އަހުމަދު އަލް-ޝަރާއު
2 ލިޔުން
ފަހުގެ
ހަބަރުޓެރަރިޒަމަށް ވާގިވެރިވާ ލިސްޓުން ސީރިއާ އުނިކުރުމުން މަރުހަބާ
އަލް-ޝަރާގެ ނުސްރާ ޖަމާއަތުން ސީރިއާގެ ޑިކްޓޭޓަރު ބަޝަރު އަލް-އައްސަދުގެ ވެރިކަން ވައްޓާލައި އާ ސަރުކާރެއް އެކުލަވައިލީ ޑިސެމްބަރު، 2024، ގަ އެވެ. އެއާއެކު ސީރިއާގައި ކުރިއަށްދިޔަ ދާހިލީ ހަނގުރާމަ 14 އަހަރަށްފަހު ވަނީ ނިމުމަކަށް އައިސްފަ އެވެ.
ދުނިޔެޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާގެ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން 47 އަހަރަށް ފަހު ސީރިއާ އުނިކޮށް، އެ ގައުމުގެ އާ ސަރުކާރާ އެކު ގުޅުން ބަދަހިކުރަން އެމެރިކާ އިން ވަނީ ނިންމާފަ އެވެ. މި ނިންމުމުގެ ސަބަބުން ސީރިއާގެ އިގްތިސާދީ ދާއިރާއަށް ހުރި ހުރަސްތައް ނެތިގޮސް، ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެ ގައުމަށް ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، ސީރިއާގެ އާ ރައީސް އަހުމަދު އަލް-ޝަރާގެ ހަޔާތު ތަހުރީރު އަލް-ޝާމް (އެޗްޓީއެސް) ޖަމާއަތް ވެސް މިހާރު ވަނީ ޓެރަރިސްޓް ލިސްޓުން އުނިކޮށްފަ އެވެ.
