ދޫއޮޅިގެން ޔާމީންގެ ނަން ވިދާޅުވެވުމުން މައާފަށް އެދިވަޑައިގެންފި

Sep 16, 2026, 3:02 AM
 ޕީއެންސީގެ ކޮންގްރެސް ރަސްމީކޮށް ފެށުމަށް ސެޕްޓެމްބަރު 15، 2026 ވަނަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަނީ. -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ކޮންގްރެސް ރަސްމީކޮށް ފެށުމަށް ސެޕްޓެމްބަރު 15، 2026 ވަނަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަނީ. -- ފޮޓޯ: ޕީއެންސީ

ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަށް ދޫއޮޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ވިދާޅުވެވެން އުޅުއްވުމުން، އެކަމަށް އެމަނިކުފާނު މައާފަށް އެދިވަޑައިގެންފި އެވެ.

ޕީއެންސީގެ ކޮންގްރެސް ރަސްމީކޮށް ފެށުމަށް ޒުވާނުންގެ މަރުކަޒުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމަށް އެހެން ވިދާޅުވެވުނީ އަތޮޅުތަކަށް ދަތުރުތައް ފެށުމަށް ރައީސް މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަން ފާހަގަ ކުރައްވަމުން ދެއްކެވި ވާހަކަތަކުގަ އެވެ.

"މިހާރު އެ މަނިކުފާނު [މުއިއްޒު] ލަފާފުޅު ދެއްވަނީ ލަސްނުވެ ލީޑަޝިޕުން ދަތުރުތައް އިންތިޒާމުކުރަން. އަތޮޅުތަކަށް ދަތުރުތައް އިންތިޒާމުކުރަން. އަތޮޅުތަކަށް ގޮސް އަތޮޅުތަކުގެ މީހުން އެއްތަނަކަށް ގެނެސްގެން ޕާޓީގެ ހަރަކާތް ހިންގުމަުގައި ހިޔާލާއި މަޝްވަރާ ބަދަލުކޮށް، އަދި ދޭންޖެހޭ ތަމްރީނުތައް ދީ، އެ މީހުން ވާހަކަ އަޑުއަހައި، އަތޮޅު ފެންވަރުގައި ވެސް ސެމިނާތަކެއް ބޭއްވުމުގެ ވިސްނުން ރައީސް ޔާ ...ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އަޅުގަނޑުމެންނާ ހިއްސާ ކުރައްވާފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

Advertisement

އެއަށްފަހު، ހިނިފުޅުވަޑުވަމުން ވިދާޅުވީ، "ވަރަށް ބޮޑަށް މައާފުކުރައްވާތި. ބައެއް ފަހަރު ދޫއޮޅޭ ގޮތް ވުމަކީ އެކަށީގެންވާ ކަމެއް،" ކަމަށެވެ.

އަބްދުއްރަހީމްއަކީ ކުރިން ޔާމީންގެ ސިޔާސީ މިތުރެކެވެ. އެ މަނިކުފާނު ޖަލުގައި އޮންނެވިއިރު، ޕީޕީއެމް،ޕީއެންސީ ކޯލިޝަން ހިންގެވުމަށް އިސްކޮށް ހަވާލު ކުރެއްވީ އަބްދުއްރަހީމްއާ އެވެ. ނަމަވެސް މިހާރު އަބްދުއްރަހީމްއަކީ ޔާމީންގ

އެންމެ ފަހުން ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވަނީ ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox