25 މިލިއަން ޑޮލަރު ލިބޭ ވިޔަފާރިތަކުން ވެސް 40 ޕަސެންޓު މާރުކުރަން ޖެހޭ

ކެޓެގަރީ ސީ ގައި ހިމެނޭ އެންމެ ބޮޑު އެއް ވިޔަފާރި ކަމުގައިވާ ޓީއެމްއެމްއޭގެ މަތިންދާބޯޓެއް: މި ގިންތީގައި ދެން ހިމެނެނީ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާއި ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތައް --- ފޮޓޯ: އަދަދު

ކެޓެގަރީ ސީ ގައި ހިމެނޭ އެންމެ ބޮޑު އެއް ވިޔަފާރި ކަމުގައިވާ ޓީއެމްއެމްއޭގެ މަތިންދާބޯޓެއް: މި ގިންތީގައި ދެން ހިމެނެނީ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާއި ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތައް --- ފޮޓޯ: އަދަދު

މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ވިޔަފާރިތައް ނޫން އެހެން ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ހަދަން  ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ބުނާ ކެޓެގަރީ-ސީ އަށް ގެނައި އެންމެ ބޮޑު ބަދަލަކީ، މާރުކުރަން ޝަރުތު ހަމަވާ އާމްދަނީގެ މިންވަރު އަހަރަކު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކޮށްފަ އެވެ. މިއީ މަޖިލީހަށް ބިލު ވެއްދި އިރު ވެސް ހުށަހަޅާފައި އޮތް ގޮތެވެ. 

މިހެން ނަމަވެސް، ކެޓެގަރީ ސީ ގައި ހިމެނޭ ވިޔަފާރިތަކުން 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ހެދުމަކީ ކުރިން ހުށަހަޅާފައި އޮތް ކަމެއް ނޫނެވެ. ހަމައެހެންމެ، މި ބިލު ދިރާސާކުރި މާލިއްޔަތު ކޮމިޓީން ތަޅުމަށް ފޮނުވި ކޮމިޓީ ރިޕޯޓާއި އަލުން ދިރާސާކޮށްފައި ފޮނުވި ރިޕޯޓުގައި ވެސް މި ކަން ހިމަނާފައި ނެތެވެ.

ގާނޫނުގައި މި ބައި ހިމަނަން ހުށަހެޅީ، ބިލު އިތުރަށް ދިރާސާކުރުމަށް ފަހު އަލުން ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސްކުރިއިރުގައި އެވެ. މި ބަދަލުތައް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މި ބަދަލުތައް ބިލުގައި ހިމަނަން ވޯޓު ދިނީ 47 މެންބަރުންނެވެ. ދެކޮޅަށް ވޯޓު ދިނީ 12 މެންބަރުންނެވެ. 

ކެޓެގަރީ ސީ ގައި ހިމެނޭ ވިޔަފާރިތަކުގެ ތެރެއިން 40 ޕަސެންޓު މާރުކުރަން ނުޖެހެނީ ސައްތައިންސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކެވެ. މިއަދު ފާސްކުރި ބިލުގައި ހުށަހަޅާފައި ވަނީ އެ ކުންފުނިތަކުން މާރުކުރަން ޖެހޭނީ އާމްދަނީގެ ހަތް ޕަސެންޓު ކަމަށެވެ. 

ސަރުކާރުން ބުނަނީ ބޭރު ފައިސާގެ ގާނޫނަށް ގެންނަ ބަދަލުތަކާއި ތަންފީޒީ ކަންކަން ހަރުކަށިކުރަން އަޅާ ފިޔަވަޅުތަކާއެކީ، ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި، މި ތާށިކަން ހަމައަކަށް އެޅުވޭނެ ކަމަށެވެ. ނަމަވެސް މި ކަމާ ދެކޮޅެ ހަދާ އިގުތިސޯދީ މާހިރުންނާއި އިދިކޮޅުން ބުނަނީ މި ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރު މައްސަލަ އިތުރަށް ގޯސް ވެދާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox