ދައުވާ ނުކުރެވޭ ހާލަތްތަކުގައި ވެސް މުދާ ދައުލަތަށް ނެގޭ ގޮތަށް ބިލުގައި ހިމަނައިފި

.

.

ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތެއްގެ މައްޗަށް ދައުވާކުރުން ނާދިރުވުމުގެ ސަބަބުން އެ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމުގައިވިޔަސް ކޯޓު އަމުރެއްގެ ދަށުން ދައުލަތަށް މުދާ ނެގޭ ގޮތަށް ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލުގައި ހިމަނައިފި އެވެ. 

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. އިއްޔެ މަޖީލަށް ހުށަހެޅި ބިލުގައި ވަނީ ކުށް ސާބިތުވުމުން ދައުލަތަށް މުދާ ނެގުމުގެ އުސޫލުތަކާއި އިސްތިސްނާ ހާލަތްތަކުގައި ކުށް ސާބިތުވުމަކާ ނުލައި ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ހިމަނާފަ އެވެ. 

އެ ބިލުގައި ބުނާ ފޯފީޗާ އަމުރަކީ މީހެއްގެ މައްޗަށް ކުށް ސާބިތުވެގެން ދައުލަތަށް މުދާ ނެގުމަށް ކޯޓުން ކުރާ އަމުރެކެވެ. މިފަދަ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެދެން ޖެހެނީ ހައި ކޯޓުގަ އެވެ. އެފަދަ އަމުރަކާއެކު އެ މުދަލެއްގެ މިލްކުވެރިކަން މުތުލަގު ގޮތެއްގައި ދައުލަތަށް ބަދަލުވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. 

އެގޮތަށް، ސިވިލް ފޯފީޗާ އަމުރަކީމިއީ މީހެއްގެ މައްޗަށް ކުށް ސާބިތުވުމަކާ ނުލައި ދައުލަތަށް މުދާ ނެގުމަށް ކޯޓުން ކުރާ އަމުރެކެވެ. މިފަދަ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެދެން ޖެހެނީ ހައި ކޯޓުގަ އެވެ. މިއީ މުދާ ބޭނުންކުރުން ނުވަތަ ބަދަލުކުރުން ނުވަތަ ފޮރުވުން ހުއްޓުވުމަށްޓަކައި ނެރޭ އަމުރެކެވެ.

މިފަދަ އަމުރެއް ނެރެވޭނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތް މަރުވާ ހާލަތްތަކުގައި އާއި ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ ފިލައިގެން އުޅޭ ފަރާތެއް ކަމަށްވާ ހާލަތްތަކާއި  ކުށުގެ ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ދައުވާކުރުން ނާދިރުވުމުގެ ސަބަބުން އެ ފަރާތުގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތް ހާލަތްތަކުގަ އެވެ. 

އެ ބިލުގައި ވާގޮތުން މުދާ ނެގޭނީ މަނީ ލޯންޑަރިން، ޓެރަރިޒަމް، ޓެރައިޒަމަށް ފައިނޭންސް ކުރުން، މީހަކު މެރުން، މަސްތުވާތަކެތި ޓްރެފިކްކުރުން، މީހުން ޓްރެފިކްކުރުން، ސެކްޝުއަލް އެކްސްޕޮއިޓޭޝަން، ހަތިޔާރު ޓްރެފިކްކުރުން، ކައުންޓަފީޓް ކުރުން، އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަން، ކޮރަޕްޝަން އަދި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް ސާބިތުވުމުންނެވެ. އޭގެ އިތުރުން، 500،000ރ. އިން މަތީގެ ޓެކްސް ނުދައްކާ ކުށްތަކުގައި ވެސް މުދާ ނެގުމުގެ ބާރު ދައުލަތަށް ލިބެ އެވެ. 

ހަމައެހެންމެ، ވައްކަން ކުރުމާއި، ފޭރުމާއި، ހިޔާނާތާއި، ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކްކުރުމާއި، މުދާ ސްމަގަލްކުރުމުގެ ކުށްތަކުގެ ތެރެއިން 100،000ރ. އަށްވުރެ މަތީގެ ފައިސާ ހިމެނޭ ކުށް ކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ހިމެނެ އެވެ. 

މިރީ ރާއްޖޭގައި އުޅޭ ދިވެހިންނާއި ބޭރު މީހުންނާއި ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންގެ މައްޗަށް ހިނގާނެ ގާނޫނެކެވެ. އަދި ރާއްޖޭގައިވާ ހުރިހާ މުދަލެއްގެ މައްޗަށާއި ރާއްޖޭން ބޭރުގައިވާ ފަރާތްތަކާއި މުދަލުގެ މައްޗަށް ވެސް ވަކި ނިސްބަތަކަށް މި ގާނޫނު ހިނގާނެ އެވެ.

އެ ކުށެއް ކޮށްފައިވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ނުވަތަ ފަހުން ކަމުގައިވިޔަސް ކުށަކާ ގުޅޭ މުދަލަށް މި ގާނޫނު ހިނގާނެ ކަމަށް ބުނެފައިވެ އެވެ. 

ރާއްޖޭގެ ބޭންކެއްގެ އެކައުންޓެއްގައި ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ހުރިކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ތަންފީޒީ އިދާރާއަކަށް ގަބޫލުކުރެވިއްޖެނަމަ އެ ފަރާތެއްގެ އެކައުންޓް މޯނީޓާކުރުމުގެ އަމުރެއް ކޯޓު މެދުވެރިކޮށް ނެރެވިދާނެ ކަމަށް ބިލުގައި ބުނެ އެވެ. އެފަދަ އަމުރެއް ނެރެވޭނީ ގިނަވެގެން ތިން މަސްދުވަހުގެ މުއްދަތަށެވެ. 

ކުށެއްގެ ތުހުމަތުގައި ތަހީގުގުކުރެވުމުންދާ ނުވަތަ ދައުވާ އުފުލިފައިވާ ފަރާތެއްގެ މިލްކުވެރިކަމުގައިވާ މުދަލާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ކޯޓު އަމުރު ނެރެވޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބޭންކުގައި ހުރި މައުލޫމާތާއި، ނުއުފުލޭ މުދަލާ ގުޅޭ މައުލޫމާތާއި، ވިޔަފާރިތަކާ ގުޅޭ މައުލޫމާތު ހިމެނެ އެވެ. އެފަދަ އަމުރެއް އެ އަމުރު ނިސްބަތްވާ ފަރާތަށް ނޭނގޭ ގޮތަށް ނެރެވޭނެ އެވެ. 

މި ބިލު ގާނޫނަކަށް ވެގެންދިޔުމާއެކު ފިނޭންސް މިނިސްޓްރީގެ ދަށުން  އެސެޓް މެނޭޖުމަންޓު އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފައްދަންޖެހެ އެވެ. އެ އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ މި ގާނޫނުގެ ދަށުން ނަގާ މުދާ ބެލެހެއްޓުމާއި އެ މުދަލުން މުއާމަލާކޮށް ބޭނުންކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox