މުއިއްޒަށް 2028 ގެ އިންތިހާބު ފަސޭހައިން ކާމިޔާބުކޮށްދޭންޖެހޭ: އަބްދުއްރަހީމް

Sep 16, 2026, 8:39 AM
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: ޕީއެންސީ

ދެހާސް ތޭވީހުގެ އިންތިހާބު ކާމިޔާބު ކުރި ގޮތަށްވުރެ ފަސޭހައިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ. 

ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުން (ކޮންގްރެސް) ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅޫވީ "އަމާޒު ހިފަންވީ 2023 ގެ އިންތިހާބު ކާމިޔާބު ކުރި ގޮތަށް ވުރެ ފަސޭހައިން ﷲ ގެ ތަނަވަސް ރަހުމަތުފުޅާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދޭން" ކަމަށެވެ.

ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ އިރުވެސް، ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުން ގުޅިފައިވަނީ ޕީއެންސީއާ ކަމަށް ފާހަގަކުރައްވަމުން، އަބްދުއްރަހީމް ވިދާޅުވީ ދިވެހިރާއްޖެއަށް އަމާންކަމާއި ހިމޭންކަން ގެނެސްދެވޭނީ ރައީސް މުއިއްޒުގެ ރިޔާސަތުގެ ދަށުން ޕީއެންސީ ދެވަނަ ފަހަރަށް ވެރިކަމަށް އައިސްގެން ކަމަށެވެ.

Advertisement

ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް، ދިވެހީންގެ ރާއްޖެއެއް ބިނާކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތަށް ރައްޔިތުން، ހާއްސަކޮށް ކޮންގްރެސް ޕާޓީގެ މެންބަރުން އިތުރު ފުރުސަތު ދޭންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް ހަމަޖެހުން އޮންނަން އެބަޖެހޭ. ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރިއަރައިގެން ދާން އެބަޖެހޭ... މިކަން ކުރެވޭނީ 10 އަހަރު މަދުވެގެން 10 އަހަރު އެއް ވެރިޔަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނަވައިގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސިޔާސީ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ސިޔާސީ މަސައްކަތަކީ ގޭގައި އިނދެގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މަގުމައްޗަށް ނުކުމެ، ރަށްރަށަށް ގޮސް، ރައްޔިތުންނާ ގާތުން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

ޕީއެންސީގެ ލީޑަޝިޕުން ލަސްނުކޮށް އަތޮޅުތަކަށް ދަތުރުތައް އިންތިޒާމުކޮށް، ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށް މުއިއްޒު ލަފާދެއްވާފައިވާ ކަމަށް ވެސް އެ އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox