ވެރިކަމާ ހަވާލުވީއިރު ހުރި ވަރަށް ވުރެ ބޮޑަށް ކަޅު ބާޒާރުގެ ރޭޓު ތިރިކުރެއްވިއްޖެ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ސައީދު ވިދާޅުވާ ގޮތުގައި ޑޮލަރުގެ އަގު މައްސަލަ ހައްލު ނުވެ އޮތީ ފިޔަވަޅު ނާޅާތީ -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ސައީދު ވިދާޅުވާ ގޮތުގައި ޑޮލަރުގެ އަގު މައްސަލަ ހައްލު ނުވެ އޮތީ ފިޔަވަޅު ނާޅާތީ -- ފޮޓޯ: ރައީސް އޮފީސް

ކަޅު ބާޒާރުގައި އަމިއްލަ އަގެއް އުފައްދައިގެން "އާޓިފިޝަލް" ރޭޓުގައި ޑޮލަރު ވިއްކުން ހުއްޓުވަން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ހުރި ވަރަށް ވުރެ ވެސް ބޮޑަށް ތިރިކުރެއްވިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތް ކަމަށް ބުނެ އޭރު ހުރި އަގަށް ތިރިކުރެވުނު ކަމަށް ސައީދު ވިދާޅުވި ނަމަވެސް، އެއީ ކިހާ ވަރެއް ކަމެއް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ، މިހާރު އަގު ހުރީ އޭރު އަގު ހުރި ބޭންޑުގައި ކަމަށެވެ. 

"މިހާރު އަޅުގަނޑުމެންނަށް އެބަ އެނގޭ ދަށްވަމުންދާ ކަން ރުފިޔާ އެކްސްޗޭންޖް ރޭޓު. މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު، ސަރުކާރު ހަވާލުވީއިރުގައި، އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވީއިރުގައި ހުރި ރޭޓަށް ވުރެ ދަށަށް ގޮސްފަ ވާކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" ސައީދު ވިދާޅުވި އެވެ. 

Advertisement

މި ކާމިޔާބީއަކީ، ސައީދު ވިދާޅުވި ގޮތުގައި، ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ނަތީޖާ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް މި ގޮތަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަމުން އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ޑޮލަރު ރޭޓު ހަމައަކަށް އެޅުވުމުގެ ގޮތުން ރަސްމީ ރޭޓުގައި ނޫނީ މަނާ ނުކުރަން އަންގައި، އެމްއެމްއޭ އާއި ފުލުހުންނާ ގުޅިގެން އޮޕަރޭޝަނެއް ފަށާފަ އެވެ. މި އޮޕަރޭޝަނުގެ ތެރެއިން ޑޮލަރު ލިބޭ ވިޔަފާރިތަކާއި ޑޮލަރު މާރުކުރާ ވިޔަފާރިތަކާއި އެއްވެސް ހުއްދައެއް ނެތި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރަން އުޅޭ މީހުން ނުވަތަ "ޑީލަރުން" ނަށް އަމާޒުކޮށްގެން މައްސަލަތަކެއްގެ ތަަހުގީގު ފަށާފަ އެވެ.

މި ގޮތަށް ހިންގި އެއް އޮޕަރޭޝަނުގައި ޑޮލަރު އާމްދަނީ ލިބޭ ނައިޑް ޓްރޭޑިންގެ އޮފީސްތައް ވަނީ ބަލާފަ އެވެ. އެހެން އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި ޑޮލަރު ވިޔަފާރިކުރާ ހަ ބިދޭސީއަކު ދެނެގަނެ، އެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރުން، މަނީ އެކްސްޗޭންޖެއްގެ ލައިސަންސް ވެސް ވަނީ ބާތިލުކޮށްފަ އެވެ. 

ސަރުކާރުން ބުނަނީ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރަނީ ޑޮލަރުން އާމްދަނީ ލިބޭ މަދު ވިޔަފާރިތަކަކުން ކަމަށެވެ. މި ވިޔަފާރިތަކުން ޑޮލަރު ދައުރުކުރުވަނީ މަނީ އެކްސްޗޭންޖުތަކާއި ޑީލަރުން މެދުވެރިކޮށެވެ.

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ އޮޕަރޭޝަން ފެށިކަން އިއުލާންކުރި ދުވަހު ހޯމް މިނިސްޓަރު އަލީ އިހުސާން ހާމަކުރެއްވި ގޮތުގައި، ހުއްދަ ނަގައިގެންނާއި ހުއްދަ ނުނަގާ  ހިންގާ ހަތް މަނީ އެކްސްޗޭންޖެއް މޮނީޓާ ކުރިއިރު، ނުވަ މަސް ދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.

ޑޮލަރު މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ތަންފީޒީ ކަންކަން ހަރުކަށި ކުރުމާއެކުއެކީ، ރިސޯޓުތަކާއި 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން މާރުކުރަން ޖެހޭ މިންވަރު ވަނީ އާމްދަނީގެ 40 ޕަސެންޓަށް އުފުލާފަ އެވެ. ސަރުކާރުން ބުނަނީ މިއާ އެކީ، ބޭންކިން ނިޒާމަށް ވަންނަ ޑޮލަރު އިތުރުކުރުމުގެ ގޮތުން ރިސޯޓުތަކާއި ޑޮލަރު ތާށިކަމާއި ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭ މައްސަލަ ވެސް ހައްލުކުރެވޭނެ ކަމަށެވެ.

އެޑިޓަރުގެ ނޯޓު: ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން ހުރި އަގު އަދަދު ނޫހަށް އެނގުނަސް އެ މައުލޫމާތު ދައުރުކުރުން ގާނޫނުން މަނާކޮށްފައިވާތީ އެ އަގު ނުޖަހަމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox