ޕީއެންސީ ކޮންގްރެސް: ގައުމީ ސަލާމް ކިޔާއިރު މޭ މަތީގައި އަތް އަޅާތީ މައުމޫން ފާޑުވިދާޅުވެއްޖެ

Sep 16, 2026, 9:56 AM
ރޭގެ ޖަލްސާގައި ގައުމީ ސަލަމް ކީއިރު ރައީސް މުއިއްޒު އާއި އެ ޖަލްސާގެ އެހެން ބައިވެރިން: މައުމޫން ވިދާޅުވީ މޭ މަތީގައި އަތް އަޅަންޖެހޭ ކަމަށް ބުނާ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށް -- ފޮޓޯ: ޕީއެންސީ

ރޭގެ ޖަލްސާގައި ގައުމީ ސަލަމް ކީއިރު ރައީސް މުއިއްޒު އާއި އެ ޖަލްސާގެ އެހެން ބައިވެރިން: މައުމޫން ވިދާޅުވީ މޭ މަތީގައި އަތް އަޅަންޖެހޭ ކަމަށް ބުނާ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށް -- ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކޮންގްރެސް ފަށަން ރޭ ބޭއްވި ޖަލްސާ ނިންމުމުގެ ގޮތުން ގައުމީ ސަލާމް ކީއިރު، މޭ މަތީގައި އަތް އެޅުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ. 

ދިވެހިރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ރޭ ސޯޝަލް މީޑިގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ސަލާމް ކިޔާއިރު މޭ މަތީގައި އަތް އެޅުމަކީ ގާނޫނެއް ނުވަތަ ގަވާއިދެއްގައި އޮންނަ ކަމެއް ނޫން ކަމަށެވެ. 

"މާފު ކުރައްވާ. ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ދިވެހި ރާއްޖޭގެ ގާނޫނެއްގައި ވެސް ނުވަތަ ގަވާދެއްގައި ވެސް އޮންނަ ކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ. 

Advertisement

ރޭގެ ޖަލްސާ ނިންމުމުގެ ގޮތުން ގައުމީ ސަލާމް ކީއިރު، ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ޕާޓީގެ ލީޑާޝިޕްގެ އެންމެން ތިއްބެވީ މޭ މަތީގައި އަތް އަޅުއްވައިގެންނެވެ. 

ގައުމީ ސަލާމް ކީއިރު މޭ މަތީގައި އަތްނޭޅުއްވީ އެ ޖަލްސާގައި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އެކަންޏެވެ. 

ގައުމީ ސަލާމް ކިޔާއިރު މޭ މަތީގައި އަތް އެޅުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުން ވަނީ މީގެ ކުރިން ފަތުވާއެއް ވެސް ނެރެފަ އެވެ. ޑިސެމްބަރު، 2023، ގައި އެ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައި ވަނީ ގައުމީ ސަލާމް ކިޔާއިރު މޭ މަތީގައި އަތް އެޅުމަކީ ސަގާފީ ކަމެއް ކަމަށާއި އެކަން ހަރާމް ކަން ކަނޑައެޅޭނެ ދަލީލެއް ނެތް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox