އެމެރިކާގެ ޓެކްސްތަކާއެކު ކެނެޑާ "ވިޔަފާރީގެ ހަނގުރާމައަކަށް"

Aug 23, 2026, 6:30 AM
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ

އެމެރިކާއިން ކެނެޑާއާ ދެކޮޅަށް އަޅަށް ކަނޑައެޅި ވިޔަފާރީގެ ޓެކްސްތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަލިކަށިކޮށް ބައިބައިކުރުމަށް ނިންމި ނިންމުމެއް ކަމަށާއި، މިއީ އެމެރިކާއިން ޖެހި ގޯސް ހިސާބެއް ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތައް އެއްބަސްވުމަކަށް ނައިސް ނިމުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ ހެނދުނު ގައުމާ މުހާތަބު ކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ ކެނެޑާ މިހާރު މިއޮތީ ވިޔަފާރީގެ ހަނގުރާމައެއްގެ ތެރޭގައި ކަމަށެވެ.

ބޮޑުވަޒީރު ކާނީ ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެދުނީ ކެނެޑާއަށް ދެވޭނެ މިންވަރަށް ވުރެ މާ ބޮޑު ކަންތައްތަކަކަށެވެ. އަދި އޭގެ ބަދަލުގައި އެމެރިކާއިން ހުށަހެޅީ ވަރަށް ކުޑަ މިންވަރެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެމެރިކާގެ މި ނިންމުމާ ގުޅިގެން ކެނެޑާއިން ވެސް އަންނަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހުން ފެށިގެން އެމެރިކާގެ މުދަލުން ރައްދުގައި ޓެކްސް ނަގަން ފަށާނެ ކަމަށް ބޮޑުވަޒީރު ކަށަވަރުކޮށްދެއްވި އެވެ. މިގޮތުން ދަގަނޑާއި، ކިރުގެ ބާވަތްތަކާއި، އިލެކްޓްރޯނިކްސް ސާމާނު ހިމެނޭހެން އެމެރިކާއިން ނަގާ ކޮންމެ ޑޮލަރަކަށް ކެނެޑާއިން ވެސް ޑޮލަރަކުން ޓެކްސް ނަގާނެ އެވެ.

Advertisement

މި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން އެމެރިކާއިން ވަނީ ކެނެޑާގެ ބައެއް މުދަލުން 50 ޕަސެންޓު ބޮޑު ޓެކްސެއް ނަގަން ނިންމާފަ އެވެ. މީގެ ތެރޭގައި ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ މުދާ ހިމެނެއެވެ. އޭގެ ތެރޭގައި ބަނގުރާ، ސިމެންތި، އަންނައުނު އަދި ހޮކީ ކުޅޭ ސާމާނު ހިމެނެ އެވެ. މިއީ ކުރިންވެސް ދަގަނޑާއި އެލްމިނިއަމް ފަދަ ތަކެތިން ނަގަމުންދާ ޓެކްސްގެ އިތުރުން އަލަށް ނަގަން ފެށި ޓެކްސްތަކެކެވެ.

މަޝްވަރާތައް ރޫޅިގެން ދިޔައީ ދެ ފަރާތުން ވެސް ފަހު ވަގުތު ޝަރުތުތަކަށް ބަދަލު ގެނައި ކަމަށް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރުމާ ގުޅިގެންނެވެ. އެމެރިކާގެ މަންދޫބުން ވިދާޅުވަނީ ކެނެޑާއިން ކުރިން އެއްބަސްވި ކަންކަމުން ފަހަތަށް ޖެހި އާ ޑިމާންޑްތަކެއް ކުރި ކަމަށެވެ. ނަމަވެސް ބޮޑުވަޒީރު ކާނީ ވިދާޅުވީ އެމެރިކާއިން ހުށަހެޅީ އެއްބަސްވެވޭ ފަދަ ޝަރުތުތަކެއް ނޫން ކަމަށާއި، އޭގެ ތެރޭގައި އެހެން ގައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ހެދުމަށް ކެނެޑާއަށް އޮތް ފުރުސަތު ހަނިކުރުން ހިމެނޭ ކަމަށެވެ.

ކެނެޑާގެ ސިޔާސީ މަސްރަހުން ބޮޑުވަޒީރުގެ މި ނިންމުމަށް ބޮޑު ތަރުހީބެއް ލިބެމުންދެ އެވެ.

އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ޕިއެރޭ ޕޮއިލިއެވްރޭ ވެސް ވަނީ އެމެރިކާގެ ޓެކްސްތަކަކީ އިންސާފެއް ނެތް ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އޮންޓޭރިއޯގެ ޕްރިމިއާ ޑަގް ފޯޑް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އިތުބާރު ކުރެވޭނެ ބޭފުޅެއް ނޫން ކަމަށެވެ. ބްރިޓިޝް ކޮލަމްބިއާގެ ޕްރިމިއާ ޑޭވިޑް އީބީ ވިދާޅުވި ގޮތުގައި އެމެރިކާގެ ހުށަހެޅުންތަކަކީ ކެނެޑާގެ އިގްތިސާދީ މިނިވަންކަން ގެއްލި، އެމެރިކާގެ 51 ވަނަ ސްޓޭޓަށް ކެނެޑާ ބަދަލުވެގެންދާނެ ފަދަ ކަންކަމެވެ.

މި މައްސަލައިގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އަހަރަކު ކުރެވޭ 1.6 ޓްރިލިއަން ޑޮލަރުގެ ވިޔަފާރީގެ ގުޅުމަށް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ. ކެނެޑާގެ ކިއުބެކްގެ ޕްރިމިއާ ކްރިސްޓީން ފްރެޝެޓް އިންޒާރު ދެއްވި ގޮތުގައި މި ޓެކްސްތަކުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ގަބޫލުކުރައްވާ ގޮތުގައި މިފަދަ ޓެކްސްތަކުގެ ސަބަބުން އެމެރިކާގެ އުފެއްދުންތެރިކަން އިތުރުވެ ވަޒީފާގެ ފުރުސަތުތައް ގިނަވާނެއެވެ. ނަމަވެސް އިގްތިސާދީ މާހިރުން ބުނަނީ މީގެ ސަބަބުން މުދަލުގެ އަގު އުފުލި، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

ބޮޑުވަޒީރު މާކް ކާނީގެ މި ނިންމެވުމާއެކު، އޭނާގެ ސިޔާސީ ހަޔާތުގެ އެންމެ ބޮޑު އިމްތިހާނާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާއިރު، ކެނެޑާގެ ގިނަ ރައްޔިތުން ދަނީ އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުންނެވެ.

މިގޮތުން އެމެރިކާގެ ބާވަތްތަކުގެ ބުއިންތައް ކެނެޑާގެ ފިހާރަތަކުން ނެގުމުގެ ސަބަބުން އެމެރިކާގެ އެ ސިނާއަތަށް މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ. މުޅި ދުނިޔެ މިހާރު ބަލަމުންދަނީ ކާނީގެ މި ހަރުކަށި ފިޔަވަޅަށް ރައީސް ޓްރަމްޕް ދެއްވާނެ ރަސްމީ ރައްދަކަށެވެ. މިއީ ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް ދުނިޔޭގެ ލީޑަރަކު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ތެދުވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Newsletter

Get the latest news delivered straight to your inbox