ސައީދު ވިދާޅުވާ ގޮތުން ތަކެތީގެ އަގުބޮޑުވަނީ ޑޮލަރު ރޭޓު "މެނިޕިއުލޭޓްކޮށް"، ތަކެތި އަގުބޮޑުކޮށް ވިއްކަން ހިތްވަރުދޭތީ

 އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ބައެއް ވިޔަފާރިވެރިން ވަކި އަގުތަކެއް ކަނޑައަޅައި، ތަކެތީގެ އަގުބޮޑުކުރަން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ބައެއް ވިޔަފާރިވެރިން ވަކި އަގުތަކެއް ކަނޑައަޅައި، ތަކެތީގެ އަގުބޮޑުކުރަން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ތަކެތީގެ އަގުބޮޑުވަނީ ޑޮލަރުގެ ރޭޓް އާޓިފިޝަލީ މެނިޕިއުލޭޓްކޮށް ނުވަތަ އޮޅުވާލައި، ތަކެތި އަގުބޮޑުކޮށް ވިއްކަން ހިތްވަރުދޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ތަކެތީގެ އަގުބޮޑުވީ ސިޔާސީ ފަރާތްތަކުން ނުކުމެ ކުރަމުންދިޔަ މަސައްކަތްތަކުގެ އިތުރުން ބައެއް ވިޔަފާރިވެރިން ވަކި އަގުތަކެއް ކަނޑައަޅައި ތަކެތީގެ އަގުބޮޑުކުރަން މަސައްކަތް ކުރުމުން ކަމަށެވެ. 

"ހަގީގަތުގައި ޑޮލާގެ ރޭޓް އާޓިފިޝަލީ މެނިޕިއުލޭޓް ނުކުރުމަށް މިވާހަކަ އެހާ ބޮޑަށް ދެއްކި ސަބަބަކީ ތިއީ. އެނގިވަޑައިގަންނަވާނެ  ސިޔާސީ ބައެއް ލީޑަރުން، ކުރިން ރާއްޖޭގައި ވެރިކަންވެސް ކުރައްވާފައި ތިއްބެވި ބޭފުޅުން ހަމަ ޑޭ އިން ޑޭ އައުޓްގައި މިވާހަކަތައް ދައްކަވަމުން ގެންދިޔަކަން އެއީ ވަރަށް ދެރަ ހިތާމަވެރި ކަމެއް ހަގީގަތުގައި. އެއީ އާޓިފިޝަލީ މެނިޕިއުލޭޓް ކުރުމޭ އަޅުގަނޑުމެން މިދެންނެވި ދެންނެވުމުގެ އެއްބައި އެނގޭތޯ،" ސައީދު ވިދާޅުވި އެވެ. 

Advertisement

"އަނެއްބަޔަކީ ހަމަ ވަކި ރޭޓެއް ސެޓްކޮށްފައި އަގު ބޮޑުކުރުމަށްޓަކައި ހިތްވަރު ދިނުން. އެއީ ސަރުކާރުން ކަމެއް އުނދަގޫކުރުމުގެ ނިޔަތުގައި ކަމަށްވެދާނެ އެނގޭތޯ. އެއާއެކު ދެންނަ އަންނަ އުފެދޭ މައްސަލައަކީ އިންފްލޭޝަނަރީ ޕެޓާންއަށް ކޮންމެވެސް ވަރަކަށް ނެގެޓިވް އިމްޕެކްޓް ކުރުން."

ޑޮލަރުގެ ރޭޓް ދަށްވިޔަސް ތަކެތީގެ އަގު ކުއްލިއަކަށް ދަށަށް ނުދާނެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ތަކެތީގެ އަގު ދަށްވާން ފަށާނީ ސީދާ ކޮން ދުވަހަކުކަން ބުނަން ނޭނގޭ ކަމަށެވެ. 

"މިސާލަކަށް ޑޮލާ ރޭޓް ދަށަށް އަންނަނީ. ދަށަށް އަންނައިރުގައި ބާޒާރުން ތަކެތީގެ އަގު މިހާރު ހުރިވަރަށްވުރެ ކުޑަވާނެތޯ. ކުޑަވާން އޭގެ ޒާތުގައި ޖެހޭނެ. އެހެންނަމަވެސް އެއްޗެއްގެ އަގު މައްޗަށް ދިޔުމަށްފަހު ދަށަށް ގެނައުމަކީ ދިވެހިރާއްޖޭގައި އެކަންޏެއް ނޫން މުޅި ދުނިޔޭގައިވެސް ކުރަމުންދާ ޑިބޭޓެއް. ތެލުގެ އަގު ދަށަށް ދިޔައީ މިސާލަކަށް ނޫނީ ޑޮލަރުގެ އަގު ދަށަށްދިޔައީ،" ސައީދު ވިދާޅުވި އެވެ.

"ދިޔައީމަ އެއްޗެހީގެ އަގު ދަށަށް އަންނަންޖެހޭނެތޯ. ނެޗުރަލީ އަންނަން ޖެހޭނެ. އެހެންނަމަވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކުން އެބޭފުޅުން ލާފައި އިންނަ މާޖިންއެއް ނުވަތަ އެބޭފުޅުން ބޮޑު އަގުގައި ގެނެސްފައިހުރި ތަކެތި ވިއްކާއިރުގައި ކުއްލިއަކަށް އޭގެ އިމްޕެކްޓް ނުފެނިދާނެ. އެހެންވީމަ ސީދާ ކޮންއިރަކުންކަން އެ ޕްރޮސެސްއަށް ނިމުމެއް އަންނާނީ އެހެން ދަންނަވަން ދަތިވަނީ އެނގޭތޯ."

ރާއްޖޭގައި ތަކެތީގެ އަގު ބޮޑުނުވާ ކަމަށް ދައްކަވަން މީގެކުރިން ސައީދު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވެ އެވެ. އެގޮތުން މިނިސްޓަރު ވަނީ ޓިކްޓޮކް ވީޑިއޯތައް އާންމުކުރައްވައި ރާއްޖޭގައި ތަކެތީގެ އަގު އެހެން ގައުމުތަކަށްވުރެ ކުޑަކަން ދައްކަވަން މަސައްކަތް ކުރެއްވުމުން އެ ވީޑިއޯތަކަށް ގިނަ ބައެއްގެ ފާޑުކިޔުންވެސް އޭރު އަމާޒުވި އެވެ. 

މީގެއިތުރުން ސައީދު ކުރިން ފާހަގަކުރައްވާފައިވަނީ ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުނީވެސް ނޫސްތަކުގައި ރޭޓްތަކަށް އަންނަ ބަދަލުތައް ލިޔަމުންދާތީ ކަމަށެވެ. 

 ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ސަރުކާރުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓު އުފުލިފަ އެވެ. 

ސްޓެޓިސްޓިކްސް ބިއުރޯއިން ނެރޭ އެސެންޝަން ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް އިން ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި އެންމެ ބޮޑުވީ ގޭހާއި ތެލުންނެވެ. ކާބޯތަކެއްޗާއި ބެވެރޭޖާސް އާއި ރީތިވާ ސާމާނުގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ. އިންފްލޭޝަން މަތިވެ، އަސާސީ ތަކެތީގެ އަގު އުފުލެމުންދާއިރު ދިވެހި އިގްތިސާދު އޮތީ ވަރަށް ބަލިކަށިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox