ "ނޭޝަން ޗެޓް" ގައި އެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި، އެމަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސަތުގެ ސަބަބުން ޖުމްލަ ގޮތެއްގައި ކަންކަން ރަނގަޅުވާނެ ކަމަށެވެ. 

"ބޭރު ފައިސާގެ ކަންކަމުގައި މި އަޅާ ފިޔަވަޅުތައް ވެސް، ހަމަ ޔަގީން އޭގެ ނަތީޖާ ރަނގަޅުވާނެ. ދެން ސިޔާސީ ބޭނުމެއްގައި ބައެއް ފަރާތްތަކުން އެކަހަލަ ވާހަކަ ދައްކާ ހަދާފާނެ. އެކަމަކު އިރާދަކުރެއްވިއްޔާ އެކަމުގެ ނަތީޖާ ޖުމްލަ ގޮތެއްގައި ރަނގަޅުވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" މުއިއްޒު ވިދާޅުވި އެވެ. 

ބޭރު ފައިސާގެ މައްސަލައިގައި މިހާތަނަށް ފިޔަވަޅުތައް އަޅާފައިވާނީ މަޝްވަރާ ކުރުމަށްފަހު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"ހައްލު ކުރުމުގައި އަޅުގަނޑުމެން މަޝްވަރާގެ އުސޫލުން ދާނީ އެންމެންގެ ވެސް ބައިވެރިވުމާ އެކީގައި. މިއީ އެންމެންގެ ވެސް ގައުމެއް. އެހެންވީމާ އިރާދަކުރެއްވިއްޔާ މީގެ ނަތީޖާ ރަނގަޅުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.   

ރައީސް އެހެން ވިދާޅުވި ނަމަވެސް، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރު ކުރަންޖެހޭ ގޮތަށް މިއަދު ބަދަލު ކުރީ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއި ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލުގެ ލަފަޔާ ހިލާފަށެވެ. އެ މައްސަލައިގައި އޭނާ ވަނީ މިއަދު އިސްތިއުފާ ދެއްވައިފަ އެވެ. 

"މިފަދަ ސިޔާސަތުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ގެއްލުން ވަމުންދާއިރު، އެޑްވައިޒަރެއްގެ ގޮތުގައި ސަރުކާރުގައި ދެމިހުރުމުގެ ބޭނުމެއް އޮތް ކަމަށް ގަބޫލު ނުކުރެވުނީ،" މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހަލީލް ވިދާޅުވި އެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފައި ވަނީ، މުސާރަ އާއި ކުއްޔާއި ޓީޖީއެސްޓީ އާއި ތެޔޮ ބިލުތަކާއި ގްރީން ޓެކްސް އާއި ލޯނާއި އެ ނޫން ވެސް ގިނަ ކަންކަން ބޭރު ފައިސާއިން ކުރާއިރު، ޖުމްލަ އާމްދަނީގެ 40 ޕަސެންޓު ބޭންކަށް މާރު ކުރުމަކީ ދެކޮޅުޖެހޭނެ އުސޫލެއް ނޫން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox