ހޮޅުދޫ ދާއިރާގެ މެންބަރު ވިދާޅުވަނީ ރައްޔިތުންގެ ބާރު ފެށެނީ ވެރިކަމާއި ވެރިމީހާއާ ހިސާބުން ކަމަށް

Aug 25, 2026, 9:00 AM
ހޮޅުދޫ ދާއިރާގެ މެންބަރު ސައްތާރު: އޭނާ ބުނީ ރައްޔިތުންނާއި މަޖިލީހުގެ ބާރު ވެސް ފެށެނީ ވެރިކަމާ ހިސާބުން ކަމަށް -- ފޮޓޯ: މަޖިލިސް

ހޮޅުދޫ ދާއިރާގެ މެންބަރު ސައްތާރު: އޭނާ ބުނީ ރައްޔިތުންނާއި މަޖިލީހުގެ ބާރު ވެސް ފެށެނީ ވެރިކަމާ ހިސާބުން ކަމަށް -- ފޮޓޯ: މަޖިލިސް

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބާރު ފެށެނީ ވެރިކަމާއި ވެރިމީހާއާ ހިސާބުން ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ދައުލަތުން ރަށްރަށުގެ ބިންތައް އަތުލުމާ ދެކޮޅަށް އާންމުން ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސް ކުރައްވަމުން އާދީއްތަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އަބްދުއްސައްތާރު ވިދާޅުވީ ރައްޔިތުންނާއި މަޖިލީހުގެ ބާރުތައް ވެސް ފެށެނީ ވެރިކަމާއި ވެރިމީހާއާ ހިސާބުން ކަމަށެވެ. 

"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކައުންސިލްތައް ކިޔަސް، ރައްޔިތުންގެ މަޖިލިސް ކިޔަސް، ރައްޔިތުން ކިޔަސް، ވެރިކަން ކިޔަސް ހަގީގަތުގައި މިއީ ރައްޔިތުންގެ ބާރު. މި ބާރުވެރިކަން މި ފެށިގެން އަންނަނީ ހަގީގަތުގައި ވެރިމީހާއާ ހިސާބުން، ވެރިކަމާ ހިސާބުން،" އަބްދުސައްތާރު ވިދާޅުވި އެވެ. 

އަބްދުއްސައްތާރު އެހެން ވިދާޅުވި ނަމަވެސް ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައި ވަނީ "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން" ކަމަށާއި "މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި" ކަމަށެވެ.

ރައްޔިތުންގެ ބާރު ހަތަރު ވަނަ މާއްދާގައި ބަޔާން ކުރުމަށްފަހު ގާނޫނުއަސާސީގެ ފަހެއް، ހައެއް އަދި ހަތް ވަނަ މާއްދާގައި މަޖިލީހުގެ ބާރާއި ރައީސުލްޖުމްހޫރިއްޔާގެ ބާރާއި ކޯޓުތަކަށް ލިބިދޭ ބާރު ބަޔާންކޮށްފައިވެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ، ނުވަތަ އެގްޒެކެޓިވް ޕަވާއަށް ލިބިގެންވަނީ "ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ވެރިކަން ހިންގުމުގެ" ބާރެވެ. އެހެންކަމުން ގާނޫނުއަސާސީއިން ބޭރުން އެއްވެސް ބާރެއް ރައީސްއަކަށް އަދި ވެރިކަމަކަށް ނުލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox