ބޭންކިން ނިޒާމުން ރުފިޔާ މަދުކުރަން އިތުރު ތިން ބިލިއަން ރުފިޔާ އެމްއެމްއޭއަށް ނަގައިފި

އެމްއެމްއޭގެ މައި އޮފީސް އިދާރާ: އޯޕަން މާކެޓް އޮޕަރޭޝަންތައް ފެށީ ރުފިޔާ މަދުކުރަން --- ފޮޓޯ: އިމްތިޔާޒު މޫސާ / އަދަދު

އެމްއެމްއޭގެ މައި އޮފީސް އިދާރާ: އޯޕަން މާކެޓް އޮޕަރޭޝަންތައް ފެށީ ރުފިޔާ މަދުކުރަން --- ފޮޓޯ: އިމްތިޔާޒު މޫސާ / އަދަދު

ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށާފައިވާ އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް، އިތުރު ތިން ބިލިއަން ރުފިޔާ ނަގައި، މިހާތަނަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ،

އެމްއެމްއޭއިން މި އަދަދަށް ފައިސާ ނެގުމާއެކީ، އިގުތިސޯދުގައި ހުރި ޝޯޓް ޓާމް ލިކުއިޑިޓީ ވަނީ 3.5 ބިލިއަން ރުފިޔާއަށް ކުޑަވެފަ އެވެ. އެމްއެމްއޭއިން މިދިޔަ އަހަރު އެ އޮޕަރޭޝަންތައް ފެށިއިރު، މި އަދަދު ހުރީ 6.5 ބިލިއަން ރުފިޔާގައި އެވެ. 

މި ފިޔަަވަޅުތަކީ ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވުމާ ގުޅިގެން އެމްއެމްއޭއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. މިދިޔަ މަހުގެ ތެރޭގައި މަރުކަޒީ ބޭންކުން ވަނީ މި އޮޕަރޭޝަންތައް  10 ބޭސިސް ޕޮއިންޓަށް އިތުރުކުރަން ނިންމާފަ އެވެ.

މި ބޭސިސް ޕޮއިންޓުތައް އިތުރުކުރުމުގެ ބޭނުމަކީ މި މުއާމަލާތުން ބޭންކުތަކަށް ލިބޭ އިންޓްރެސްޓް އާމްދަނީ އިތުރުކޮށް، އެ ފައިސާ އެމްއެމްއޭގައި ބަހަައްޓަން ބޭންކުތަކުގެ ޝައުގުވެރިކަން އިތުރުކުރުމެވެ.

އޯޕަން މާކެޓް އޮޕަރޭޝަންތަކުގެ އިތުރުން އެމްއެމްއޭއިން ވަނީ ސަރުކާރުގެ ތަންފީޒީ އިދާރާތަކާ ގުޅިގެން ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ އޮޕަރޭޝަނެއް ފަށާފަ އެވެ. އަދި ބޭރު ފައިސާގެ ގާނޫނު ބަދަލުކޮށްގެން، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ފިޔަވަޅުތަކާ ގުޅިގެން ބޮޑު ނުތަނަސްވަކަމެއް އުފެދިފައިވާއިރު، ރިސޯޓު ވިޔަފާރިތައް ތަމްސީލުކުރާ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ވަނީ މިހާ ގިނަ ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. 

މި މައްސަލައިގައި ސަރުކާރުން ދެކެނީ، ހުރިހާ ވެސް ގޯހެއް ހަދަނީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކަމަށެވެ. އަދި، ކަޅު ބާޒާރުގައި ރޭޓު ކަނޑައަޅަނީ މި ގޮތަށް ޑޮލަރު ލިބޭ ބަޔަކު ހިންގާ ބޮޑު ނެޓްވޯކަކުންނެވެ. މި ނެޓްވޯކުގެ ތެރޭގައި ދެން ގޯސް ހަދާ ބަޔަކީ، ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި، ޑޮލަރުން މުސާރަ ލިބޭ މީހުންނެވެ. 

މި މައްސަލައިގައި އާންމުންގެ ތެރޭގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކާއި ބައެއް އިގުތިސޯދީ މާހިރުން ބުނަނީ މީގެ ސަބަބުން ކަންކަން އިތުރަށް ގޯސް ވާނީ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox