ސައީދުގެ ބޮޑު ތުހުމަތެއް؛ ބައެއް ވިޔަފާރިތަކުން މުސާރަ ދިނީ ކަޅު ބާޒާރުން ލިބުނު ފައިދާއިން

ރައީސް އޮފީހުގައި ސެޕްޓެމްބަރު 14، 2026 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވާހަކަ ދައްކަވަނީ: ޑޮލަރު މައްސަލަ ހައްލުކުރަން "އާޓިފިޝަލް" ހައްލުތަކެއް ހޯދަން ޖެހުނީ ހާލަތުގެ ގޮތުން ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ސެޕްޓެމްބަރު 14، 2026 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވާހަކަ ދައްކަވަނީ: ޑޮލަރު މައްސަލަ ހައްލުކުރަން "އާޓިފިޝަލް" ހައްލުތަކެއް ހޯދަން ޖެހުނީ ހާލަތުގެ ގޮތުން ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ޑޮލަރުން ކަޅު ބާޒާރުގައި ބޮޑު ފައިދާއެއް ހޯދަމުން ދިޔަ ބައެއް ވިޔަފާރިތަކުން މުވައްޒަފުންނަށް މުސާރަ ދިނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކައިގެން ލިބުނު ފައިދާއިން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދޭން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކި ބަޔެއްގެ ނަން ނުގަނެ ސައީދު ވިދާޅުވީ ޑޮލަރަކުން ހަތަރު ރުފިޔާ އާއި ފަސް ރުފިޔާ ވަރުގެ ފައިދާއެއް ޖައްސަމުން ދިޔަ ބަޔަކު އުުޅުނު ކަމަށެވެ. އަދި، މިހާރު ކުރިއަށްދާ އޮޕަރޭޝަނުގެ ތެރެއިން އެއީ ކޮން ބަޔެއް ކަން އެނގެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ ކުރިން ވެސް ވިދާޅުވެފައިވާ ގޮތަށް އިއްޔެ ވެސް ސައީދު ވަނީ މިކަން ކުރާ ވިޔަފާރިތަކުން އަމިއްލަ އަގެއް އުފައްދައިގެން ޑޮލަރު ވިއްކަމުން އަންނަ ވާހަކަ ތަކުރާރުކުރައްވާފަ އެވެ. އެކަން އެ ގޮތަށް ކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ވިޔަފާރިތަކަށް އޭގެން ބޮޑު މަންފާއެއް ލިބޭތީ އެވެ. އަދި، އެ ފައިދާ އެކި ގޮތްގޮތަށް އެހެން ކަންކަމަށް ހަރަދުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އަންނަ ޑިފަރެންސްގައި ރީއިންވެސްޓު ކުރަން ކޮންމެ ވެސް ކަމެއް ކުރަނީ މިސާލަކަށް އެ ފައިދާ. ކުރިން ކޮންމެ ވެސް ކުޑަ ވިޔަފާރިއެއް ކުރަމުން ގޮސްފަ، ނުވަތަ ބައެއް ތަންތަނުގައި އެބަހުރި މުޅި މުސާރަ ޝީޓު އެއްކޮށް، ބްލެކް މާކެޓް ޑިފަރެންސުން ވެސް މެނޭޖުކޮށްފަ. މުޅި މުސާރަ ޝީޓު އެއްކޮށް. މި ކިޔަނީ ބޮޑެތި ކުންފުނިތަކުގެ ވާހަކަ،" ސައީދު ވިދާޅުވި އެވެ.

ކަޅު ބާޒާރުން ފައިދާ ހޯދައިގެން، އެ ފައިދާ އެހެން ކަންކަމަށް ހަރަދު ކުރުން ސައީދު ވަނީ ތަކެތީގެ އަގު އުފުލުމާ ވެސް ގުޅުވާލާފަ އެވެ. އޭނާ ވިދާޅުވީ، ބާޒާރުގައި ތަކެތީގެ އަގު އުފުލެނީ ޑޮލަރުގެ އަގު "އާޓިފިޝަލީ މެނިޕިއުލޭޓު" ކުރާތީ ކަމަށެވެ. 

ސައީދު ވިދާޅުވާ ގޮތުން ތަކެތީގެ އަގުބޮޑުވަނީ ޑޮލަރު ރޭޓު "މެނިޕިއުލޭޓްކޮށް"، ތަކެތި އަގުބޮޑުކޮށް ވިއްކަން ހިތްވަރުދޭތީ

ތަކެތީގެ އަގުބޮޑުވަނީ ސިޔާސީ ބޭފުޅުންނާއި ބައެއް ވިޔަފާރިވެރިން ޑޮލަރުގެ ރޭޓް އާޓިފިޝަލީ މެނިޕިއުލޭޓްކޮށް، އަގުބޮޑުކޮށް ތަކެތި ވިއްކަން ހިތްވަރުދޭތީކަމަށް މިނިސްޓަރު ސައީދު ވިދާޅުވި. ޑޮލަރުގެ ރޭޓް ދަށްވި ނަމަވެސް، ވިޔަފާރިވެރިން ބޮޑު އަގުގައި މުދާ ގަނެފައި ހުރުމުން ތަކެތީގެ އަގު ކުއްލިއަކަށް ދަށަށް ނުދާނެކަމަށް މިނިސްޓަރު ވިދާޅުވި.

ސައީދު ވަނީ މި ގޮތަށް "މާކެޓް ރިއާލިޓީ" އިން ދުރަށް ޖެހި، އަގު ކަނޑައަޅައިގެން ތިބުމަކީ ދެމެހެއްޓޭނެ ކަމެއް ނޫން ކަން އެ ކަން ކުރާ ވިޔަފާރިތަކަށް ވެސް އެނގޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި، ސަރުކާރަށް ވެސް "އާޓީފިޝަލް" ހައްލުތަކެއް ހޯދަން ޖެހުނީ "އާޓިފިޝަލީ" އަގު ކަނޑައަޅާތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް، ހުރިހާ ފަރާތްތަކަކަށް ވެސް، ޕޮލިސީ މޭކްކުރަން ތިބޭ ފަރާތްތަކަށް ވެސް އަދި މާކެޓުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް، އިންވެސްޓްކޮށް، ރީއިންވެސްޓް ކުރާ ފަރާތްތަކަށް ވެސް، ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ، މެނިޕިއުލޭޓުކޮށްގެން މާކެޓެއްގައި ރޭޓު މައްޗަށް ގެންދިޔުމަކީ ލާސްޓް ވާނެ ކަމެއް ނޫން. ދެކޮޅު ޖެއްސޭނެ ކަމެއް ނޫން. އަދި ސަސްޓެއިން ކުރެވޭނެ ކަމެއް ވެސް ނޫން،" ސައީދު ވިދާޅުވި އެވެ.

ޑޮލަރު މައްސަލައިގައި ބާޒާރުގެ ހަގީގަތްތަކާ ނުބައްދަލު އަގު ކަނޑައަޅާ ކަމަށާއި އޭގައި "ސްޕެކިއުލޭޓިވް" އަގެއް އެކުލެވޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ވަނީ ކުރިން ހާމަކުރައްވާފަ އެވެ. މުނައްވަރު ވެސް ވިދާޅުވީ، ޑޮލަރު ވަންނަ ވަރަށް ބަލާއިރު، އެހާ ބޮޑަށް ޑޮލަރުގެ އަގު އުފުލެން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ސަރުކާރާއި މަރުކަޒީ ބޭންކުން މިހެން ބުނި ނަމަވެސް ބައެއް އިގުތިސޯދީ މާހިރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނަނީ، ޑޮލަރު ތާށިވެ، އަގު އުފުލުނީ ސަރުކާރުގެ ހަރަދުތައް ކުޑަނުކުރުމާއި، ބައިވަރު ޑޮލަރު ބޭރުވާ ފަދަ، އިސްރާފު ބޮޑު މަޝްރޫއުތަކާއި، ހަރަދުތައް ކުރުމުންނެވެ. އަދި، މިހާ މައްސަލަ ގޯސްވީ ބޭރު ފައިސާއިން ދައްކަން ޖެހޭ ބޮޑެތި ދަރަނިތަކެއް ބޯމަތިވެފައި ވަނިކޮށް، ބޭރުން ފައިނޭންސިން ނުހޯދާ، އެތެރޭގެ ބާޒާރުން ޑޮލަރުތައް ނެގުމުން ކަމަށް ވެސް އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox