މުއިއްޒުގެ އަމާޒަކީ މިއަހަރު ނިމުގެ ކުރިން ޕީއެންސީގައި 100،000 މެންބަރުން ހަމަކުރުން: ފަލާހު

Sep 16, 2026, 8:40 AM
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ

މިއަހަރު ނިމުމުގެ ކުރިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ އެއްލައްކަ މެންބަރުން ހިމެނޭ ސިޔާސީ ޕާޓީއަކަށް ހެދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ އަމާޒު ކަމަށް، ޕާޓީގެ ޕާލިމެންޓަރީގެ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ފަލާހު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕީއެންސީގައި ތިބީ ގާތްގަނޑަކަށް ތިން ހާހެއްހާ މެންބަރުންނެވެ. ނަމަވެސް، މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 79،364 އަށް އަރައިފައެވެ.

މިހާރު ކުރިއަށްދާ ކޮންގްރެސް ނިމިގެންދާއިރު، ޕާޓީގެ ދަފުތަރުގައި ހިމެނޭ މެންބަރުންގެ އަދަދު 80،000 އަށް ވުރެ މަތިވެގެންދާނެ ކަމަށް ލަފާކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފާއިތުވި ދޮޅުމަސް ދުވަހުގެ ތެރޭގައި އެކަނިވެސް 12،000 އަށް ވުރެ ގިނަ މީހުން ވަނީ އަލަށް ޕީއެންސީއާ ގުޅިފައިވާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. 

ކުންފުނިތަކުގެ މުވައްޒަފުން ޕީއެންސީއަށް ވަނުން މަޖުބޫރުކުރަމުންދިޔަކަން ފަޅާއަރާފައިވާއިރު ވެސް ފަލާހު ވިދާޅުވީ ޕާޓީއާ ގުޅޭ ކޮންމެ މެންބަރަކީ ވެސް އަމިއްލަ އިހުތިޔާރުގައި ގުޅޭ މެންބަރެއް ކަމަށާއި، ޕާޓީގެ އުސޫލުތައް ކަމުދާތީ އެއްވެސް މެންބަރަކު ޕާޓީ ދޫކޮށް ނުދާކަމަށް ވެސް ފަލާހު އެވެ. 

ޕީއެންސީގެ މެމްބަރުންގެ އަދަދު 100،000 އަށް އެރުވުމަށް 2024 ގައި ވެސް އަމާޒު ހިފި އެވެ. ނަމަވެސް އެކަން މިހާތަނަަށް ކާމިޔާބެއްނުވެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ 73 މެންބަރުންނަކީ ސަރުކާރު ދެމެހެއްޓުމަށް އަމާނާތްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅުންކަމުގެ ޔަގީންކަން ވެސް މި ކޮންގްރެސްގައި ފަލާހު ދެއްވި އެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން، އެއްވެސް ނާޖާއިޒު ސިޔާސީ ނުފޫޒެއް ނެތި، އިންސާފުވެރިކަމާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ޕީއެންސީގެ މެންބަރުން "ތަޅުއެޅުވުމަށްޓަކައި"  ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ވަނީ ބަދަލު ގެނެސްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox