ޓީޓީތައް ލަސްވާތީ މުދަލަށް ފައިސާ ނުދެއްކިގެން ސަޕްލަޔަރުންނާ މޫނުކެނޑެނީ

މާލެ ވިޔަފާރި ބަނދަރުގައި އޮތް ކޮންޓެއިނަރަކުން މުދާ ބާލަނީ: މުދަލަށް ފައިސާ ދެއްކުން ލަސްވާތީ ވިޔަފާރިތަކަށް ދަނީ އެހެން ގެއްލުންތައް ވެސް ލިބެމުން --- ފޮޓޯ: އަދަދު ފައިލް

މާލެ ވިޔަފާރި ބަނދަރުގައި އޮތް ކޮންޓެއިނަރަކުން މުދާ ބާލަނީ: މުދަލަށް ފައިސާ ދެއްކުން ލަސްވާތީ ވިޔަފާރިތަކަށް ދަނީ އެހެން ގެއްލުންތައް ވެސް ލިބެމުން --- ފޮޓޯ: އަދަދު ފައިލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބޭރުގެ ސަޕްލަޔަރުންނަށް ފަޮނުވާ ޓީޓީތަކުގެ ފައިސާ ނުލިބޭތީ، އެ ވިޔަފާރިތަކާ އޮންނަ ގުޅުން ގޯސްވެ، މޫނުކެނޑޭ ހިސާބަށް ކަންކަން ގޮސް، އިތުރު ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަން ފަށައިފި އެވެ.

ޓީޓީ އިން ފޮނުވާ ފައިސާ ލަސްވާ މައްސަލައިގައި ވިޔަފާރިވެެރިން ޝަކުވާ ކުރިއިރު، މި މައްސަލަ އުޅޭ ކަމަށް ބީއެމްއެލްއިން އެއްބަސްވީ ވެސް މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އެވެ. އޭގެ ކުރިން އެ ބޭންކުން ވަނީ އެ ކަހަލަ މައްސަލައެއް އުޅޭ ކަމަށް ވިޔަފާރިވެރިންނާ ހަވާލާދީ ޖެހި ހަބަރުތައް ދޮގުކޮށްފަ އެވެ.

މި މައްސަލައިގައި އަދަދު ނޫހާ ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ދަނޑުވެރިކަން ކުރާ ސާމާނު އެތެރެކުރާ ވިޔަފާރިވެރިއަކު ބުނީ އޭނާ މުދާ ގެންނަ ޗައިނާ ކުންފުނިން ޕްރޮޑަކްޝަން ފަށަނީ 20 ޕަސެންޓު އެޑްވާންސް ދެެއްކުމުން ކަމަށެވެ. ބާކީ 80 ޕަސެންޓު ދައްކަން ޖެހެނީ ޕްރޮޑަކްޝަން ނިމި މުދާ ބޯޓަަށް ބަރުކުރަން ޖެހޭ ހިސާބުންނެވެ. 

Advertisement

"ބޯޓަށް މުދާ ލޯޑުކުރަނީ ފައިސާ އެ މީހުންނަށް ލިބުނީމަ. ތިން އަހަރު މިވީ. އެއްވެސް މައްސަލައެއް ނުޖެހޭ މި ފަހަރު ނޫނީ.،" ވިޔަފާރިވެރިޔާ ބުންޏެވެ.

ވިޔަފާރިވެރިޔާ ބުނީ، އޭނާ ފުރަތަމަ މަސައްކަތް ކުރީ ބޭންކުގެ ޑޮލަރު ސަޕޯޓު ވެސް ހޯދައިގެން ޓީޓީ ކުރަން ކަމަށެވެ. ނަމަވެސް، ހާލަތު ހުރި ގޮތުން އެ ސަޕޯޓު ނުލިބިދާނެތީ ޓީޓީ ކުރީ ހުރިހާ ޑޮލަރެއް އަމިއްލަ އެކައުންޓުން ކަނޑާ ގޮތަށް ކަމަށް އޭނާ ބުންޏެވެ. 

މި ވަރު ކުރީމަ ވެސް، ވިޔަފާރިވެރިޔާ ބުނީ، އެ ފައިސާ ޖަމާވީ 19 ދުވަސް ފަހުން ކަމަށެވެ.

ޓީޓީ ލަސްވާ މައްސަލައިގައި ވާހަކަ ދެއްކި ބޮޑު އިމްޕޯޓަރަކު ބުނީ ފައިސާ ފޮނުވުން ލަސްވެ، ބަނދަރުގައި ހުރި މުދާތަކެއް ބޭރުނުވެ، 70،000 އަށް ވުރެ ގިނަ ރުފިޔާ ޑެމަރޭޖުގެ ގޮތުގައި ދައްކަން ޖެހުނު ކަމަށެވެ. ފިހާރަތަކުގައި އާންމު ގިނަ ބާވަތްތަކެއް އެތެރެކުރާ މި ކުންފުންޏަށް ޑެމަރޭޖު ދައްކަން ޖެހުނީ، މުދަލަށް ފައިސާ ނުލިބޭތީ ސަޕްލަޔަރު ލިޔެކިޔުންތައް ނުދިނުމުން ކަމަށެވެ. 

ބީއެމްއެލްގެ ސަބަބުން ވިޔަފާރިތަކަށް މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ހިސާބަށް ގޮސްފައިވާއިރު، ފައިސާ ފޮނުވުމުގެ ކަންކަމުގައި ބައެއް ސަޕްލަޔަރުންނާ މޫނުކެނޑޭ ހިސާބަށް ވެސް ކަންކަން ގޮސްފި ކަމަށް އެ އިމްޕޯޓަރު ބުންޏެވެ. 

"ފައިސާ ފޮނުވައިފީމޭ ބުނީމަ އެ މީހުން ބަލާނީ ފައިސާ ލިބޭނެ ކަމަށް. ކުރިން މި ނަގަނީ ތިން ވަރަކަށް ދުވަސް. މިހާރު 21، 22 ދުވަސް ވީމަ މަގޭ ވިޔަފާރީގެ ހާލަތާ މެދު އެ މީހުން ސުވާލު އުފައްދާ." އޭނާ ބުންޏެވެ.

ބީއެމްއެލްގެ މި މައްސަލަ ބޮޑުވެފައިވާއިރު، އެ ބޭންކުން ކުރިން ދޭ ގޮތަށް ލިޔެކިޔުން ނުދޭޭ ކަމަށް ވެސް ބައެއް ވިޔަފާރިވެރިން އަންނަނީ ބުނަމުންނެވެ. މިކަން އެންމެ ތަފުސީލުކޮށް ކިޔައި ދީފައި ވަނީ ސައިރިކްސް އާއި ޒިއޯން މޯބައިލްސް ހިންގާ ރަފީއުއްދީން ނަސީމް (ރަފީއު) އެވެ. 

ރަފީއުގެ ސޯޝަލް މީޑީއާ އެކައުންޓުގައި އޭނާ ލިޔެފައި ވަނީ ބީއެމްއެލްއިން ދޫކުރާ ޔޫއީޓީއާރު (ޔުނީކް އެންޑް-ޓު-އެންޑް ޓްރާންސެކްޝަން ރިފަރެންސް) ނަމްބަރު މެދުވެރިކޮށް ބޭރުގެ ސަޕްލަޔަރުންގެ ބެނެފިޝަރީ ބޭންކުން ފައިސާ ޓްރޭސް ނުކުރެވެ ކަމަށެވެ. އަދި މި މުއާމަލާތް އެ ބޭކުގެ ސްވިފްޓު ސިސްޓަމުން ވެސް ނުފެންނަ ކަމަށް އޭނާ ބުންޏެވެ. 

މި މައްސަލައިގައި ބީއެމްއެލްއާ މުއާމަލާތްތަކުރުމުން، ރަފީއު ބުނީ ސްވިފްޓު ސިސްޓަމުގައި ބޭނުންކުރާ އެމްޓީ103 ގެ ކޮޕޯއަކަށް އެދުމުން އެ ވެސް ނުދޭ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި، އޭގެ ބަދަލުގައި ދޫކުރާނެ ކަމަށް ބުނި ލިޔެކިޔުން ވެސް ހިއްސާ ނުކުރާ ކަމަށް އޭނާ ބުންޏެވެ. 

ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން، ޑޮލަރު ތާށިކަމުގެ ސަބަބުން އާންމުންނަށް ވެސް ވަނީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox